04 އޮކްޓޯބަރ 2024
މިއަދު ހުޅުވި އާ ސަހަރާ މިސްކިތް މަރާމާތު ކުރުމަށް ހިލޭ އެހީ ދިން މީހުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޝުކުރު އަދާ ކުރައްވައިފި އެވެ.
މިއަދު ހުޅުވި އާ ސަހަރާ މިސްކިތް މަރާމާތު ކުރުމަށް ހިލޭ އެހީ ދިން މީހުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޝުކުރު އަދާ ކުރައްވައިފި އެވެ.
އާ ސަހަރާގެ މަރާމާތުގެ މަސައްކަތް އެއްކޮށް ނިންމައި، މިއަދުގެ ހުކުރު ނަމާދަށް އެތަން ހުޅުއްވައިދެއްވީ ރައީސް މުއިއްޒެވެ. އަދި ހުކުރު ނަމާދަށްފަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި، ރައީސް މުއިއްޒު ވިދާޅުވީ އެތަން މަރާމާތު ކޮށްފައިވަނީ އެތަނަށް ގެންނަން ބޭނުންވި ހުރިހާ ބަދަލުތަކެއް ގެނައުމަށްފަހު ކަމަށެވެ.
"ހަގީގަތަކަށް ހެދުނީމަ ވަރަށް އުފާވޭ. އާއިލާއަށް އެންމެ ހިތްދަތި ވަގުތުގައި. ހަމަޖެހިލައިގެން ތިބެވޭނެ،" ރައިސް ވިދާޅުވި އެވެ.
އާ ސަހަރާގެ މިސްކިތުގެ ޖާގަ ބޮޑުކޮށް، އެހެން ހިދުމަތްތައް ދެވޭނެ ޖާގަ ތަނަވަސް ކުރުމުގެ މަސައްކަތް ފެށީ ރައީސް މުއިއްޒު މާލޭ ސިޓީގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު މިދިޔަ އަހަރުގެ ޖޫން މަހު އެވެ. އޭގެ ފަހުން މޭޔަރަކަށް އާދަމް އާޒިމް ވަޑައިގަތުމަށްފަހު ވެސް އެ މަސައްކަތް ހުއްޓުމެއް ނެތި ކުރައްވާފައިވާތީ އެކަމަށް ރައީސް ޝުކުރު އަދާ ކުރެއްވި އެވެ. އަދި މިސްކިތް ނިންމުމަށް ވަރަށް ގިނަ ބައެއްގެ ހިލޭ އެހީ ލިބުނު ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންވެ ރައީސް ވަނީ އެ އެންމެންނަށް ވެސް ޝުކުރު އަދާ ކުރައްވައިފަ އެވެ.
މިއަދު ހުކުރު ނަމާދުގެ ކުރިން ރައީސް، ސަހަރާ ބައްލަވަލައްވަނީ... ފޮޓޯ: ކައުންސިލް
މަރާމާތަށް ފަހު ހުޅުވި އެ މިސްކިތުގެ ޖާގަ މިހާރު ވަނީ ވަރަށް ބޮޑަށް އިތުރު ކޮށްފަ އެވެ. އަދި ހިނަވާ ތަނުގެ ޖާގަ ބޮޑުކޮށް، ސަހަރާއަށް ދާ އާންމުންނަށް އިށީނދެގެން ތިބެވޭނެ ބޮޑު ސަރަހައްދެއް ވެސް އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި ވަނީ ގާއިމްކޮށްފަ އެވެ.
މީގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަ ފާހާނާއަކާއި އާންމުންނަށް ބޭނުން ކުރެވޭނެ ފާހަނާއެއް ވެސް ސަހަރާގައި މިހާރު ހުންނާނެ އެވެ.
އާ ސަހަރާގެ މިސްކިތުގެ މަސައްކަތް ނިންމައި ހުޅުވައިފި
އާސަހަރާގެ މިސްކިތުގެ އެއް ބައި ހުޅުވައިފި
އާސަހަރާ ރޯދައަށް ނިންމަން މަސައްކަތްކުރަނީ
މުނިސިޕަލްހިދުމަތް ފަށަން، ވިޔަފާރި ބިންތައް ދޭން ދަތި
އާ ސަހަރާގެ އުސްކޮށް ހުރި ވަށައިފާރު ބާވުމުން ތަޅާލަނީ
އާސަހަރާ އެއްކޮށް ނިންމައި އަންނަ ހުކުރުގައި ހުޅުވަނީ
އޮގަސްޓު މަހަށް އާސަހަރާގެ މަސައްކަތް ނިމޭނެ: އާޒިމް
މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ފަސްތަރީގެ ފާހާނާތައް
އާސަހަރާގެ މަސައްކަތް ނިންމައިދޭނެ ބަޔަކު ހޯދަނީ
އާޒިމް އެދުނީ މިސްކިތްތައް ދިވެހިންގެއަތުން ސާފުކުރުމަށް