އަންނަ އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބާ ގުޅިގެން ގިނަ ސްކޫލުތަކެއްގައި ވޯޓުފޮށި ބަހައްޓާތީ، ޖެހިގެން އަންނަ ހޯމަ ދުވަހުގެ ކިޔެވުން ބަންދު ކުރަން ސަރުކާރުން ނިންމައިފި އެވެ. ނަމަވެސް އެ ދުވަހު ސަރުކާރު ބަންދެއް ނުވާނެ އެވެ.
20 ސެޕްޓެމްބަރ 2018
އަންނަ އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބާ ގުޅިގެން ގިނަ ސްކޫލުތަކެއްގައި ވޯޓުފޮށި ބަހައްޓާތީ، ޖެހިގެން އަންނަ ހޯމަ ދުވަހުގެ ކިޔެވުން ބަންދު ކުރަން ސަރުކާރުން ނިންމައިފި އެވެ. ނަމަވެސް އެ ދުވަހު ސަރުކާރު ބަންދެއް ނުވާނެ އެވެ.
ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން އިބްރާހިމް މުއާޒު އަލީ "މިހާރު" އަށް ވިދާޅުވީ، ރާއްޖޭގެ ގިނަ ރަށްތަކެއްގައި ވޯޓުފޮށި ބަހައްޓަނީ ސްކޫލުތަކުގައި ކަމަށެވެ. އެ ގޮތުން ހޯމަ ދުވަހުގެ ކިޔެވުން ބަންދު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމީ ވޯޓުލުމުގެ މަސައްކަތް ދިގުލައިގެން ހިނގައިދާނެތީ ކަމަށް މުއާޒު ވިދާޅުވި އެވެ.
އެހެންކަމުން އެ ދުވަހު ބަންދުކުރަނީ ހަމައެކަނި ސްކޫލުތަކުގެ ކިޔެވުން ކަމަށާއި ސަރުކާރު އޮފީސްތައް ބަންދު ނުވާނެ ކަމަށް މުއާޒު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބަށް ތިން ދުވަހަށް ވީއިރު، އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ މި ފަހަރުގެ އިންތިހާބަކީ ދެފުށް ފެންނަ، އިންސާފުވެރި އިންތިހާބަކަށް ވާނެ ކަމަށެވެ.
ރިޔާސީ އިންތިޚާބުގައި 472 ވޯޓު ފޮށި ބަހައްޓާ އިރު، މި ފަހަރުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 262,135 މީހުން އެބަތިއްބެ އެވެ.
ދަރިވަރުން ސްކޫލު ބަދަލުކުރެވޭނީ ވަކި ދުވަސްވަރެއްގައި
އޯ ލެވެލް އިމްތިހާނުގެ ނަތީޖާ މިއަދު ދޫކުރަން ފަށަނީ
ގިނަ ކުދިންނަށް އޭލެވެލަށް ކިޔެވޭގޮތަށް އުސޫލު ހަދައިފި
ޗުއްޓީ އަށް ފަހު ދެވަނަ ޓާމުގެ ކިޔެވުން ފަށައިފި
އިސްކަންދަރު ސްކޫލްގައި އިތުރު އިމާރާތެއް އަޅަނީ
ރިޕޯޓު ފޮތް ދީ، ދަރިވަރުން 16 ދުވަހުގެ ޗުއްޓީއަކަށް
ލަފާކުރަނީ މާލެއަށް 700 ދަރިވަރުން ބަދަލުވާނެ ކަމަށް
ޕްރީ ސްކޫލާއި ގްރޭޑް 1 އަށް ޖާގަ ހުޅުވާލައިފި
ވަށަފަރު ކްލާހެއްގެ ސީލިންގް ވެއްޓި ދެކުއްޖަކަށް އަނިޔާ
ހުޅުމާލެ2 ގެ އާ ސްކޫލުން ޖާގައަށް އެދި 500 ކުދިން