Roadha Mihaaru
ގިނަ ރެސްޓޯރެންޓްތަކާއި ކެފޭތަކުގެ ސާފުތާހިރުކަން ކުޑަ!

ކެފޭ/ ރެސްޓޯރެންޓް އިންސްޕެކްޝަންގައި ސާފުތާހިރުކަން ކުޑަ އެތައް ތަނެއް!

03 މާޗް 2024

މާލޭގައި ހިންގާ ކެފޭ/ރެސްޓޯރެންޓުތައް އިންސްޕެކްޓްކުރިއިރު ގިނަ ތަންތަނުގެ ހާލަތު ހުރީ ކާބޯތަކެތި ތައްޔާރުކުރާ ވަރަށް ވުރެން ސާފުތާހިރުކަން ކުޑަކޮށް ކަން ފާހަގަކުރެވުނު ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލޭގައި ހިންގާ ކެފޭ/ރެސްޓޯރެންޓުތައް އިންސްޕެކްޓްކުރިއިރު ގިނަ ތަންތަނުގެ ހާލަތު ހުރީ ކާބޯތަކެތި ތައްޔާރުކުރާ ވަރަށް ވުރެން ސާފުތާހިރުކަން ކުޑަކޮށް ކަން ފާހަގަކުރެވުނު ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

އެޗްޕީއޭ އާއި ސިޓީ ކައުންސިލާއި އެޗްޑީސީ އަދި ހުޅުމާލެ ހޮސްޕިޓަލް ގުޅިގެން މިދިޔަ މަހުގެ 18 އިން އިއްޔެގެ ނިޔަލަށް ގެންދިޔަ އިންސްޕެކްޝަންގެ ތެރެއިން، މާލެ، ހުޅުމާލެ، ވިލިމާލެ، ހުޅުލެ، ތިލަފުށި، ގުޅީފަޅު އަދި ކްރޮސްރޯޑުގައި ހުރި ކާބޯތަކެތި ހަދާ ތަންތަން ބަލާފައިވެ އެވެ.

އެ އިންސްޕެކްޝަނަށް ފަހު ސިޓީ ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ އެޗްޕީއޭއާ ގުޅިގެން މިދިޔަ މަހުގެ 22-29 ގެ ނިޔަލަށް މާލޭގައި ގެންދިޔަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ބޮޑު އިންސްޕެކްޝަނުގައި، ކާބޯތަކެތި ހަދާ ތަންތަނުގެ ތެރޭގައި ސާފުތާހިރުކަން ކުޑަ ތަންތަން ގިނަ އަދަދަކަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އޭގެ އިތުރުން ހުއްދަ ނުނަގާ ބިދޭސީން ވެސް ގަވައިދާ ހިލާފަށް ހިންގާ ތަންތަން ފާހަގަކުރެވި، އެ ތަންތަނާ މެދު އެޗްޕީއޭއިން ފިޔަވަޅު އަޅަން ނިންމާފައިވާ ސިޓީ ކައުންސިލުން ބުންޏެވެ.

އިންސްޕެކްޝަން ގެންދަން އަށް ޒޯނަކަށް މާލެ ބަހާލި އެވެ. އަށް ޓީމު ހަރަކާތްތެރިވެ، މުޅި މާލޭގައި ހުރި ކާބޯތަކެތި ހަދާ ތަންތަން އިންސްޕެކްޓުކުރި އެވެ.

ސިޓީ ކައުންސިލުން ވަނީ އިންސްޕެކްޓުކުރިއިރު ނަގާފައި ހުރި ބައެއް ވީޑިއޯތައް ހިއްސާކޮށްފަ އެވެ.

އެއް ވީޑިއޯއިން ފެންނަނީ ކާބޯތަކެތި ހަދާ ތަނެއްގައި ހުރި ދިގު މޭޒެއް މަތީގައި ބޮޑު ޕްލާސްޓިކް ތައްޓަކަށް ބަތް އަޅާފައި މަތި ނުޖަހާ ބަހައްޓާފައި ހުރި ތަނެވެ. އޭގެ އިތުރުން ވެސް ރައްކާތެރިކަން ކުޑަކޮށް ކާ އެއްޗެހި ބަހައްޓާފައި ހުއްޓެވެ. ތަނުގެ ތެރޭގެ ހާލަތު ދަށްއިރު، އިމާރާތް ވެސް ހުރީ ބާވެ، ކުލަ ވެއްޓިފަ އެވެ.

އެހެން ވީޑިއޯއަކުން ވެސް ސާފުތާހިރުކަން ކުޑަކޮށް ކާބޯތަކެތި ތައްޔާރުކުރާ ތަން ފެނެ އެވެ. އެ ވީޑިއޯއިން ފެންނަނީ ރޮށި ފިހަން ފުށް މޮޑުމަށްފަހު، މޭޒެއްގެ މަތީގައި ފުށްގުޅަތައް ބެހެއްޓުމަށް ފަހު އެ މޭޒު މަތީގައި ތެލިތައް ބަހައްޓާފައި ހުއްޓަ އެވެ.