އަންނަ ހޯމަ ދުވަހު ފަށާ މި އަހަރުގެ ދިރާސީ އާ އަހަރުގެ ޓެކްސްޓް ފޮތްތައް ސްކޫލުތަކަށް ފޮނުވަން ފަށާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
03 އެޕްރީލް 2025
އަންނަ ހޯމަ ދުވަހު ފަށާ މި އަހަރުގެ ދިރާސީ އާ އަހަރުގެ ޓެކްސްޓް ފޮތްތައް ސްކޫލުތަކަށް ފޮނުވަން ފަށާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ސްކޫލު ހުޅުވެން ކައިރިވެފައިވާއިރު، ދަރިވަރުންގެ ޓެކްސްޓް ފޮތްތައް ނުލިބޭ ކަމުގެ ޝަކުވާ ބެލެނިވެރިން އަންނަނީ ކުރަމުންނެވެ.
އެކަމާ ގުޅިގެން "މިހާރު" އިން ސުވާލު ކުރުމުން އެޑިޔުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާލެ ސަރަހައްދުގެ ސްކޫލުތަކަށް ފޮތްތައް ދޫކޮށް ނިންމާފައިވާ ކަމަށެވެ.
ގއ. އަދި ގދ. އަތޮޅުގެ ރަށްތަކަށް ފޮތްތައް ފޮނުވުމުގައި ލަސްތަކެއް އުޅޭކަން ފާހަގަ ކުރައްވާ، އޭނާ ވިދާޅުވީ އައްޑޫ ސިޓީ އާއި ފުވައްމުލަށް އަދި ގއ. އަދި ގދ. އަތޮޅުގެ ރަށްތަކަށް ފޮތްތައް ފޮނުވުމަށް ބޯޓުތަކަށް އަރުވާފައިވާ ކަމަށެވެ. އެހެން އަތޮޅުތަކަށް ފޮތްތައް މިހާރު ފޮނުވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސްކޫލު ހުޅުވުމުގެ ކުރިން ހުރިހާ ދަރިވަރުންނަށް ފޮތްތައް ހަމަވާނެ ކަމުގެ ޔަގީންކަން މިނިސްޓްރީން ވަނީ ދީފަ އެވެ.
އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެފައިވަނީ މި އަހަރު ފޮތްތައް ފޮނުވާނީ ކޮންމެ ދަރިވަރެއްގެ ފޮތްބައި ހަމަކޮށްފައި ކަމަށެވެ.
ދިރާސީ އަހަރުގެ ކިޔެވުން ނިންމައި، ދަރިވަރުން ޗުއްޓީއަށް ދިޔައީ މިދިޔަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު އެވެ. މި އަހަރުގެ ބޮޑު ޗުއްޓީ ދިމާވީ ރޯދަ މަހާ އެވެ. އަދި އެހެން އަހަރުތަކުގައި ދިރާސީ އަހަރު ފެށެނީ އާދިއްތަ ދުވަހު ނަމަވެސް މިފަހަރު އީދު ބަންދާ ގުޅިގެން ގިނަ ދުވަސްތަކެއް ސަރުކާރު ބަންދު ކުރުމަށްފަހު ދިރާސީ އައު އަހަރުގެ ކިޔެވުން މިއަހަރު ފަށަނީ ހޯމަ ދުވަހު އެވެ. އަދި ދިރާސީ އަހަރު ނިމޭނީ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ.
ހުރިހާ ސްކޫލަކަށް މިހާރު ފޮތްތައް ހަމަވާނެ: މިނިސްޓްރީ
ރަށްރަށުގެ ސްކޫލުތަކަށް ޓެކްސްޓުފޮތްތައް ބަހަން ފަށައިފި
ބައެއް ރަށްރަށުގެ ކުދިންނަށް އަދި ފޮތްތައް ނުލިބޭ!
އާޔަތްތައް ނުބައިކޮށް ހުންނަތާ 5 އަހަރު!
ރިޕޯޓާ އެކު އަންނަ އަހަރުގެ ފޮތްތައް ވެސް ދެނީ
ސްކޫލްތައް ހުޅުވެނީ އެކަމަކު ފޮތްތައް ހަމައެއް ނުވޭ!
އަންނަ އަހަރަށް ބޭނުންވާ ފޮތްތައް ދޫކުރަން ފަށައިފި
"އަހުމަދިއްޔާ ސްކޫލު އޮޑިޓުކުރަން މަރުހަބާ ކިޔަން"
ހުރިހާ ކްލާސްރޫމެއް މި އަހަރު އޭސީ ކުރާނަން: ރައީސް
ސްކޫލު ހަފުލާ ޝަރަފުވެރިކޮށްދޭ މެހެމާނުންގެ އާ އުސޫލެއް