04 އޮކްޓޯބަރ 2024
މާލޭގެ އާ ސަހަރާގެ މިސްކިތަށް އިތުރުކުރި ބަޔާއި މައްޔިތުންގެ މޫނުބަލަން ދާ މީހުން މަޑުކުރާނެ ޖާގަ ބޮޑުކޮށް ހެދި ބައި މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.
މާލޭގެ އާ ސަހަރާގެ މިސްކިތަށް އިތުރުކުރި ބަޔާއި މައްޔިތުންގެ މޫނުބަލަން ދާ މީހުން މަޑުކުރާނެ ޖާގަ ބޮޑުކޮށް ހެދި ބައި މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.
މިސްކިތް އެއްކޮށް ނިންމައި، ހުޅުއްވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މިސްކިތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މާލޭގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ނަރީޝް ވިދާޅުވީ މަރާމާތަށް ފަހު ހުޅުވި އެ ތަނުގެ މިސްކިތުގެ ޖާގަ މިހާރު ވަރަށް ބޮޑަށް އިތުރު ކޮށްފައިވާ ކަމަށެވެ.
އަދި ހިނަވާ ތަނުގެ ޖާގަ އިތުރުކޮށް، ސަހަރާ ބޭނުން ކުރަން ދާ އާންމުންނަށް އިށީނދެގެން ތިބެވޭނެ ސަރަހައްދެއް އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި އޭސީ ކޮށް، ބޮޑު ޖާގައެއް ހުންނާނެ ކަމަށް ނަރީޝް ވިދާޅުވި އެވެ.
ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަ ފާހާނާއަކާއި އާންމުންނަށް ބޭނުން ކުރެވޭނެ ފާހަނާއެއް ވެސް ހުންނާނެ އެވެ.
އާ ސަރަހާގެ މިސްކިތް ހުޅުއްވައި ދެއްވަން ރައީސް މުއިއްޒު ވަޑައިގަތުމުން މާލޭގެ މޭޔަރު އާދަމް އާޒިމް މަރުހަބާ ދަންނަވަނީ.
"ކުރިން އެންމެ ބޮޑު ޝަކުވާއަކަށް ވަނީ އަންހެން ބޭފުޅުންނަށް ނަމާދު ކުރެވޭނެ ޖާގަ ނެތް ވާހަކަ. ތިރީގައި މަޑުކޮށްގެން ތިބޭ އަންހެންބޭފުޅުންނަށް ނަމާދު ކުރެވޭ، އޭސީ ކޮށްފައި ހުރި ހާއްސަ ޖާގައެއް އަދި މަތީގައި ވެސް އަންހެން ބޭފުޅުންނަށް ހާއްސަ ޖާގަ މިހާރު ހުންނާނެ،" ނަރީޝް ވިދާޅުވި އެވެ.
އާ ސަހަރާގެ މިސްކިތުގެ ޖާގަ ބޮޑުކުރުމަށް އިތުރު ފަންގިފިލާއެއް ވެސް ހަދައި އެ ތަނުގައި ނަމާދު ކުރެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސައިފަ އެވެ.
މާލޭގައި ޖަނާޒާގެ ހުރިހާ ކަމެއް ކުރަމުން އައި އާ ސަހަރާ ބޭނުންކުރުން މެދުކަނޑާލީ މިދިޔަ އަހަރުގެ މެއި މަހު އެވެ. އޭގެ ފަހުން މާލޭގައި ނިޔާވާ މީހުންގެ ޖަނާޒާ އަދި ވަޅުލަން ފަށާފައިވަނީ ހުޅުމާލޭ ސަހަރާގަ އެވެ. ނަމަވެސް މިއަދުން ފެށިގެން މާލޭގައި މަރުވާ މީހުން ވަޅުލާނީ އާ ސަހަރާގަ އެވެ.
އާ ސަހަރާގެ މިސްކިތުގެ ޖާގަ ބޮޑުކޮށް، އެހެން ހިދުމަތްތައް ދެވޭނެ ޖާގަ ތަނަވަސް ކުރުމުގެ މަސައްކަތް ފެށީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މޭޔަރަކަށް ހުންނެވި ދުވަސްވަރު އެ މަނިކުފާނުގެ އިރުޝާދުގެ ދަށުން، މިދިޔަ އަހަރުގެ ޖޫން މަހު އެވެ. އެ މަސައްކަތް އޭރު ހަވާލުކުރީ ޕީއެންޕީ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކަށް 4.9 މިލިއަން ރުފިޔާ އަށެވެ.
އެކަމަކު އެއް މަސް ދުވަހަށް ހަވާލުކުރި އެ މަސައްކަތް ނުނިމި، ދިގުލައިގެން ދިއުމުން ކައުންސިލުން އެއްބަސްވުން ބާތިލު ކުރިޔަސް, އޭރު އެ ކުންފުންޏަށް އޮތީ 3.6 މިލިއަން ރުފިޔާ ދީފަ އެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ ޑިސެމްބަރުގައި އެ މަސައްކަތް ހަވާލުކުރީ ބީސިކްސް އިވެންސްޓްމަންޓަށް 4.6 މިލިއަން ރުފިޔާއަށެވެ.
މިދިޔަ އޭޕްރީލް މަހު އެ ތަނުގެ ފިނިޝިން މަސައްކަތް ހަވާލުކުރީ އެހެން ބަޔަކާ އެވެ. މި މަޝްރޫއު އެއްކޮށް ނިމުނުއިރު 11 މިލިއަން ރުފިޔާ ވަނީ ހަރަދުވެފަ އެވެ.
މުނިސިޕަލްހިދުމަތް ފަށަން، ވިޔަފާރި ބިންތައް ދޭން ދަތި
ސަހަރާ ނިންމަން އެހީވި މީހުންނަށް ރައީސްގެ ޝުކުރު
އާސަހަރާ އެއްކޮށް ނިންމައި އަންނަ ހުކުރުގައި ހުޅުވަނީ
އޮގަސްޓު މަހަށް އާސަހަރާގެ މަސައްކަތް ނިމޭނެ: އާޒިމް
ރޯދައިގެ ކުރިން އާސަހަރާ ބޭނުންކުރަން ފެށޭނެ: މޭޔަރު
ހައުސިން މަޝްރޫއުގެ ލިޔެކިޔުންތައް ނެތް: ކައުންސިލް
ގަވައިދާ ހިލާފު ބިދޭސީންނަށް ކައުންސިލުން ވަޒީފާދީފައި!
އާސަހަރާ ރޯދައަށް ނިންމަން މަސައްކަތްކުރަނީ
ސަރުކާރާއެކު ކޯޅެން ފުރުސަތު ނުދޭނަން: އާޒިމް
ޔަގީންކަން ދިނަސް ކޯޅުމެއް ނެތި ހިދުމަތް ދެވިދާނެތަ؟