24 އޮކްޓޯބަރ 2024
ސަރުކާރުގެ ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމުގެ ސިޔާސަތުގެ ދަށުން ހދ. ނޮޅިވަރަންފަރުން ދޫކުރަން ނިންމާފައިވާ 100 ހައުސިން ޔުނިޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު ބާތިލުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން އެ ރަށު ކައުންސިލަށް މިއަދު އަންގައިފި އެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމުގެ ސިޔާސަތުގެ ދަށުން ހދ. ނޮޅިވަރަންފަރުން ދޫކުރަން ނިންމާފައިވާ 100 ހައުސިން ޔުނިޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު ބާތިލުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން އެ ރަށު ކައުންސިލަށް މިއަދު އަންގައިފި އެވެ.
އެޗްއާރުސީއެމުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ނޮޅިވަރަންފަރުގައި އިމާރާތްކުރާ 100 ހައުސިން ޔުނިޓް ދޫކުރުމަށް ހަމަޖެހިފައިވާ އުސޫލުގައި ރައްޔިތުން ކަންބޮޑުވާ ކަންތައްތަކެއް ހުރި ކަމަށް ބުނެ، 279 މީހަކު ސޮއިކޮށްފައިވާ ޕެޓިޝަނެއް އެ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ. އެހެންވެ، އެ ޝަކުވާތައް ބެލުމަށް ކޮމިޝަނުން ތަހުގީގެއް ހިންގި ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.
ހައުސިން ޔުނިޓްތައް ދިނުމަށް ކައުންސިލުން މިހާރު ކަނޑައަޅާފައި އޮތް އުސޫލުގެ ދަށުން އެ ތަންތަން ދޫކޮށްފި ނަމަ، ފޯމު ހުށަހަޅާފައިވާ މީހުންނަށް ގާނޫނުއަސާސީ އާއި ގާނޫނުތަކުން ކަށަވަރުކޮށްދީފައިވާ ހައްގުތައް ގެއްލިގެން ދިއުމުގެ ފުރުސަތު އެބައޮތް ކަމަށް އެ ކޮމިޝަންގެ ތަހުގީގަކަށް ފާހަގަކުރެވިފައިވާ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.
އެޗްއާރުސީއެމުން ބުނި ގޮތުގައި، ނޮޅިވަރަންފަރުން ހައުސިން ޔުނިޠް ދިނުމަށް ކަނޑައަޅާފައި އޮތް އުސޫލު އިސްލާހުކޮށް، މިހާރު ފޯމު ހުށަހަޅާފައިވާ މީހުންގެ ފޯމުތައް އަލުން އިވެލުއޭޓް ކުރުމަކީ ވެސް އެންމެ އިންސާފުވެރިވާނެ ގޮތެއް ކަމަށް އެ ކޮމިޝަންގެ ތަހުގީގަށް ގަބޫލެއް ނުކުރެވެ އެވެ. އެހެންވެ، ވަގުތީ ފްލެޓް ލިސްޓު ބާތިލުކޮށް، އާ އުސޫލެއް އެކުލަވާލަން ނޮޅިވަރަންފަރު ކައުންސިލަށް އެޗްއާރުސީއެމުން ވަނީ އަންގައިފަ އެވެ.
ކައުންސިލުން އާ އުސޫލު ހަދާއިރު، އެޗްއާރުސީއެމްގެ ތަހުގީގުގެ ރިޕޯޓުގައި ފާހަގަކޮށްފައި ހުރި ކަންކަމަށް ރިއާޔަތްކުރުމަށް ވެސް އެ ކޮމިޝަނުން ވަނީ ކައުންސިލަށް އަންގައިފަ އެވެ.
ކޮމިޝަނުގެ އެންގުމާ އެއްގޮތަށް އަމަލުނުކޮށްފި ނަމަ، ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނުގެ 26 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް އެ ކޮމިޝަނުން ވަނީ ރަށު ކައުންސިލަށް ދީފަ އެވެ. އެ މާއްދާގައި ބުނާ ގޮތުގައި، ކޮމިޝަނުގެ އެންގުމަކާއި ހިލާފުވެއްޖެ ނަމަ، އެ މީހަކު ތިން މަސްދުވަހަށް ގޭގައި ބަންދުކުރެވޭނެ އެވެ. ނުވަތަ ސަރުކާރުގެ ވަޒީފާއެއްގައި ހުރި ނަމަ ވަޒީފާއިން ވަކިކުރެވޭނެ އެވެ.
