04 އެޕްރީލް 2024
މާލޭ އާ ސަހަރާގެ ފިނިޝިންގެ މަސައްކަތް ކޮށްދޭނެ ބަޔަކު ނުވެގެން އަނެއްކާވެސް އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން މާލޭ ސިޓީ ކައުންސިލުން އިއުލާނުކޮށްފި އެވެ.
މާލޭ އާ ސަހަރާގެ ފިނިޝިންގެ މަސައްކަތް ކޮށްދޭނެ ބަޔަކު ނުވެގެން އަނެއްކާވެސް އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން މާލޭ ސިޓީ ކައުންސިލުން އިއުލާނުކޮށްފި އެވެ.
އާ ސަހަރާގެ ފުލް ފިނިޝިން މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ކައުންސިލުން ކުރިން ވެސް އިއުލާނުކުރި އެވެ. އެކަމަކު އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިއްޔެ އަލުން ވަނި އިއުލާނުކޮށްފަ އެވެ.
ކައުންސިލުގެ ތަރުޖަމާނު އައިމިނަތު ޝަތުފާ "މިހާރު" އަށް ވިދާޅުވީ ފިނިޝިން މަސައްކަތަށް އަލުން ހުޅުވާލީ ބަޔަކު ނުވެގެން ކަމަށެވެ.
މިހާރު އެތަނުގެ ސްޓްރަކްޗާގެ މަސައްކަތް އެއްކޮށް ނިމިފައި ވާއިރު ކައުންސިލުން ކުރިން އަމާޒު ހިފާފައި އޮތީ ރޯދައިގެ ކުރިން އާ ސަހަރާގެ މަސައްކަތް އެއްކޮށް ނިންމައި އެތަން ހުޅުވާށެވެ. އެކަމަކު މަސައްކަތް ނުނިމިގެން އަދިވެސް އާސަހަރާ ބޭނުން ކުރަން ނުފަށަ އެވެ.
އެ މަސައްކަތަށް ބަޔަކު ޝައުގުވެރި ނުވެގެން އަނެއްކާ ވެސް މަސައްކަތްކުރާނެ ބަޔަކު ހޯދަން ކައުންސިލުން ކުރި އިއުލާނުގައި ބިޑް ހުށަހަޅަން ވަނީ ހުޅުވާލައިފަ އެވެ. އެކަމާ ގުޅޭ މައުލޫމާތު ސާފުކުރުން މިމަހުގެ 18 ގައި ބައްދަލުވުން ބާއްވަން ނިންމާފައިވާއިރު އަގު ހުށަހެޅުން އޮންނާނީ މިމަހުގެ 24 ގަ އެވެ.
ކައުންސިލުން ބުނީ މައުލޫމާތު ސާފުކުރުމަށް ގަޑިއަށް ނާންނަ ފަރާތްތަކާއި ގަޑި ޖެހުމަށް ފަހު އަގު ހުށަހަޅަން އަންނަ މީހުންގެ އަންދާސީ ހިސާބު ބަލައިނުގަންނާނެ ކަމަށެވެ.
އެކަމާ ގުޅޭ އަގު ހުށަހެޅޭނީ ދިވެހި ކުންފުނިތަކާއި ޕާޓްނާޝިޕް އަދި ލޯކަލް އިންވެސްޓްމަންޓާއި ވިޔަފާރީގެ ހުއްދަ ލިބިފައިވާ މީހުންނަށް އެކަންޏެވެ.
އާ ސަހަރާއަށް ދާ މީހުން މަޑުކުރާނެ ޖާގަ އިތުރުކުރުމަށް، ދެ ބުރީގެ އިމާރާތެއް ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފެށީ މިދިޔަ ޖޫން މަހުގަ އެވެ. އެ މަސައްކަތް އޭރު ހަވާލުކުރީ ޕީއެންޕީ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކަށް 4.9 މިލިއަން ރުފިޔާ އަށެވެ.
އެކަމަކު އެއް މަސް ދުވަހަށް ހަވާލުކުރި އެ މަސަައްކަތް ނުނިމި، ދިގުލައިގެން ދިއުމުން ކައުންސިލުން އެއްބަސްވުން ބާތިލުކުރިޔަސް އޭރު އެ ކުންފުންޏަށް އޮތީ 3.6 މިލިއަން ރުފިޔާ ދީފަ އެވެ.
މިދިޔަ ޑިސެމްބަރުގައި އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ބީސިކްސް އިވެންސްޓްމަންޓަށް 4.6 މިލިއަން ރުފިޔާއަށެވެ.
އާ ސަހަރާ މަރާމާތުކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު އެތަނުގައި ހުރި ބާ އިމާރާތް ތަޅާލައި މިސްކިތުގެ ޖާގަ ބޮޑުކޮށް، ލައުންޖަކާއި ހިނަވާގެއެއް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އެ މަސައްކަތް ކުރިއަށް ދާތީ މިހާރު މާލޭގައި މަރުވާ މީހުންގެ ޖަނާޒާ ބާއްވަނީ ހުޅުމާލެގަ އެވެ.
އާސަހަރާގެ މިސްކިތުގެ އެއް ބައި ހުޅުވައިފި
އާ ސަހަރާގެ އުސްކޮށް ހުރި ވަށައިފާރު ބާވުމުން ތަޅާލަނީ
ސަހަރާ ނިންމަން އެހީވި މީހުންނަށް ރައީސްގެ ޝުކުރު
އާ ސަހަރާގެ މިސްކިތުގެ މަސައްކަތް ނިންމައި ހުޅުވައިފި
އާސަހަރާ އެއްކޮށް ނިންމައި އަންނަ ހުކުރުގައި ހުޅުވަނީ
މާލޭ މިސްކިތެއްގެ ދޮރުގައި ރޯކުރަން މަސައްކަތްކޮށްފި
އޮގަސްޓު މަހަށް އާސަހަރާގެ މަސައްކަތް ނިމޭނެ: އާޒިމް
މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ފަސްތަރީގެ ފާހާނާތައް
މިސްކިތްތައް ސާފުކުރަން އިތުރު ދިވެހިން ހޯދަނީ
މާލެ ސިޓީގެ މިސްކިތްތައް ދެން ސާފުކުރާނީ ދިވެހިން