ހދ. ނޮޅިވަރަންފަރުގައި އިމާރާތް ކޮށްފައިވާ 100 ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު، އެ ރަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ މީހުންނަށް ވެސް ކުރިމަތިލެވޭ ގޮތަށް އަލުން ހުޅުވާލައިފި އެވެ.
28 މާޗް 2023
ހދ. ނޮޅިވަރަންފަރުގައި އިމާރާތް ކޮށްފައިވާ 100 ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު، އެ ރަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ މީހުންނަށް ވެސް ކުރިމަތިލެވޭ ގޮތަށް އަލުން ހުޅުވާލައިފި އެވެ.
އެ ފްލެޓްތަކަށް ކުރިމަތިލާން މިދިޔަ އަހަރު އޮކްޓޫބަރު މަހު ވެސް ހުޅުވާލި އެވެ.
ކައުންސިލްގެ ރައީސް އަބްދުﷲ ނަދީމް "މިހާރު" އަށް ވިދާޅުވީ އެ އިއުލާން ބާތިލްކުރިީ ފްލެޓް ދޫކުރުމަށް އިއުލާންކުރި ޝަރުތުތަކުގައި ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. އެހެންވެ މިއަދު އަލުން އިއުލާންކުރީ އިސްލާހުކޮށްފައި ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އިމާރާތްކުރި މި 100 ހައުސިން ޔުނިޓަށް ކުރިމަތިލުމުގެ ފުރުސަތު ދެ ކެޓަގަރީއަކުން ވަނީ ދީފަ އެވެ.
އޭ ކެޓަގަރީގެ ދަށުން ދޫކުރަން ނިންމާފައިވާ 75 ހައުސިން ޔުނިޓް ހާއްސަ ކޮށްފައި ވަނީ އެ ރަށު ރައްޔިތުންނަށެވެ. ބީ ކެޓަގަރީގެ ދަށުން 25 ހައުސިން ޔުނިޓް ހާއްސަ ކޮށްފައި ވަނީ އެ ރަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ އެހެން ރަށްރަށުގެ މީހުންނަށެވެ.
ޝަރުތު ހަމަވާ މީހުން ފޯމު ފުރިހަމަ ކުރުމަށް ފަހު އަންނަ މަހުގެ 30 ވަނަ ދުވަހުގެ ކުރިން އެ ރަށު ކައުންސިލަށް ފޯމް ހުޅަހަޅަން ވަނީ އެދިފަ އެވެ.
ނޮޅިވަރަންފަރުގައި އިމާރާތް ކޮށްފައިވާ 100 ފްލެޓުގެ މަސައްކަތް ހަވާލުކުރީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ. ދައުލަތުގެ ބަޖެޓުން 53.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ފެށި އެ މަޝްރޫއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރު ފެށި މަޝްރޫއު އެކެވެ.
އަށް މަސް ދުވަހުގެ ތެރޭގައި ނިންމަން އޭރު ފެށި އެ މަޝްރޫއު ވަނީ 2014 ވަނަ އަހަރު ހުއްޓިފަ އެވެ. މަސައްކަތް ނިންމީ މިދިޔަ އަހަރު އަލުން ދޮންބެޒް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ.
ނޮޅިވަރަންފަރު ހައުސިން ޔުނިޓްގެ ލިސްޓު ބާތިލް
ނޮޅިވަރަންފަރުގެ ފްލެޓަށް ކުރިމަތިލާން ހުޅުވާލައިފި
ހަނިމާދޫ، ނޮޅިވަރަމްފަރުގެ ހައުސިން ޔުނިޓް ނިންމަނީ
އެމްޓީސީސީ ފްލެޓުތައް: ޝާހުއަށް ދައުވާކުރަން ޕީޖީއަށް
ފްލެޓްތަކުގެ އަދަދަށް ވުރެ ޝަކުވާ ދެ ގުނަ އިތުރު
ފްލެޓް ލިސްޓަށް 5000 އާ ގާތްކުރާ އަދަދަކަށް ޝަކުވާ
ސައުދީ ފަންޑު ލޯނުގައި 400 ފްލެޓު މަޝްރޫއު ފަށައިފި
ސައޫދީ ފަންޑާ އެކު މުހިންމު ދެ އެއްބަސްވުމެއް!
އެފްޑީސީން އަޅާ 5،000 ފްލެޓަށް ލޯނު ހަމަޖެހިއްޖެ
ފްލެޓް ލިސްޓަށް ޝަކުވާ ހުށަހަޅަން ކައުންސިލުން އެހީވަނީ