އެޗްއާރުސީއެމުން ބުނީ މި މައްސަލައިގެ ތަހުގީގުގެ ރިޕޯޓުގެ ތަފުސީލް ނޮޅިވަރަންފަރު ކައުންސިލާއި ހައުސިން މިނިސްޓްރީ އަދި މައްސަލަ ހުށަހެޅި މީހުންނަށް ވެސް މިހާރު ހިއްސާކޮށްފައިވާ ކަމަށެވެ.
ނޮޅިވަރަންފަރުގައި އިމާރާތް ކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލުމުގެ ފުރުސަތު އެންމެ ފުރަތަމަ ހުޅުވާލީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. އެކަމަކު އޭރު ކުރި އިއުލާން ބާތިލުކޮށް، އުސޫލަށް ބަދަލުތަކެއް ގެނެސް ފްލެޓްތަކަށް ކުރިމަތިލާން މިދިޔަ އަހަރުގެ މާޗު މަހުގައި އަލުން ހުޅުވާލި އެވެ. އެ ފުރުސަތު ދެވަނަ ފަހަރަށް ހުޅުވާލީ، އެ ރަށުގެ ރައްޔިތުންގެ އިތުރުން އެ ރަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ މީހުންނަށް ވެސް އެ ޔުނިޓްތަކަށް ކުރިމަތިލެވޭ ގޮތަށް އުސޫލަށް ބަދަލު ގެނެސްގެންނެވެ.
ނޮޅިވަރަންފަރުގައި 100 ހައުސިން ޔުނިޓް އިމާރާތްކުރުމުގެ މަސައްކަތް ފެށީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރު އެވެ. ދައުލަތުގެ ބަޖެޓުން 53.5 މިލިއަން ރުފިޔާ ހަރަދުކުރި އެ މަޝްރޫއުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ. އެކަމަކު، އެ މަސައްކަތް ދިގުލައިގެން ގޮސް 2014 ވަނަ އަހަރު މަސައްކަތް އެއްކޮށް ހުއްޓުނެވެ.
މަސައްކަތް ހުއްޓިފައި އޮންނަތާ ހަތް ވަރަކަށް އަހަރު ފަހުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެ މަސައްކަތް އަލުން ފެށީ ދޮންބެޒް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް އެއްކޮށް ނިމުނީ 2022 ވަނަ އަހަރު އެވެ.
ފްލެޓް މައްސަލާގައި އެޗްއާރުސީއެމުން ހައިދަރު އަަރިހަށް
ވެލިދޫ ކައުންސިލުން 100ހައުސިން ޔުނިޓްގެ ޕްރޮޖެކްޓެއް
ފްލެޓް މައްސަލައިގެ ތެރެއަށް އެޗްއާރްސީއެމް ވަދެއްޖެ
ގޯތި/ފްލެޓް ލިބުނު މީހުން މަގުމަތިވިޔަނުދޭނަން: އާޒިމް
ނޮޅިވަރަންފަރުގެ ފްލެޓްތަކަށް ކުރިމަތިލާން ހުޅުވާލައިފި
ފޯމު ބަދަލުކޮށްގެން ގޯތި ދިން މައްސަލަ އަލުން ބަލަނީ
ނޮޅިވަރަންފަރުގެ ފްލެޓަށް ކުރިމަތިލާން ހުޅުވާލައިފި
ހަނިމާދޫ، ނޮޅިވަރަމްފަރުގެ ހައުސިން ޔުނިޓް ނިންމަނީ
ހުވާގައި ދެމިހުންނާނަން، ރައްޔިތުން ބާކީނުވާނެ: ރައީސް
ރައީސްގެ ފުރަތަމަ 100 ދުވަސް: ބޮޑެތި ވައުދުތަކެއް