27 އޮކްޓޯބަރ 2023
މާދަމާ ރޭ ހަނދު ކޭތަ ހިފާތީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.
މާދަމާ ރޭ ހަނދު ކޭތަ ހިފާތީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.
މާދަމާ ރޭ ހަނދު ކޭތަ ހިފަން ފަށާނީ ރާއްޖޭ ގަޑިން 11:01 ގަ އެވެ. ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ މެންދަމުން އަލިވެ 1:14 ގައި ކަމަށް މިނިސްޓްރީން ބުންޏެވެ.
ހަނދު ކޭތަ ވިއްލާނެ ކަމަށް ބެލެވެނީ މެންދަމުން އަލިވެ 3:26 ގަ އެވެ.
އިސްލާމިކް މިނިސްްޓްރީން ކައުންސިލްތަކަށް ފޮނުވި ސާކިއުލާގައި އަންގާފައިވަނީ ކޮންމެ ރަށެއްގެ ވެސް އެންމެ ބޮޑު މިސްކިތުގައި ކޭތަ ނަމާދު ކުރުމަށެވެ. ކޭތަ ނަމާދު ކުރަން އަންގާފައިވަނީ މާދަމާ ރޭގެ 1:15 ގަ އެވެ.
މާދަމާއަކީ މުލަ ރޯދަ ދުވަސް
ރާއްޖެއަށް ވެސް މާދަމާއަކީ އީދު ދުވަސް
ފިތުރު އީދަކީ ހޯމަ ދުވަސް
މާދަމާ އަކީ ފަހު ރޯދަ، އީދަކީ އާދިއްތަ ދުވަސް
ސައުދީން ހަދިޔާކުރި ކަދުރު ރޯދައިގެ ކުރިން ބަހަނީ
ފުރާވަރުގެ ކުދިންނަށް ހާއްސަ ބަންގި މުބާރާތެއް ބާއްވަނީ
ބޭރުން ގެންނަ ހާފިޒުންނަށް ހުއްދަ ދޭން ފަށައިފި
އިމާމުވެ ތަރާވީހް ނަމާދުކުރާނެ ދިވެހިން ހޯދަނީ
ބަރުބަރީ މިސްކިތް ތިން ބުރިއަށް އިމާރާތްކުރަނީ
ޒަކާތު ފަންޑުން ޣައްޒާއަށް 100,000 ޑޮލަރު