06 ސެޕްޓެމްބަރ 2024
މާލޭގެ އާސަހަރާ މިސްކިތުގެ ތިރީ ބައިގެ މަސައްކަތް ނިންމުމަށްފަހު އެތަން އާންމުކޮށް ހުޅުވާލައިފި އެވެ.
މާލޭގެ އާސަހަރާ މިސްކިތުގެ ތިރީ ބައިގެ މަސައްކަތް ނިންމުމަށްފަހު އެތަން އާންމުކޮށް ހުޅުވާލައިފި އެވެ.
ދެ ބުރިއަށް އިމާރާތް ކުރަމުންދާ އާސަހަރާ މިސްކިތުގެ ބޮޑު ބައެއް މިހާރު އޮތީ ނިމިފަ އެވެ. މިއަދު ހުކުރު ނަމާދަށް ފަހު ހުޅުވާލާފައި ވަނީ އެތަނުގައި ފިރިހެނުންނަށް ހާއްސަކުރި ބައެވެ.
މާލޭގެ މޭޔަރު އާދަމް އާޒިމް އެކްސްގައި ވިދާޅުވީ ވަރަށް ބޮޑު މަރާމާތަކަށް ފަހު އާސަހަރާ މިސްކިތުގެ ތިރީ ބައި މިހާރު ހުޅުވާލާފައިވާ ކަމަށާއި އެތަނުގެ މަތީ ބައި މި މަސް ނިމުމުގެ ކުރިން ހުޅުވާލެވޭނެ ކަމަށެވެ.
އެއާ އެކު ކުރިއެކޭ އެއްގޮތަށް މާލޭގައި ނިޔާވާ މީހުންގެ ޖަނާޒާގެ ކަންކަން އާ ސަހަރާގައި ބޭއްވޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ.
މާލޭގައި ޖަނާޒާގެ ހުރިހާ ކަމެއް ކުރަމުން އައި އާ ސަހަރާ ބޭނުންކުރުން މެދުކަނޑާލީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން މާލޭގައި ނިޔާވާ މީހުންގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދަނީ ހުޅުމާލޭ ސަހަރާގަ އެވެ.
އެހެންވެ އާޒިމް ވިދާޅުވީ މާލޭގައި ނިޔާވާ މީހުންގެ ޖަނާޒާ ބޭއްވުމަށް ހުޅުމާލެއަށް ދާންޖެހޭ ޖެހުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ވެސް ނިމުމެއް އަންނާނެ ކަމަށެވެ.
ވަރަށް ބޮޑު މަރާމާތަކަށް ފަހު، މާލޭގައި ހުންނަ އާސަހަރާ މިސްކިތުގެ ތިރީބައި، މާތް الله ގެ ވާގިފުޅާއެކު 5 ސެޕްޓެމްބަރ 2024 ވާ ހުކުރު ދުވަހު (މާދަމާ) ހުކުރު ނަމާދަށް އަލުން ހުޅުވޭނެ. މި ހިނގާ ސެޕްޓެމްބަރ މަސް ނިމުގެ ކުރިން، އާ ސަހަރާ މިސްކިތުގެ މަތީ ބަޔާއެކު އެއްކޮށް ނިމި، ކުރިޔެކޭ… pic.twitter.com/NEESZXhI5n
— Mayor of Male’ City - Adam Azim (@adamazim) September 5, 2024
އާސަަހަރާގެ މަސައްކަތް ނިންމައި އެތަން ހުޅުވުމަށް މީގެ ކުރިން އެތައް ތާރީހެއް ދިނެވެ. އެކަމަކު މަސައްކަތް ނުނިމި ދިގުލައިގެން ގޮސް، އެތަން ނިންމުމަށް އެކި ކުންފުނިތަކަށް ހަވާލުކުރި އެވެ.
އާ ސަހަރާއަށް ދާ މީހުން މަޑުކުރާނެ ޖާގަ އިތުރު ކުރުމަށް، ދެ ބުރީގެ އިމާރާތެއް ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފެށީ މިދިޔަ އަހަރުގެ ޖޫން މަހުގަ އެވެ. އެ މަސައްކަތް އޭރު ހަވާލުކުރީ ޕީއެންޕީ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކަށް 4.9 މިލިއަން ރުފިޔާ އަށެވެ.
އެކަމަކު އެއް މަސް ދުވަހަށް ހަވާލުކުރި އެ މަސައްކަތް ނުނިމި، ދިގުލައިގެން ދިއުމުން ކައުންސިލުން އެއްބަސްވުން ބާތިލު ކުރިޔަސް, އޭރު އެ ކުންފުންޏަށް އޮތީ 3.6 މިލިއަން ރުފިޔާ ދީފަ އެވެ. އަދި މިދިޔަ ޑިސެމްބަރުގައި އެ މަސައްކަތް ހަވާލުކުރީ ބީސިކްސް އިވެންސްޓްމަންޓަށް 4.6 މިލިއަން ރުފިޔާއަށެވެ.
އޭގެ ފަހުން މިއަހަރުގެ އޭޕްރީލް މަހު އެތަނުގެ ފިނިޝިން މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކުރި އެވެ. އެހެންވެ މުޅި މި މަޝްރޫއުއަށް 11 މިލިއަން ރުފިޔާ ހަރަދުވި އެވެ.
އާ ސަހަރާގެ މިސްކިތް މަރާމާތް ކުރުމުގެ މަޝްރޫއުގެ ތެރޭގައި އެތަނުގައި ހުރި ބާ އިމާރާތް ތަޅާލައި މިސްކިތުގެ ޖާގަ ބޮޑުކުރުމާއި ލައުންޖަކާއި ހިނަވާގެއެއް ހެދުން ހިމެނެ އެވެ.
އާ ސަހަރާގެ އުސްކޮށް ހުރި ވަށައިފާރު ބާވުމުން ތަޅާލަނީ
ސަހަރާ ނިންމަން އެހީވި މީހުންނަށް ރައީސްގެ ޝުކުރު
އާސަހަރާގެ މަސައްކަތް ނިންމައިދޭނެ ބަޔަކު ހޯދަނީ
އާސަހަރާ ރޯދައަށް ނިންމަން މަސައްކަތްކުރަނީ
އާސަހަރާ މަރާމާތުކުރަން އެހެން ކުންފުންޏަކާ ހަވާލުކޮށްފި
އާ ސަހަރާ މަޝްރޫއުގެ އެގްރީމެންޓު ބާތިލްކޮށްފި
އާސަހަރާ ބަންދުކޮށްފި، މީހުން ވަޅުލާނީ ހުޅުމާލޭގައި
މަހާނަ ރީތިކުރުމުގެ ވާދަވެރިކަން ބޮޑު ވިޔަފާރިއަކަށް
މާލެ އިން މަރުވި މީހުންގެ އަދަދު މި އަހަރު މަދު
އާ ސަހަރާއަށް ވެލި އަޅާތީ މަހާނަގާތައް ނަގަން އެދެފި