ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ކިޔުމަށް ށ. މިލަންދޫގައި ހަދާފައި ހުރި ގިޑިގެއިން ފެންނަނީ މި ރަށުގެ މީހުންގެ އުއްމީދުތަކާ މިހާރު އެންމެ ބޮޑަށް ގުޅިފައިވާ މަޝްރޫއު އެވެ. އެއީ މި ރަށުގެ އެއާޕޯޓެވެ.
27 ފެބުރުއަރީ 2024
ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ކިޔުމަށް ށ. މިލަންދޫގައި ހަދާފައި ހުރި ގިޑިގެއިން ފެންނަނީ މި ރަށުގެ މީހުންގެ އުއްމީދުތަކާ މިހާރު އެންމެ ބޮޑަށް ގުޅިފައިވާ މަޝްރޫއު އެވެ. އެއީ މި ރަށުގެ އެއާޕޯޓެވެ.
އެމަނިކުފާނާ ސަލާންކުރުމަށް މިއަދު މި ރަށު ބަނދަރުގައި ދަމާލި ދިގު ސަފުގައި ތިބި ކޮންމެ ކުޑަކުއްޖެއްގެ އަތުގައިހެން މި އުއްމީދީ މަންޒަރުގެ ކުރެހުމެއް ވެސް އޮތެވެ. އެދުނީ މި އުއްމީދު ހަގީގަތަކަށް ހަދައިދިނުމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒަށް ށ. މިލަންދޫން މަރުހަބާ ކިޔުން.-- ފޮޓޯ: ރައީސް އޮފީސް
މިލަންދޫގައި ޑޮމެސްޓިކް އެއާޕޯޓެއް ހެދުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ.
ރައީސް މިއަދު މި ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވަނީ ވަރަށް ސާފު ޖަވާބެއް ދެއްވައިފަ އެވެ. ވިދާޅުވީ އެ މަނިކުފާނުގެ މި ދައުރުގައި މިލަންދޫގައި އެއާޕޯޓް އަޅާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން ދެއްވާ ކަމަށެވެ.
މި ބަސްކޮޅު ރައީސް ވިދާޅުވުމާ އެކު ޖަލްސާގެ އެންމެހާ ބައިވެރިން ގޮނޑިން ތެދުވެ، ރައީސަށް ވަރަށް ހޫނު އަތްތިލަބަޑިއެއް އެރުވި އެވެ.
"މި ރަށުގެ ބޭފުޅުން ބޭނުންވަނީ އެންމެ ވާހަކައެއް އަޑު އަހަން. އެއީ ލިސްޓުގެ އެކަކުން ދިހައަކަށް ވެސް އޮތީ އެންމެ ވާހަކައެއް،" ރައީސް ވިދާޅުވި އެވެ.
"މި ރަށުގެ ރައްޔިތުންގެ ކުރިއެރުމާއި ތަރައްގީއަށް ކޮށްދެއްވާނެ ކަންކަމުގެ ލިސްޓުގެ އެއް ވަނައިން 10 ވަނަ އަށް ވެސް އޮތް އެއާޕޯޓް ޔަގީންކަމާ އެކީގައި އަޅައިދޭނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން ދެން."
ރައީސް ޑރ. މުހައްމަދު މުއިއްޒަށް ށ. މިލަންދޫން މަރުހަބާ ކިޔުން.-- ފޮޓޯ: ރައީސް އޮފީސް
މި އަތޮޅު ބިލެތްފަހީގައި ވެސް އެއާޕޯޓެއް އަޅަން ކުރީގެ ސަރުކާރުން ވަނީ ހަވާލުކޮށްފަ އެވެ. ރައީސް ވަނީ މި އަތޮޅު ކޮމަންޑޫގައި ވެސް އެއާޕޯޓެއް އަޅަން ކެމްޕެއިންގައި ވައުދުވެވަޑައިގެންފަ އެވެ.
ރާއްޖޭގެ ޓްރޭޑް ވަފްދު އެމެރިކާއަށް ދަނީ ޖުލައި މަހު
މަކުނުދޫ އެއާޕޯޓާއި ބިން ހިއްކުން އެމްޓީސީސީއަށް
މަތިވެރި އެއާޕޯޓު އަޅަން ބިން ހިއްކަން ފަށައިފި
މަތިވެރި އެއާޕޯޓު އަޅައި ހިންގަން އެމްއޭސީއެލަށް
ތުޅާދޫ އެއާޕޯޓް ބިން ހިއްކާ ގޮތަށް ބަދަލުތަކެއް
އެމްޓީސީސީން ތުޅާދޫ އެއާޕޯޓުގެ ބިން ހިއްކަން ފަށައިފި
ނިލަންދޫ އެއާޕޯޓް ނުހުއްޓޭނެ، ޖެޓް ޖައްސާނެ: ރައީސް
ފައިނު އެއާޕޯޓު އެޅުމުގެ ޝަކުވާތައް އަޑުއަހަން އެދިއްޖެ
އިތުރު އެއާޕޯޓުތައް އަޅާނެ ރަށްތައް ކަނޑައަޅައިފި
ދެ ކޮމަންޑޫ ގުޅާލުން މި އަހަރު ނިންމަނީ