މަޖިލިސް އިންތިހާބު ބާއްވާ ދުވަހާ ޓެސްޓްތައް ދިމާވާތީ، ގްރޭޑް 7، 8 އަދި 9ގެ ދަރިވަރުންގެ ފައިނަލް ޓެސްޓުތައް ނެގުން އަވަސްކޮށްފި އެވެ.
14 މާޗް 2024
މަޖިލިސް އިންތިހާބު ބާއްވާ ދުވަހާ ޓެސްޓްތައް ދިމާވާތީ، ގްރޭޑް 7، 8 އަދި 9ގެ ދަރިވަރުންގެ ފައިނަލް ޓެސްޓުތައް ނެގުން އަވަސްކޮށްފި އެވެ.
މިހާރު މި ހިނގާ 2023ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކަލަންޑަރުގައިވާ ގޮތުން އެ ގްރޭޑްތަކުގެ ދަރިވަރުންގެ ދެވަނަ ޓާމުގެ ޓެސްޓުތައް ނަގަން ނިންމާފައި ވަނީ އަންނަ މަހުގެ 16 އިން 27ގެ ނިޔަލަށެވެ.
ނަމަވެސް ރައްޔިތުން މަޖިލީހުގެ އިންތިހާބު ބާއްވާ ތާރީހަކީ އަންނަ މަހުގެ 21 ކަމުގައި އިލެކްޝަން ކޮމިޝަން (އިސީ)ން ކަނޑައެޅުމުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޓެސްޓު ބާއްވާ ތާރީހަށް ބަދަލު ގެނެސްފަ އެވެ.
މިނިސްޓްރީން މިއަދު ސްކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައި ވަނީ އެ ގްރޭޑްތަކުގެ ފަހު ޓެސްޓުތައް ބާއްވަން ނިންމާފައި ވަނީ މި މަހުގެ 27 އިން އަންނަ މަހުގެ 25ގެ ނިޔަލަށް، ރަސްމީ ދުވަސްތަކުގައި ކަމަށެވެ.
އިސްކަންދަރު ސްކޫލުގެ ދަރިވަރުންތަކެއް ޓެސްޓު ހަދަނީ.-- ފޮޓޯ: މިހާރު
އޭޕްރީލް 20ވަނަ ދުވަހު ޓެސްޓު ނަގާ ނަމަ އީސީން އެ ސްކޫލަކަށް ކަނޑައަޅާފައިވާ ފޯކަލް ޕޮއިންޓާ މަޝްވަރާ ކުރުމަށްފަހު ގޮތެއް ނިންމުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.
ދިރާސީ އާ އަހަރަށް މި ސަރުކާރުން ގެންނަން ނިންމާފައިވާ ބަދަލާ އެކު، މިހާރު މި ހިނގާ 2023ގެ ދިސާރީ އަހަރު ނިމޭނީ އަންނަ އޭޕްރީލް މަހު އެވެ. މި އަހަރު 2024 ގެ ދިރާސީ އަހަރުގެ ކިޔެވުން ފަށާނީ މޭ 26 ގަ އެވެ.
އެ ބަދަލާ އެކު މިހާރު ގްރޭޑް 8ގައި ކިޔަވަމުން އަންނަ ދަރިވަރުން ވަނީ އޯލެވެލްގެ މާއްދާތައް ވެސް ކިޔަވަން ފަށާފަ އެވެ.
ތައުލީމުގެ ބިލަށް ޓީޗަރުންގެ ފަރާތުން އިސްލާހުތަކެއް
ރަޖިސްޓަރީ ކޮށްގެން ނޫނީ ކިޔަވައި ނުދެވޭ ބިލެއް
ހޯމަ ދުވަހު ސްކޫލްތައް ބަންދު، ސަރުކާރު ބަންދެއް ނޫން
"އަހުމަދިއްޔާ ސްކޫލު އޮޑިޓުކުރަން މަރުހަބާ ކިޔަން"
ހުރިހާ ކްލާސްރޫމެއް މި އަހަރު އޭސީ ކުރާނަން: ރައީސް
ސްކޫލު ހަފުލާ ޝަރަފުވެރިކޮށްދޭ މެހެމާނުންގެ އާ އުސޫލެއް
ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފި
ސްކޫލުތަކަށް ޓީޗަރުންނާއި ފޮތްތައް ހަމަވާނެ: މިނިސްޓަރު
ސްކޫލުތަކަށް ޓެކްސްޓް ފޮތްތައް ފޮނުވަން ފަށައިފި
ރޯދަމަހު ސްކޫލް ބަންދުކުރަން ވަޒީރުގެ ވިސްނުންތަކެއް