Roadha Mihaaru
ރައީސްކަމުން އަހަރެން ބޭރުކުރަން ރެއާލުން މަސައްކަތްކުރޭ

އަހަރެން މަގާމުން ދުރުކުރެވޭތޯ ރެއާލުން ވަރަށް އުޅޭ: ލަލީގާގެ ރައީސް

08 އެޕްރީލް 2024

ސެވީލް (އޭޕްރީލް 8) – ލަލީގެ ރައީސްކަމުން އޭނާ ބޭރުކުރަން ރެއާލް މެޑްރިޑުން ވަރަށް މަސައްކަތް ކުރާކަމަށް އެ ލީގުގެ ރައީސް ހާވިއޭ ޓެބާސް ވިދާޅުވެއްޖެ އެވެ.

ސެވީލް (އޭޕްރީލް 8) – ލަލީގެ ރައީސްކަމުން އޭނާ ބޭރުކުރަން ރެއާލް މެޑްރިޑުން ވަރަށް މަސައްކަތް ކުރާކަމަށް އެ ލީގުގެ ރައީސް ހާވިއޭ ޓެބާސް ވިދާޅުވެއްޖެ އެވެ.

ލަލީގާގެ ކްލަބް ސެވިއްޔާ ނިސަބަތްވާ، ސެވީލްގެ ޔުނިވަސިޓީއެއްގައި އޮތް ކޮންފަރެންސެއްގައި ވާހަކަ ދައްކަމުން ޓެބާސް ވިދާޅުވީ އޭނާއާ ދެކޮޅަށް މަދަނީ އަދި ޖިނާއީ މައްސަލަތައް ފެންމަތިކޮށްގެން ވެސް އޭނާ މަގާމުން ދުރު ކުރެވޭތޯ ރެއާލުން ވަރަށް މަސައްކަތް ކުރާ ކަމަށެވެ.

އޭނާގެ މައްޗަށް ކަންތައްތަކެއް ތުހުމަތު ކުރުމަށް ފަހު ސްޕޭންގެ ސްޕޯޓްސް ކައުންސިލަށް ވެސް ރެއާލުން ހުށަހެޅި ކަމަށް ޓެބާސް ވިދާޅުވި އެވެ.

ޓެބާސް ވިދާޅުވީ، އިންވެސްޓްމެންޓް ފާމް، ސީވީސީއާ އެކު ލަލީގާއިން ހެދި އެއްބަސްވުމުގެ އޮނިގަނޑުގައި ތަފާތު ކުރުން ގެންގުޅޭ ކަމަށް ތުހުމަތުކޮށް ސުޕީރިއާ ސްޕޯޓްސް ކައުންސިލުން ދަށު ސްޕޯޓްސް ކައުންސިލަށް އެންގިކަމަށެވެ.

"އެއީ މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން އެމީހުން [ރެއާލް މެޑްރިޑް] ހުށަހެޅި ޝަކުވާއެއް އަޅުގަނޑު ހައިރާންވަނީ އެ މީހުން އެ މައްސަލަ ފެންމަތި ކުރާއިރު ސްޕޯޓްސް ކައުންސިލުން ކުރިން ވެސް ބުނަމުން ދިޔައީ، އެއީ ހަރުދަނާ ކަމެއް ނޫން ކަމަށް، އަދި އޭގެ އިތުރުން އޭގެ ފަހުން ބޭއްވި ބައްދަލުވުންތަކުގައި އެކަން އިސްލާހު ކުރެވިފައި ވެސް ވާނެ،" ޓެބާސް ކިޔައި ދެއްވި އެވެ.

"އަހަރެންގެ ކަންބޮޑެއް ނުވޭ. އެކަމަކު މެޑްރިޑުން ބޭނުންވީ މަދަނީ، ޖިނާއީ އަދި އިދާރީ ވަސީލަތްތައް ބޭނުންކޮށްގެން އަހަރެން ރައީސްކަމުން ދުރުކުރަން." ޓެބާސް އިތުރަށް ވާހަކަ ދެއްކީ، ކިލިޔަން އެމްބާޕޭގެ ޓްރާންސްފާއާ ބެހޭގޮތުންނެވެ. އޭނާ ވިދާޅުވީ ފައިނޭންޝިއަލް ފެއާޕްލޭ އަށް ބެލިޔަސް އެމްބާޕޭ ސޮއި ކުރެވޭނެ އެހެން ކްލަބެއް ރެއާލް ނޫނީ ދުނިޔޭގައި ނެތް ކަމަށެވެ.

"ފައިނޭންޝިއަލް ފެއާޕްލޭގެ ދަށުން އެކަން ކުރެވޭނެ ކްލަބެއް ޕްރިމިއާ ލީގުގައި ނެތް. އެކަން ކުރެވޭނެ ހަމައެކަނި ކްލަބަކީ ރެއާލް މެޑްރިޑް،" ޓެބާސް ވިދާޅުވި އެވެ.

"އަހަރެން އަބަދުވެސް ބުނަމުން މި އަންނަނީ އެމްބާޕޭ މެޑްރިޑަށް ކުޅޭނެޔޭ 99.9 ޕަސަންޓް އަހަންނަށް ޔަގީން."