24 މާޗް 2024
ހދ. މަކުނުދޫގައި އެކި ވިޔަފާރިތަކަށް 32 ބިމެއް ކުއްޔަށް ދޭން ނިންމައި އެ ރަށު ކައުންސިލުން އެކަން އިއްޔެ އިއުލާންކޮށްފި އެވެ.
ހދ. މަކުނުދޫގައި އެކި ވިޔަފާރިތަކަށް 32 ބިމެއް ކުއްޔަށް ދޭން ނިންމައި އެ ރަށު ކައުންސިލުން އެކަން އިއްޔެ އިއުލާންކޮށްފި އެވެ.
މަކުނުދޫގައި ވިޔަފާރިކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް 32 ބިމެއް ދޭން ނިންމައި ބީލަން ހުށަހެޅުމުގެ ފުރުސަތު އެންމެ ފުރަތަމަ ހުޅުވާލީ މި މަހު 14 ގަ އެވެ. ނަމަވެސް، އެ އިއުލާނަށް ބައެއް އިސްލާހުތައް ގެނެސް އިއްޔެ ވަނީ އަލުން އިއުލާންކޮށްފަ އެވެ.
އެ ރަށު ކައުންސިލުން ކުރި އިއުލާނުގައި ބުނީ މި ބީލަމުގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މި މަހު 31ގެ ނިޔަލަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ އަންނަ މަހު ދެވަނަ ދުވަހު 11:00 ގައި މަކުނުދޫ ކައުންސިލް އިދާރާގައި ކަމަށް އެ އިއުލާނުގައި ބުންޏެވެ.
މި ބިންތައް ދެނީ 11 ވައްތަރެއްގެ ވިޔަފާރިކުރުމަށެވެ. އެއީ؛
• ގެސްޓް ހައުސް ހެދުމަށް ދެ ބިން / 20 އަހަރާއި 30 އަހަރުގެ މުއްދަތަށް
• އިންޑަސްޓްރިއަލް މަސައްކަތް ކުރުމަށް ފަސް ބިން / 10 އަހަރާއި 15 އަހަރުގެ މުއްދަތަށް
• ދަނޑުވެރިކަން ކުރުމަށް ހަ ބިން / 10 އަހަރާއި 20 އަހަރުގެ މުއްދަތަށް
• ކެފޭ، ރެސްޓޯރެންޓް ނުވަތަ ފިހާރަ ހިންގުމަށް ފަސް ބިން / 10 އަހަރާއި 20 އަހަރުގެ މުއްދަތަށް
• ވޯޓާ ސްޕޯޓް އެންޑް ޑައިވް ސެންޓަރު ހެދުމަށް ދެ ބިން / 20 އަހަރާއި 30 އަހަރުގެ މުއްދަތަށް
• ކުއްޔަށް ދޭ ކޮޓަރި އެޅުމަށް ދެ ބިން / 10 އަހަރާއި 20 އަހަރުގެ މުއްދަތަށް
• އެކޮމޮޑޭޝަން ބްލޮކް އެޅުމަށް ބިމެއް / 20 އަހަރާއި 30 އަހަރުގެ މުއްދަތަށް
• ބޯޓް ޔާޑް އެޅުމަށް ހަތަރު ބިން / 10 އަހަރާއި 15 އަހަރުގެ މުއްދަތަށް
• ސިޓީ ހޮޓާ އެޅުމަށް ބިމެއް / 20 އަހަރާއި 30 އަހަރުގެ މުއްދަތަށް
• ކުކުޅު ފާމް ހެދުމަށް ބިމެއް / 20 އަހަރާއި 30 އަހަރުގެ މުއްދަތަށް
• ހުއިފިލަނޑާގެ މަސައްކަތް ކުރުމަށް ތިން ބިން / 10 އަހަރާއި 15 އަހަރުގެ މުއްދަތަށް
މަކުނުދޫން ކުއްޔަށް ދޭ ބައެއް ބިންތަކުގެ ތަފުސީލް.
މަކުނުދޫ ކައުންސިލުން ކުރި އިއުލާނުގައި ބުނީ ދަނޑުވެރިކަމަށް ދޫކުރާ ބިންތައް ފިޔަވާ ދެންހުރި ބިންތަކުން ކޮންމެ ފަސް އަހަރަކުން ކުލި ރިވިއު ކުރެވޭނެ ކަމަށެވެ. ހުރިހާ ބިންތަކުން ޑިޕޮސިޓް ފައިސާގެ ގޮތުގައި ދެމަހުގެ ކުލި ނެގޭނެ ކަމަށާއި ގްރޭސް ޕީރިއަޑްގައި ދައްކަން ޖެހޭނީ ކުލީގެ 50 ޕަސެންޓް ކަމަށް އެ އިއުލާނުގައި ބުންޏެވެ.
ކައުންސިލްތަކުގެ އޮފީސް އިމާރާތް އެޅުމުގެ މަޝްރޫއެއް
އެހެން ދީންތަކުގެ ހަރަކާތްތައް ނުހިންގަން އެދިއްޖެ
މާޅޮހު ކައުންސިލުން ބައި މިލިއަނެއްހާ ރުފިޔާ ގެއްލިއްޖެ
ހދ. އަތޮޅު ކައުންސިލުން ބެންކޮކަށް ދިޔަ މައްސަލައެއް
ތިނަދުއަށް ސިޓީގެ ދަރަޖަ ދިން މައްސަލަ މަޖިލީހަށް
ގައްދޫ ކައުންސިލްގެ ރައީސްގެ މައްސަލަ ބަލަން އަންގައިފި
އަނަންތު މަކުނުދޫއަށް: ގަތީ މުސަޅަކާއި ކުކުޅެއް
ކައުންސިލްތަކުގެ ބްލޮކްގްރާންޓް 2ބިލިއަނަށް އިތުރުކުރަނީ
އަންނަ އަހަރުގެ ބަޖެޓާ މެދު ފައްޔާޒުގެ ކަންބޮޑުވުން
ނޮޅިވަރަންފަރު ހައުސިން ޔުނިޓްގެ ލިސްޓު ބާތިލް