Roadha Mihaaru
އިމާމުވެ ތަރާވީސްކުރާނީ ގުރުއާން ހިތުދަސް ދެބެއިން

އިސްލާމީ މަރުކަޒުގައި އިމާމުވެ ތަރާވީސްކުރާނީ ގުރުއާން ހިތުދަސް އެއްބަނޑުއެއްބަފާ ދެބެއިން

26 މާޗް 2024

އިސްލާމީ މަރުކަޒުގައި އިމާމުވެ ތަރާވީސް ނަމާދުކުރަން، ގުރުއާން ހިތުދަސް އެއްބަނޑުއެއްބަފާ ދެބަފައިން ކަމަށްވާ ސަލްމާން މުހައްމަދު ލަތީފު އަދި ސުލްތާން މުހައްމަދު ލަތީފު ހަމަޖައްސައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިސްލާމީ މަރުކަޒުގައި އިމާމުވެ ތަރާވީސް ނަމާދުކުރަން، ގުރުއާން ހިތުދަސް އެއްބަނޑުއެއްބަފާ ދެބަފައިން ކަމަށްވާ ސަލްމާން މުހައްމަދު ލަތީފު އަދި ސުލްތާން މުހައްމަދު ލަތީފު ހަމަޖައްސައިފި އެވެ.

އިސްލާމިކް މަރުކަޒުގެ އިމާމަކަށް ހުންނެވި ސުލްތާނު ވަނީ، މި ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން އިސްލާމީ މަރުކަޒުގައި އިމާމުވެ ތަރާވީސް ކުރައްވަން ފައްޓަވައިފަ އެވެ. އޭނާއާ އެކު، ދެން އިމާމުވެ ނަމާދު ކުރެއްވީ ޑެޕިއުޓީ މިނިސްޓަރުގެ ފެންވަރުގައި، އިސްލާމީ މަރުކަޒުގެ އިމާމުކަން ކުރައްވާ ޝައިހު އިބްރާހިމް ރަޝީދު ހަސަނެވެ.

އެކަމަކު، އިބްރާހިމް ރަޝީދުގެ ބަދަލުގައި، ސަލްމާން ހަމަޖައްސައި، އެ ދެބެއިން ވަނީ އިސްލާމީ މަރުކަޒުގައި އިމާމުވެ ފުރަތަމަ ތަރާވީސް ނަމާދު އިއްޔެ ރޭ ކުރައްވައިފަ އެވެ.

ސަލްމާނާއި ސުލްތާނަކީ، އިސްލާމީ މަރުކަޒުގެ އިސް އިމާމް، ޝެއިހް މުހައްމަދު ލަތީފްގެ ދެ ބޭފުޅުންނެވެ.

އެ ދެ ބޭފުޅުން މީގެ ކުރިން ވެސް އެކި ނަމާދުތައް އިމާމުވެ ކުރައްވަ އެވެ.