13 މެއި 2020
ރީކޯ މޫސާ މަނިކަކީ ބެލުންތެރިން ވަރަށް ލޯބިވި އެކްޓަރެކެވެ. ފިލްމީ ދާއިރާގެ ވަރަށް ކުރީކޮޅު މޫސަ ވަނީ އޭނާގެ އެކްޓިން ހުނަރު ދައްކާލައިގެން، ރާއްޖޭގައި ވެސް މޮޅު އެކްޓަރުން ތިބިކަން ސާބިތުކޮށް ދީފަ އެވެ.
ރީކޯ މޫސާ މަނިކަކީ ބެލުންތެރިން ވަރަށް ލޯބިވި އެކްޓަރެކެވެ. ފިލްމީ ދާއިރާގެ ވަރަށް ކުރީކޮޅު މޫސަ ވަނީ އޭނާގެ އެކްޓިން ހުނަރު ދައްކާލައިގެން، ރާއްޖޭގައި ވެސް މޮޅު އެކްޓަރުން ތިބިކަން ސާބިތުކޮށް ދީފަ އެވެ.
ސިޔާސީ ދާއިރާ އަށް ނުކުތުމާ ހަމަ އަށް މޫސަ ވަނީ ވަރަށް ހަރަކާތްތެރިކޮށް ފިލްމީ ދާއިރާގައި މަސައްކަތްކޮށްފަ އެވެ. އޭނާގެ ރަންޒަމާނުގައި އެތައް ފިލްމަކާއި ޑްރާމާތަކާއި ވީޑިއޯ ލަވަތަކެއް ކުޅުނެވެ.
މިއީ މޫސަގެ ކެރިއަރުން ފާހަގަކޮށްލެވޭ ފަސް ފިލްމެއްގެ ހަނދާން އާކޮށްލުމެކެވެ.
އޭނާގެ ފިލްމީ ކެރިއަރުގައި ވަނީ ރާއްޖޭގައި އެންމެ ވިދައިލި ހުރިހާ ބަތަލާއިންނާ އެކު މަސައްކަތްކޮށްފަ އެވެ. އޭގެ ތެރޭގައި އައިޝަތު ޝިރާނީ އާއި މަރިޔަމް ނިޝާ އާއި ނިއުމާ މުހައްމަދާއި ޖަމްޝީދާ އަހުމަދު ފަދަ ބަތަލާއިން ފާހަގަކޮށްލެވެ އެވެ.
ވިޔަފާރި އާއި ސިޔާސީގެ ދާއިރާގެ ތެރެއިން ވެސް ކާމިޔާބީތަކެއް ހޯދާފައިވާ މޫސަ އަކީ ފިލްމީ ދާއިރާ އިން ފަނޑުވާނެ ނަމެއް ނޫނެވެ.
ބިންމާ އިބްރާހީމް ވަހީދު "ހައްގު" ގެ ނަމުގައި ލިޔުނު ވާހަކަ އަށް ޔޫސުފް ރަފީއު (ޔޫސޭ) ހަމަ އެ ނަމުގައި 1994 ގައި ގެނެސްދިން "ހައްގު" އަކީ ރީކޯ މޫސަގެ ފިލްމުތަކުގެ ތެރެއިން އެންމެ ރީތި އެއް ފިލްމެވެ. އެ ފިލްމުގައި އޭނާއާ އެކު ބަތަލާގެ ރޯލުން ފެނުނީ ނިޝާ އާއި މަރިޔަމް ޝަކީލާ އެވެ.
"ހައްގު" ގައި ހިމެނޭ ލަވަތަކުގެ ތެރެއިން "މޫނޭ ތިއީ ހިތް އެދޭ" އަކީ މިހާރު ވެސް ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލު ލަވައެކެވެ. އެ ފިލްމުގައި މޫސަ ކުޅެފައި ވަނީ އާއިލާ އިން ދެވާ އަންހެނާ ކައިވެނިކޮށް، ކައިވެނިން ބޭރުން ލޯބީގެ ގުޅުމެއް ހިންގާ ފިރިއެއްގެ ރޯލެވެ.
