02 ސެޕްޓެމްބަރ 2020
އިކޮނޮމިކް މިނިސްޓްރީ އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އާ ބައްދަލުކުރީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ވިޔަފާރިތަކާ ގުޅޭގޮތުން ކަމަށާއި އާމްދަނީ ހޯދުމަށް އަންހެނުން ކުރާ އެއްވެސް ވިޔަފާރިއެއް ހުއްޓުވުމަށް މަޝްވަރާނުކުރާ ކަމަށް ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރޭމް) އިން މިރޭ ބުނެފި އެވެ.
އިކޮނޮމިކް މިނިސްޓްރީ އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އާ ބައްދަލުކުރީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ވިޔަފާރިތަކާ ގުޅޭގޮތުން ކަމަށާއި އާމްދަނީ ހޯދުމަށް އަންހެނުން ކުރާ އެއްވެސް ވިޔަފާރިއެއް ހުއްޓުވުމަށް މަޝްވަރާނުކުރާ ކަމަށް ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރޭމް) އިން މިރޭ ބުނެފި އެވެ.
ގޭގައި ކާބޯތަކެތި ހަދައިގެން ވިއްކާ މީހުން ރަޖިސްޓްރީކުރަން އެޗްޕީއޭ އިން އެންގުމާއެކު ރޭމްގެ ވައިބާ ގްރޫޕުގައި ދައްކާފައި ހުރި ވާހަކަތަކެއް ސޯޝަލް މީޑިއާގައި ލީކުކޮށް، ބައެއް ރެސްޓޯރެންޓުތައް ބޮއިކޮޓްކޮށް، ކުދި ވިޔަފާރިތަކަށް އެހީތެރިކަން ދިނުމަށް ދަނީ ގޮވާލަމުންނެވެ.
ރޭމް އަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް އެ ޖަމިއްޔާއިން ނެރުނު ބަޔާނުގައި ބުނީ ކާބޯތަކެތީގެ އިންޑަސްޓްރީއަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަނެ އެ ސިނާއަތް ކޮޅަށް ޖެހުމުގެ މަގުސަދުގައި އިކޮނޮމިކް މިނިސްޓްރީ އާއި އެޗްޕީއޭއާ އެކު މަޝްވަރާކުރީ ރާއްޖޭގައި ގާނޫނާއި ގަވާއިދާ ހިލާފަށް އުޅޭ އެތައް ބިދޭސީންނެއް ކުރާ ވިޔަފާރި ހުއްޓުވޭނެ ގޮތްތަކާ ބެހޭގޮތުން ކަމަށެވެ. އެކަން ކުރީ މުސްތަގުބަލުގައި މުޅި ސިނާއަތް ބޭރު މީހުންގެ ބާރުގެ ދަށަށް ހިނގައިދާނެ ކަމުގެ ބިރު ހީވާތީ ކަމަށް ވެސް ބުންޏެވެ.
"އެއްވެސް ހާލަތެއްގައި މިއިން މުއައްސަސާއަކާ އެކު ދިވެހި ކަނބަލުންގެ ދިވެހި ބަދިގެތައް، ދިވެހި ރަހަތައް ނުވަތަ ދިވެހިން ކުރަމުންދާ އެއްވެސް ވިޔަފާރިއަކަށް ހުރަސް އެޅުން ނުވަަތަ ހުއްޓުވުމަށް މަޝްވަރާ ކުރެވިފައެއް ނޯންނާނެ އެވެ،" ބަޔާނުގައި ބުންޏެވެ.
އެ ގަވައިދުގައިވާ ގޮތުން ރަޖިސްޓްރީކޮށްގެން ހިންގާ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނަށް ވެސް ބޭނުން ގެންނަ ކާބޯތަކެތި ތައްޔާރުކޮށްފައި ހުންނަން ޖެހޭނީ އެޗްޕީއޭއިން ހުއްދަ ދީފައިވާ ބަދިގެއަކުން ކަމަށްވާތީ، އެކަން އެގޮތަށް އޮތުމުން ދިވެހި ބައެއް އާއިލާތަކަށް ވިޔަފާރި އުސޫލުން ކާބޯތަކެތި ތައްޔާރު ކުރުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށް ބުންޏެވެ.
"މި އެސޯސިއޭޝަނުން އެކި މުއައްސަސާތަކާ އެކު މަޝްވަރާކުރެވިފައި ވާނީ ރާއްޖޭގައި ކުރާ ހުރިހާ ވިޔަފާރިއެއްގެ ދަފުތަރެއް އެކުލަވާލައި އެންމެހާ ވިޔަފާރިތައް އެއް ނިޒާމެއްގެ ތެރެއިން ގަވައިދާއި އުސޫލުތަކާ އެއްގޮތަށް ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވުމަށާއި ހަރުދަނާ އުސޫލުތަކެއް ގާއިމްކޮށް ތަންފީޒީ އިދާރާތަކުން އެކަންކަން ރަނގަޅަށް މޮނިޓާ ކުރެވި، ނުގަވައިދުން އުޅޭ ބިދޭސީން ހިންގަމުންގެންްދާ މި ދަންނަވާ ފަދަ ވިޔަފާރިތައް ހުއްޓުވައި ދެއްވުމަށެވެ،" ބަޔާނުގައި ބުންޏެވެ.
