03 ސެޕްޓެމްބަރ 2020
ގޭގައި ތިބެގެން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތް ރަޖިސްޓްރީކުރާކަށް ނުޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިރޭ ބުނެފި އެވެ.
ގޭގައި ތިބެގެން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތް ރަޖިސްޓްރީކުރާކަށް ނުޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިރޭ ބުނެފި އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުގެ ހުއްދަ ނުނަގައި ކާބޯތަކެތީގެ ހިދުމަތް ދޭ ފަރާތްތައް ރަޖިސްޓްރީވުމަށް އެ އެޖެންސީން ވަނީ މިދިޔަ ހޯމަ ދުވަހު އިއުލާނުކޮށްފަ އެވެ. އެއާ ހިލާފަށް ކާބޯތަކެތީގެ ހިދުމަތް ދޭނަމަ ފިޔަވަޅު އަޅާނެ ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.
އެޗްޕީއޭގެ އިއުލާނާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނުގެ ދަށުން ވަކި ފަރުދުން އާމްދަނީ ހޯދުމަށް ކުރާ ބައެއް ކަންކަމަކީ އިސްތިސްނާވެގެންވާ ވިޔަފާރި ކަމަށެވެ. އެގޮތުން އަމިއްލަ ދިިރިއުޅުމަށްޓަކައި ކުރާ މަސައްކަތްތަކުގެ ތެރެއިން އަމިއްލަ ގޭގައި ނުވަތަ އެއް ތަނުން އަނެއް ތަނަށް ގޮސް ފަންނީ ހިދުމަތެއް ނުވަތަ އެނޫން ވެސް ހިދުމަތެއް ފޯރުކޮށްދިނުމަކީ ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީކުރަން ނުޖެހޭ ފަދަ މަސައްކަތްތައް ކަމަށް ބަޔާނުގައި ބުންޏެވެ.
އަމިއްލަ ދިރިއުޅުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ބަލަނީ، ވަޒީފާގައި މީހުން ގެންގުޅުމަކާ ނުލައި ތިމާ އަމިއްލައަށް ކުރާ މަސައްކަތްތަކަށެވެ.
"ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނުގެ ދަށުން ދީފައިވާ އިސްތިސްނާއަށް ބަލާއިރު، ގޭގައި ތިބެގެން އާމްދަނީއެއް ހޯދުމަށް މަސައްކަތްކުރަން ބޭނުންވާ ފަރާތްތައް (ހޯމް ބޭސްޑް ވޯކާޒް ނުވަތަ ސެލްފް އެމްޕްލޮއިޑް)، ވަގުތީ ގޮތުން ނުވަތަ ދާއިމީ ގޮތުން އާމްދަނީ ހޯދުމަށް ގޭގައި މަސައްކަތްކުރުމުގެ ފުރުސަތު އެބައޮތެވެ،" ބަޔާނުގައި ބުންޏެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ ގިނަ ބައެއްގެ އާމްދަނީއަށް ނޭދެވޭ އަސަރުތައް ކުރަމުން ދާތީ، ގޭގައި ތިބެގެން މަސައްކަތްކޮށް އާމްދަނީ ހޯދާ މީހުންނަށް މިނިސްޓްރީން މަރުހަބާ ކިޔާ ކަމަށް ބުންޏެވެ. އެ މީހުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތް އިތުރަށް ފުޅާކޮށް އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ނުވަތަ ކުންފުންޏެއް ނުވަތަ ޕާޓްނަޝިޕެއް ނުވަތަ ކޯޕަރޭޓިން ސޮސައިޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރަން ބޭނުންވާ ނަމަ އެކަމަށް މިނިސްޓްރީ އާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަނާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދޭނެ ކަން ފާހަގަކުރި އެވެ.
މިނިސްޓްރީން ބުނި ގޮތުގައި ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވައިދާ އެއްގޮތަށް ވިޔަފާރި އުސޫލުން ކާބޯތަކެތީގެ ހިދުމަތް ދޭންޖެހޭނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނުގެ ދަށުން ރަޖިސްޓްރީކުރުމަށްފަހުގަ އެވެ. އެކަމަކު ގޭގައި ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ މީހުން ވެސް އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އެޗްޕީއޭއިން ކަނޑައަޅާ ސާފުތާހިރުކަމުގެ މިންގަނޑުތަކަށް އަމަލުކުރުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ދެކޭ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ވިޔަފާރިއެއް ހުއްޓުވަން މަޝްވަރާއެއް ނުކުރަން: ރޭމް
ނުތާހިރުކަމުން މާލޭގެ ތިން ތަނެއް ބަންދުކޮށްފި
ގިނަ ރެސްޓޯރެންޓްތަކާއި ކެފޭތަކުގެ ސާފުތާހިރުކަން ކުޑަ!
ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން ބަލައި ފާސްކުރަނީ
ފިހާރަތަކާއި ކެފޭތައް ހުޅުވޭނީ 6 ޖަހަންދެން
އެޗްޕީއޭގެ އުސޫލަށް އަމަލުކުރޭތޯ ބަލަން އިންސްޕެކްޝަނެއް
ކެފޭތައް ހުޅުވާފައި ބެހެއްޓޭ ވަގުތު އިތުރުކޮށްފި
އުސޫލާ ހިލާފުވާ ހުރިހާތަނެއް ވަގުތުން ބަންދުކުރަނީ
އަންނަ މަހުން ފެށިގެން ކެފޭ/ރެސްޓޯރެންޓްތައް ހުޅުވާނެ
ދުންފަތުން ސަލާމަތް ވާން ގާނޫނު ބަދަލުކުރަން އެދިއްޖެ