ގާޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ޒަކާތު ފަންޑުގެ އެހީގައި ކާބޯތަކެތި ފޯރުކޮށްދޭން ނިންމައިފި އެވެ.
01 އެޕްރީލް 2024
ގާޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ޒަކާތު ފަންޑުގެ އެހީގައި ކާބޯތަކެތި ފޯރުކޮށްދޭން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު "މިހާރު" އަށް މިރޭ ވިދާޅުވީ ސަރުކާރުން މި ވަގުތު މަސައްކަތް ކުރަމުން އަންނަނީ ވީ އެންމެ އަވަހަކަށް ކާބޯތަކެތި ފޮނުވޭނެ ގޮތްތަކެއް ހޯދަން ކަމަށެވެ.
އެގޮތުން، ގާޒާއަށް އެންމެ ގިނައިން އިންސާނީ އެހީ ފޯރުކޮށްދެމުން އަންނަ އިސްލާމީ ގައުމެއް މެދުވެރިކޮށް އެ އެހީ ފޮނުވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިޒްރޭލުން މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ފަލަސްތީނަށް މެދުކެނޑުމެއް ނެތި ދެމުންދާ ހަމަލާތަކުގެ ސަބަބުން އެ ގައުމުގެ އެތައް ހާސް ބަޔަކު ޝަހީދުވެ، ގިނަ ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ. އެހެންވެ، އެހީތެރިކަމެއްގެ ގޮތުން ދިވެހިންގެ ފަރާތުން ދެ މިލިއަން މަސް ދަޅު ހަދިޔާ ކުރަން ނިންމީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.
އެކަމަކު، ތަކެތި ފޮނުވުމުގައި ހުރި ދަތިތަކާ ހެދި އެކަން ވާ ގޮތެއް އަދި ނުވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ މަސްދަޅުތައް ފޮނުވުމުގެ މަސައްކަތް ކެނޑިނޭޅި ކުރިއަސް އެކަމަށް އޮތީ ވަރަށް އުނދަގޫ މަގެއް ކަމަށެވެ. އެހެންވެ މިސްރުގެ ސަރުކާރާ ވާހަކަ ދައްކައިގެން ފަލަސްތީނު ރައްޔިތުންނާ ހަމައަށް މަސްދަޅުތައް ފޯރުކޮށްދިނުމަށް މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށް ޒަމީރު ވިދާޅުވި އެވެ.
"އެކަމަކު އަދި ހަމަ އެ އެއްޗެހި ގެންދެވޭ ގޮތެއް އަޅުގަނޑުމެންނަކަށް ނުއެއްވޭ. މިހާރު ވެސް މި ތިބީ ރެޑީގައި. މިސްރު ސަރުކާރުން ވެސް އެބަ ވިދާޅުވޭ އެ މަސައްކަތް ކުރެވޭނެ ގޮތްތަކެއް އެބަ ހަމަޖެހެއޭ. އެހެންވީމާ އަޅުގަނޑުމެން މި ތިބީ ހަމަ ރެޑީވެގެން ހަމަޖެހުމާ އެކު އެ އެއްޗެހި ޑެލިވާ ކުރަން،" މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ޒަމީރު ވިދާޅުވި އެވެ.
ގާޒާގެ ކުޑަކުދިންނަށް ބައި މިލިއަން ރުފިޔާ ހަދިޔާކުރަނީ
ޒަކާތު ފަންޑުން ގާޒާ ރައްޔިތުންނަށް ބޯފެން ފޯރުކޮށްދީފި
"ޝަހީދުވާ މީހުންގެ މައްޗަށް ކަށުނަމާދު ކުރުމެއް ނެތް"
ޒަކާތު ފަންޑުން ސްކޮލަޝިޕަށް ހުޅުވާލަނީ
ޣައްޒާގެ ދިފާއުގައި އިލްމުވެރިން އިސްނަގައިގެން ރެލީއެއް
ދިވެހި ޖަމިއްޔާއަކުން ޣައްޒާގެ އަންހެނުންނަށް ޕެޑް ދެނީ
ޣައްޒާއިން މީހުން ބޭލުމުގެ ވިސްނުން ކުށްވެރިކޮށްފި
ކިޔަވަން ޒަކާތު ފަންޑުން އެހީ ދޭ ގޮތްތައް އިތުރުކޮށްފި
ޒަކާތު ފަންޑަށް 98 މިލިއަން ރުފިޔާ، މިއީ ރިކޯޑެއް
100 މިލިއަނާ ގާތަށް ޒަކާތު ފައިސާ ލިބޭ: ޝަހީމް