"އެއީ، ހުއްދަ ހޯދުމަކާ ނުލައި ނުގަވައިދުން ވިޔަފާރިތައް ކުރަމުންގެންދާ މީހުންގެ 90 އިންސައްތައަކީ ބިދޭސީން ކަމަށްވެފައި، އެފަދަ ވިޔަފާރިތައް ނުހުއްޓުވި ކުރިއަށްދާ ނަމަ އެކަމުގެ ނޭދެވޭ އަސަރުކުރާނެ ބަޔަކީ އަދި މިހާރު ވެސް ކުރަމުންދާ ބަޔަކީ ހަމަ އަޅުގަނޑުމެންގެ ދިވެހި އާއިލާތައް ކަމުގައިވާތީ އެވެ."
ރޭމް އިން ބުނީ ރެސްޓޯރެންޓާއި ކެފޭ އަދި ހޮޓާތަކުގެ އިތުރުން އެ ދާއިރާގައި އެންމެ ބޮޑު ބައިވެރިއަކީ ދިވެހި ބަދިގެތައް ކަމަށެވެ. ހީވާގި އަންހެނުންނާއި އާއިލާތަކުގެ ބުރަ މަސައްކަތާއި އަގުހުރި ވަގުތުގައި ދިވެހި ރަހަތައް ހިމެނޭގޮތަށް ހެދިކާ އާއި އެކި ވައްތަރުގެ ކުކީސް އާއި ކަނަމަދު ކޭކާއި ކަށިކެޔޮ ފަދަ ތަކެތި ރެސްޓޯރެންޓާއި ކެފޭ އަދި ހޮޓާތަކުގެ ޝޯކޭސްތަކުން އައީ ޖާގަ ހޯދަމުން ކަމަށް ބުންޏެވެ. އެފަދަ ތަކެތި ބަލައިގަނެ ރެސްޓޯރެންޓާއި ކެފޭ އަދި ހޮޓާތަކުގައި ވިއްކަނީ އުފަލާއި ފަހުރާއެކު ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
މާލޭގެ އެކި ހިސާބުތަކަށް ބެލިކަމުގައި ވިއަސް، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ކުރާ އެފަދަ ވިޔަފާރިތައް ފެންނާނެ ކަން ފާހަގަކޮށް ބުނި ގޮތުގައި އެކި ތަންތަނުގައި ޖިފުޓި ޖަހައިގެންނާއި ބޯކޮށާ ތަންތަނާއި ފަހާ ތަންތަނުގައި އެއްވެސް ސާފުތާހިރުކަމެއް ނެތި ތައްޔާރީ ކާނައި ހަދައި ވިއްކަމުންދެ އެވެ. ކަރަންޓެއް، ފެނެއް ވެސް ނުހުންނަ އެފަދަ ބައެއް ތަންތަނުގައި އެ މަސައްކަތް ކުރަނީ ބޮޑެތި ނެޓްވޯކްތަކުން ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
ބަޔާނުގައި ބުނީ އެގޮތަށް ދިމާވުމުން ދިވެހި އަންހެނުންގެ މަސައްކަތަށް ލިބެންޖެހޭ ފުރުސަތުތަކާއި ފުރިހަމަ އާމްދަނީ އެތައް ގުނައަކުން ދަށްކަން އެސޯސިއޭޝަނުން ހޯދި ހޯދުންތަކުން އެނގޭ ކަމަށެވެ.
އެޗްޕީއޭގެ އިއުލާނާ ގުޅިގެން ނަގަންޖެހޭ ހުއްދަތައް ނެގުމާއި ރެސްޓޯރެންޓް ކެފޭ ހޮޓާތަކަށް އެޗްޕީއޭއިން މިހާރު ގެންގުޅޭ މިންގަނޑުތަކަށް ވުރެ ލުއި މިންގަނޑުތަކެއް ދިވެހި ބަދިގެތަކަށް ކަނޑައެޅޭތޯ އެޗްޕީއޭއާއެކު މަޝްވަރާކުރުމުގެ މަސައްކަތް ކުރާ ކަމަށް ބުންޏެވެ. އެކަމުގައި ރޭމްގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެ ކަމަށް ބަޔާނުގައި ބުންޏެވެ.
ގޭގައި ކުރާ މަސައްކަތް ރަޖިސްޓްރީކުރާކަށް ނުޖެހޭނެ
ގަވާއިދާ ޚިލާފަށް ބިދޭސީން ގެންގުޅޭ ދިވެހިންނަށް ނޯޓިސް
ނުތާހިރުކަމުން މާލޭގެ ތިން ތަނެއް ބަންދުކޮށްފި
ގިނަ ރެސްޓޯރެންޓްތަކާއި ކެފޭތަކުގެ ސާފުތާހިރުކަން ކުޑަ!
ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން ބަލައި ފާސްކުރަނީ
ފައިލޭރިއާ ޖެހިފައިވާ ބިދޭސީއަކު ހުޅުމާލެ އިން ފެނިއްޖެ
މެޑިކަލް ނުހަދާ ބިދޭސީންނަށް އެތެރެވެވޭތީ އެޗްޕީއޭގެ ކަންބޮޑުވުން
ފިހާރަތަކާއި ކެފޭތައް ހުޅުވޭނީ 6 ޖަހަންދެން
އެޗްޕީއޭގެ އުސޫލަށް އަމަލުކުރޭތޯ ބަލަން އިންސްޕެކްޝަނެއް
ކެފޭތައް ހުޅުވާފައި ބެހެއްޓޭ ވަގުތު އިތުރުކޮށްފި