ކުރިއަށް އޮތް ރޯދައަށް ސައޫދީ އަރަބިއްޔާ އިން ރާއްޖެއަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު ރޯދައިގެ ކުރިން ބަހައި ނިންމާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
12 ޑިސެމްބަރ 2024
ކުރިއަށް އޮތް ރޯދައަށް ސައޫދީ އަރަބިއްޔާ އިން ރާއްޖެއަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު ރޯދައިގެ ކުރިން ބަހައި ނިންމާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ކޮންމެ އަހަރެއްގެ ރޯދަ މަހަށް ސައުދީން ރާއްޖެއަށް ކަދުރު ހަދިޔާ ކުރެ އެވެ. މި އަހަރުގެ ޝިޕްމަންޓް ވެސް މިހާރު ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މިނިސްޓްރީން މަސައްކަތް ކުރަނީ ރޯދައިގެ ކުރިން މާލެ އާއި ރަށްރަށަށް ކަދުރު ބަހައި ނިންމުމަށެވެ. މިފަހަރު ކަދުރު ބެހުމުގައި މިސްކިތްތަކުގައި އިފްތާރު ޕްރޮގްރާމް ހިންގަން ބޭނުންވާ ޖަމިއްޔާތަކަށް ވެސް ކަދުރުން ބައެއް ދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިދިޔަ ރޯދައަށް ވެސް ސައުދީ އިން ވަނީ ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފަ އެވެ.
މިނިސްޓްރީން ކަދުރު ބެހީ ފަގީރުންގެ ދަފްތަރުގައި ހިމެނޭ ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓް ދިނުމަށް ފަހު، މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި ދާ މީހުންގެ ތަރުތީބުންނެވެ.
އައްޑު އަށް ބަހަން ލިބުނީ 2،675 ކަދުރު ޕެކެޓު
ސައޫދީން ހަދިޔާ ކުރި ކަދުރު ބަހަން ފަށައިފި
ހައްޖުވެރިން މިރޭ އަރަފާތަށް ފުރާނެ، ހާލު ރަނގަޅު
މައްކާ ރޫޓް އިނީޝިއޭޓިވް އިފްތިތާހު ކޮށްދެއްވައިފި
މައްކާ ރޫޓް އިނިޝިއޭޓިވްގެ ޗެއާމަން ރާއްޖެ ވަޑައިގެންފި
މައްކާ ރޫޓް އިފްތިތާހުކުރަން ސައުދީގެ ވަފުދު ރާއްޖެއަށް
ސައުދީގައި ދިވެހި ހައްޖުވެރިންނަށް ހާއްސަ ކްލިނިކެއް
މައްކާ ރޫޓް އިނީޝިއޭޓިވްގެ އިސް ވަފުދެއް ރާއްޖޭގައި
ހައްޖަށް ދާ ފުރަތަމަ ގްރޫޕް ފުރާނީ 26 ގައި
ފިކުރީ ބަލިމަޑުކަމަށް އޮތީ އިތުބާރު ހުރި އިލްމު ހޯދުން