10 މާޗް 2024
މާދަމާއަކީ މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމުގައި ސަރުކާރުން ދެންމެ ކަނޑައަޅައިފި އެވެ.
މާދަމާއަކީ މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމުގައި ސަރުކާރުން ދެންމެ ކަނޑައަޅައިފި އެވެ.
މި އަހަރުގެ ރޯދަ މަހުގެ ހަނދު ސާބިތުކުރުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވި ބައްދަލުވުމުގައި އިއްވި، ރޯދަ މަހުގެ ހަނދާ ބެހޭ ގަރާރުގައި ބުނެފައިވާ ގޮތުން، މާދަމާއަކީ މި އަހަރުގެ މުލަ ރޯދަ ދުވަސް ކަމަށް ހަމަޖެއްސީ ޝައުބާން މަހުގެ 29 ދުވަސް ހަމަވެ، އެ މަހުގެ 30 ވިލޭ ރޭ އިސްލާމީ ގައުމުތަކަށް މިއަދުގެ އިރު އޮއްސުމަށް ފަހުގައި ހަނދު ފެންމަތީގައި ހުރިކަން ޝަރުއީ ހަމަތަކުން ސާބިތުވެފައި ވާތީ އެވެ.
މި އަހަރުގެ ރޯދަ މަހުގެ ހަނދު ސާބިތުކުރުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ބައްދަލުވުމުގައި ފަތުވާ މަޖިލީހުގެ ރައީސް މުހައްމަދު ރަޝީދު އިބްރާހިމް.-- ފޮޓޯ: ނިޝާން އަލީ | މިހާރު
އެހެންވެ، ހަނދު ސާބިތު ކުރުމުގައި ރާއްޖޭގައި އަމަލުކުރާ އުސޫލުގެ ދަށުން މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އަންނަ ހޯމަ ދުވަސް ކަމަށް ކަނޑައެޅީ ކަމަށް އެ ބަޔާނުގައިވެ އެވެ.
މާދަމާ އަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމަށް ސައުދީ އަރަބިއާއިން ވެސް ވަނީ ކަނޑައަޅައިފަ އެވެ.
ސައުދީ އިން ހަދިޔާކުރި ކަދުރު ބަހަނީ
މާލޭގައި ދަމު ނަމާދުކުރާނީ 32 މިސްކިތެއްގައި
އިމާމުވެ ތަރާވީސްކުރާނީ ގުރުއާން ހިތުދަސް ދެބެއިން
ކޮޅަށް ނުހުރެވޭތީ ޝަހީމް އިމާމުވެ ތަރާވީހް ނުކުރައްވާނެ
ތަރާވީހްގައި ހިފްޒުކުރާނީ 30 މިސްކިތެއްގައި
މާދަމާ ރޭ ކޭތަ ނަމާދު ކުރަން އަންގަަައިފި
ރާއްޖެއަށް ވެސް މާދަމާއަކީ އީދު ދުވަސް
ފިތުރު އީދަކީ ހޯމަ ދުވަސް
މާދަމާ އަކީ ފަހު ރޯދަ، އީދަކީ އާދިއްތަ ދުވަސް
ސައުދީން ހަދިޔާކުރި ކަދުރު ރޯދައިގެ ކުރިން ބަހަނީ