08 އެޕްރީލް 2024
ބޭރުގެ ދަރަނި ނުދެއްކި ބަނގުރޫޓުވި ސްރީ ލަންކާއަށް ލޯނު ދީފައިވާ ބައެއް އިދާރާތަކުން 2028 ވަނަ އަހަރުގެ ނިޔަލަށް ލޯނުތައް ފަސްކޮށްދިނުމަށް ނިންމައި އެކަމުގެ އެންމެ ފަހުގެ މަޝްވަރާތައް ކޮށްފައިވާ ކަމަށް ވިޔަފާރި އާއި އިގްތިސާދުގެ ޚަބަރުތައް ގެނެސްދޭ ނިކޭއީ ނޫހުން ބުނެފި އެވެ.
ބޭރުގެ ދަރަނި ނުދެއްކި ބަނގުރޫޓުވި ސްރީ ލަންކާއަށް ލޯނު ދީފައިވާ ބައެއް އިދާރާތަކުން 2028 ވަނަ އަހަރުގެ ނިޔަލަށް ލޯނުތައް ފަސްކޮށްދިނުމަށް ނިންމައި އެކަމުގެ އެންމެ ފަހުގެ މަޝްވަރާތައް ކޮށްފައިވާ ކަމަށް ވިޔަފާރި އާއި އިގްތިސާދުގެ ޚަބަރުތައް ގެނެސްދޭ ނިކޭއީ ނޫހުން ބުނެފި އެވެ.
ނިކޭއީ ނޫހުން ބުނި ގޮތުގައި މިއީ ލަންކާގައި ޗައިނާގެ ނުފޫޒު ގަދަވިޔަ ނުދޭން ޖަޕާނާއި އެހެން ބައެއް ގައުމުތައް ވެސް ހިމެނޭ ގޮތުން ކުރަމުން އަންނަ މަސައްކަތުގެ ބައެކެވެ.
"ދަރަނި ދޫކުރި ފަރާތްތަކާ އެކު މަޝްވަރާތައް މިހާރު ވަނީ ނިމިފައި. މިކަމުގެ ތަފްސީލްތައް ކުރިއަށް އޮތް ދެތިން ހަފްތާއެއްގެ ތެރޭ ހާމަކުރެވޭނެ ކަމަށް އުންމީދުކުރެވޭ،" ދާދި ފަހުން ނިކޭއަށް ދެއްވި އިންޓަވިއުއެއްގައި ލަންކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ސަގަލާ ރަތުނަޔަކާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފައިސާ ދެއްކުމުގެ މުއްދަތު 2028 އިން 2042 އަށް 15 އަހަރު ކަމަށް ހަމަޖައްސައި އަލުން ދެ ޕަސެންޓާ ހިސާބުގައި އިންޓަރެސްޓް ރޭޓް އަލުން ކަނޑައަޅާނެ ކަމަށެވެ. ފަހުން އެދުނު ކަމުގައި ވިޔަސް ދަރަނި ކުޑަކުރުން ދެން ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ލަންކާއިން 2022 ވަނަ އަހަރުގެ އޭޕްރީލް މަހު ބޭރުގެ ދަރަނި ދެއްކުން ވަގުތީ ގޮތުން ހުއްޓާލައި ދަރަނި ދެއްކެން ނެތް ކަމަށް އިއުލާނުކުރި އެވެ. ދަރަނި ދީފައިވާ ގައުމުތަކުގެ ބައްދަލުވުމެއް 2023 ވަނަ އަހަރުގެ އޭޕްރީލް މަހު ބޭއްވި އިރު އެ ބައްދަލުވުން ޗެއާކުރީ ޗައިނާއަށް ފަހު ލަންކާއަށް އެންމެ ގިނައިން ދަރަނި ދޫކޮށްފައިވާ ޖަޕާނެވެ. އިންޑިއާ އާއި ފްރާންސް ވެސް މި މަޝްވަރާތަކުގައި ބައިވެރިިވި އެވެ.
ލަންކާ އާއި އެ ގައުމަށް ލޯނު ދިން ގައުމުތަކުން ވަނީ ރިޕޭމަންޓް މޮރެޓޯރިއަމް އާއި އިންޓަރެސްޓް ކުޑަކުރުމާ ގުޅޭ ގޮތުން އުސޫލެއްގެ ގޮތުން އެއްބަސްވުމަކަށް އައިސްފަ އެވެ. އެއާ އެކު އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ލަންކާއަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ވެސް ވަނީ ފަށައިފަ އެވެ.
ލަންކާއަށް އެންމެ ގިނައިން ލޯނު ދީފައިވާ ޗައިނާއިން މި ބައްދަލުވުމާ ބައިވެރިވީ ހަމައެކަނި އޮބްޒާވަރެއްގެ ގޮތުގަ އެވެ. ނަމަވެސް އެކްސްޕޯޓް-އިމްޕޯޓް ބޭންކް އޮފް ޗައިނާގެ ލޯނުތަކާ މެދު ވެސް އަމަލުކުރާނީ އެހެން ގައުމުތަކުން ވެސް އެއްބަސްވި ގޮތަށް ކަމަށް ރަތުނަޔަކާ ވިދާޅުވި އެވެ.
މިދިޔަ އަހަރު ނިމުނުއިރު ލަންކާގެ ދަރަންޏަކީ 37.3 ބިލިއަން ޑޮލަރެވެ. އޭގެ ތެރެއިން 4.7 ބިލިއަން ޑޮލަރަކީ ޗައިނާގެ ދަރަންޏެވެ.
ލަންކާގެ އިގްތިސާދަށް 4.4 ޕަސެންޓުގެ ކުރިއެރުމެއް
ޖަޕާނުން އަލުން ލަންކާއަށް އެހީދޭން ފަށައިފި
ލަންކާގެ ބޮންޑުން 28 ޕަސެންޓް އުނިކޮށްދެނީ
ދަރަނި އެކުލަވާލުމުން ލަންކާއަށް ފަސް ބިލިއަން ފައިދާ
ކާބޯތަކެތީގެ އަގު ލަންކާގައި އަނެއްކާވެސް މައްޗަށް
ޗައިނާއިން ވެސް ލަންކާގެ 4 ބިލިއަނުގެ ލޯނަށް ލުޔެއް
ލަންކާގެ 5.8 ބިލިއަނުގެ ދަރަނި ރީސްޓްރަކްޗާކޮށްފި
ލަންކާ އަށް އައިއެމްއެފްގެ ތައުރީފް
ލަންކާގެ އިގްތިސާދު އެބަ ރަނގަޅުވޭ: ވޯލްޑް ބޭންކް
ބަނގުރޫޓުވި ލަންކާގެ އިގްތިސާދަށް އުންމީދެއް