މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ގިނަ މަޝްރޫއުތައް ހުއްޓިފައި އޮތަސް، މިހާރު އޭގެ ތެރެއިން ގިނަ މަޝްރޫއުތައް ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
06 އެޕްރީލް 2024
މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ގިނަ މަޝްރޫއުތައް ހުއްޓިފައި އޮތަސް، މިހާރު އޭގެ ތެރެއިން ގިނަ މަޝްރޫއުތައް ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އާއްމުންނަށް ސުވާލުކުރުމުގެ ފުރުސަތު ދީގެން ކުރިއަށްގެންދާ "ރައީސްގެ ޖަވާބު" ސީރީޒްގައި, ކުރިން ފެށި މަޝްރޫއުތައް މި ސަރުކާރުން ހުއްޓާލާފައިވާ ކަމަށް ދައްކާ ވާހަކަތަކާ ގުޅޭގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ކަހަލަ ގޮތަކަށް ވަޑައިގެންނެވިއިރު، އެ ރަށްރަށުގައި ހިންގަމުން ދިޔަ މަޝްރޫއުތައް އޮތީ ހުއްޓިފައި ކަމަށެވެ.
ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރަން މަސައްކަތް ފެށުމަށްފަހު މަގުމަތީގައި ހޮޅިތައް ބެހެއްޓިއަސް މަސައްކަތްކުރާނެ މީހެއް ނެތް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. ހަމަ އެ އުސޫލުން، މަގު ހަދަން ފެށުމަށްފަހު މަސައްކަތް ކުރާނެ މީހެއްގެ ހިލަމެއް ނެތް ކަމަށާއި ރަށްރަށުގެ ބަނދަރާއި ސްކޫލު އިމާރާތްތަކާއި ހެލްތު ސެންޓަރުގެ މަސައްކަތްތައް ވެސް ހުއްޓިފައިވާކަން ފާހަގަކުރެއްވި އެވެ.
ރައީސްގެ ޖަވާބު
— Government of Maldives (@governmentmv) April 6, 2024
6 އޭޕްރީލް 2024
މާލެ ސިޓީ، މމޚދަފްތަރު 12151، އާމިނަތު ނަޒީރާ، ކުރީން ހިންގަމުން އައި މަޝްރޫޢުތައް މި ސަރުކާރުން ހުއްޓާލާފައިވާކަމަށް ވާދަވެރި ފަރާތްތަކުން ދައްކާ ވާހަކަތަކާ މެދު ދެންނެވި ސުވާލަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖަވާބު pic.twitter.com/gbbMc4rM1v
ކުރީގެ ސަރުކާރުގައި ކުރިއަށްގެންދިޔައީ ވަރަށް މަދު މަޝްރޫއެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ރަށްރަށުން އިވުނު ވާހަކަތަކާ ހަވާލާދެއްވައި، އެ މަނިކުފާނު ވިދާޅުވި ގޮތުގައި އޭރު ކަންކަން ކުރީ، އެމްޑީޕީގެ މީހުންނަށް ފައިސާ ދޭށެވެ. މަޝްރޫއެއް ހަވާލުކުރުމަށްފަހު އެޑްވާންސް ފައިސާ ދިނުމަށްފަހު، އެކަން ކުރިއަށް ނުދިއުމުން ޕާޓީގެ އެހެން މީހަކަށް އަނެއްކާ މަސައްކަތް ހަވާލުކުރާ ކަމަށާއި އެގޮތަށް ދެތިން މީހަކަށް މަސައްކަތް ދީ، އެޑްވާންސް ދިނަސް، މަސައްކަތް ނުނިންމާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އައިސްފައި މި ހުރިހާ ކަމެއް ފެށްޓުވީ. މިހާރު ފެށިއްޖެ ވަރަށް ގިނަ ތަންތަނުން. އެތައް ބަޔަކަށް ނުދީ ހުރި ފައިސާ. ފައިސާ ނުދިނީމަ އެ މީހުން ކިހިނެއްތޯ ރަށްރަށުގައި މަސައްކަތް ކުރާނީ...އެ މީހުންގެ އަތުގައި ކޭޝްފްލޯއެއް ނެތިއްޔާ މަސައްކަތެއް ނުހިނގާނެ. އަޅުގަނޑުމެން އައިސްފައި މަސައްކަތް ފެށްޓުވީ. އެކަމަކު، ވާހަކަ ދައްކަނީ، ތިމަންނަމެންގެ ސަރުކާރުގައި ފަށާފައި ހުރި މަޝްރޫއުތައް އަޅުގަނޑުމެން ހުއްޓާލީއޭ." ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރަކީ ތަރައްގީގެ ފިކުރު ކަމަށާއި މަޝްރޫއުތައް ހުއްޓާ ނުލާނެ ކަމަށެވެ. އަދި މި ވެރިކަމުގެ ތެރޭގައި ނަތީޖާ ނެރެދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އިތުރު އެއާޕޯޓުތައް އަޅާނެ ރަށްތައް ކަނޑައަޅައިފި
އިޒްރޭލު ޕާސްޕޯޓް މަނާކުރާ ބިލް ތަސްދީގުކުރައްވައިފި
"މަޑުލު ވަހީދުގެ ހިދުމަތް ފަނޑުވުމެއް ނެތި ހުންނާނެ"
ޖެނެރޭޝަން ބޭން: 2007 އިން ފެށިގެން ދުންފަތް މަނާ
ޖެނެރޭޝަން ބޭންއަށް ކެބިނެޓުން މިއަދު ގޮތެއް ނިންމަނީ
ބޭރުގައި ތިބޭ ދަރިވަރުންގެ ކަންބޮޑުވުންތައް ހައްލުކުރަނީ
ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިވާނެ މަޝްރޫއު ހިންގާނަން
މިނިވަންކަމާގުޅޭ މަޝްރޫއުގެ އިންވެސްޓްމަންޓް ބޮޑުކޮށްފި
އެންމެ އިތުބާރު އޮތް މުއައްސަސާއަށް ފުލުހުން ވާންޖެހޭ
ރޯދައަށް ސްކޫލު ބަންދުކުރެވޭ ގޮތް ހަމަޖައްސަން އެދިއްޖެ