"ފަތިސްހަނދުވަރު" އަކީ މޫސަ ކުޅުނު ފިލްމުތަކުގެ ތެރެއިން އެންމެ ހިނގި ފިލްމެވެ. ބިންމާ ހަމަ އެ ނަމުގައި ގެނެސްދިން ބިރުވެރި ވާހަކަ އަށް ބިނާކޮށް 1997 ގައި ހެދި ފިލްމުގައި މޫސަ ކުޅުނީ އިންސާނަކާ ހިތާވާ ޖިންނިއެއްގެ ރޯލެވެ.
ވާހަކަގައި ސިފަކޮށްދީފައިވާ ޖިންނި ޖިނާގެ ރޯލް "ފަތިސްހަނދުވަރު" ގައި މޫސަ ވަނީ ވަރަށް މޮޅަށް ކުޅެފަ އެވެ. އީސާ ޝަރީފު ޑައިރެކްޓްކުރި ފިލްމުގެ ބަތަލާ އަކީ ނިއުމާ މުހައްމަދެވެ.
ހުސައިން އާދިލް ޑައިރެކްޓްކުރި އަސަރު ގަދަ ލޯބީގެ ފިލްމު "ސިއްރު" އަކީ ވެސް މޫސަގެ ވަރަށް މަގުބޫލުވި ފިލްމެކެވެ. އެ ފިލްމުގައި އޭނާ ކުޅުނީ ކައިވެނިން ބޭރުން ގުޅުމެއް ހިންގާ ޕައިލެޓެއްގެ ރޯލެވެ.
"ސިއްރު" ގެ ބަތަލާއިންނަކީ އައިމިނަތު ޝިޒްނީ އާއި ޖަމްޝީދާ އެވެ.
"ލޯބީގެ ތޫފާން" އަކީ މޫސަ 1991 ގައި ކުޅުނު ފިލްމެކެވެ. ފަރިވާ ފިލްމްސް އިން ޕްރޮޑިއުސްކޮށް، އިބްރާހީމް ރަޝީދު ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ބަތަލާއިންނަކީ އާތިފާ އާއި ވަލީދާ ވަލީދެވެ.
ފާތުމަތު ނަހުލާ "ގެނެސްދިން "ނާއުންމީދު" އަކީ އަނެއްކާ ވެސް ހަމަ މޫސަގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރެއިން އެއް ފިލްމެވެ. ދެހާސް އެއް ވަނަ އަހަރު ގެނެސްދިން މި ފިލްމުގައި ވެސް އޭނާ ކުޅުނީ ބޭފަވާތެރި ފިރިއެއްގެ ރޯލެވެ.
"ނާއުންމީދު" ގެ ކާސްޓުންގެ ތެރޭގައި ނިޝާ، ޖަމްޝީދާ އަދި ޔޫސުފް ޝަފީއު (ޔޫއްޕެ) ހިމެނެ އެވެ.
ގިނަ އަހަރުތަކަކަށް ފަހު ރީކޯ މޫސަ، ޓެޑްރީގެ ފިލްމުން
އީސަގެ ޑައިރެކްޝަނުން ފަސް ހޮވުމެއް
އެންމެ ރީތީ ނަހުލާގެ ކޮން ފިލްމެއް؟
"ހަތަރު އުދަރެސް" ބައިސްކޯފަށް
"ރޮބޯމޭން" އޮލިމްޕަހުގައި ޕްރިމިއާ ކޮށްފި
ރޮބޯމޭންގެ ލަވައެއް، ނާނާއެއް!
ރޮބޯމޭން ބަލަން ދާންވީ ސަބަބު: މި ދެކުދިންގެ ހުނަރު
ފިލްމު ޕްރޮމޯޝަނަކަށް ކުރި ސަމާސާ ވިހަވެއްޖެ
"ރޮބޯމޭން"ގެ ޓްރެއިލާ ނެރެފި؛ ވަރަށް ޝައުގުވެރި
ސެޕްޓެމްބަރު ބަންދުގައި "ރޮބޯމޭން" އޮލިމްޕަހަށް