Roadha Mihaaru
ހަނިމާދޫގެ އާ ރަންވޭ އިތުރަށް ދިގު ކުރަނީ

ހަނިމާދޫގެ އާ ރަންވޭ އިތުރަށް ދިގުކުރެވޭތޯ ބަލަނީ

26 ފެބުރުއަރީ 2024

މިދިޔަ މަހު ބޭނުންކުރަން ފެށި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ އިތުރަށް ދިގު ކުރަން ޖެހޭ ކަމަށާއި މި މަޝްރޫއަށް ލޯނު ހަމަޖައްސައިދިން ފަރާތާ މަޝްވަރާކޮށްގެން އެކަން ކުރެވޭތޯ ބައްލަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ ހދ. ހަނިމާދޫން އިފްރާޒް އަލީ

މިދިޔަ މަހު ބޭނުންކުރަން ފެށި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ އިތުރަށް ދިގު ކުރަން ޖެހޭ ކަމަށާއި މި މަޝްރޫއަށް ލޯނު ހަމަޖައްސައިދިން ފަރާތާ މަޝްވަރާކޮށްގެން އެކަން ކުރެވޭތޯ ބައްލަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ރާއްޖޭގެ އުތުރަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ހެނދުނު ހަނިމާދޫގައި ބޭއްވި ޖަލްސާގައި ވިދާޅުވީ މި ރަށު އެއާޕޯޓް ތަރައްގީކުރަން ކުރީގެ ސަރުކާރުން ބޮޑު އިންވެސްޓްމަންޓެއް ކޮށްފައި އޮތް ނަމަވެސް، އެއީ އަސްލު އަގަށް ވުރެ އެތައް ގުނައެއް ބޮޑުކޮށް ހިންގާ މަޝްރޫއެއް ކަމަށެވެ. އަދި މި އެއާޕޯޓް ތަރައްގީކުރަނީ އެ އަގާ އަޅާބަލާއިރު، މަޝްރޫއު ހިންގަން ޖެހޭ ސްކޭލަށް ވުރެ މާ ކުޑަކޮށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ހދ. ހަނިމާދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ހދ. ހަނިމާދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

ހަނިމާދޫ އެއާޕޯޓު ފީސަބަލް ކުރުމަށް ނުވަތަ ފައިދާއެއް ހޯދަން 8،000 އެނދު ބޭނުންވާ ކަމަށާއި އެކަން ކުރެވޭނީ 2.4 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް އުތުރުގައި ކުރިއަށް ގެންގޮސްގެން ކަމަށް މި ސަރުކާރުން ވަނީ ބުނެފަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި، 2.4 ކިލޯމީޓަރުގެ ރަންވޭއަކުން، 8،000 ޓޫރިސްޓް އެނދާއި އެހެނިހެން ސިނާއީ މަސައްކަތްތަކާއި ވިޔަފާރިތައް މި ސަރަހައްދަށް ގެންނަން ދަތިވާނެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ހދ. ހަނިމާދޫއަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ-- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ހދ. ހަނިމާދޫއަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ-- ފޮޓޯ: ރައީސް އޮފީސް

އެއަށް ވުރެ ދިގު ރަންވޭއެއް ހަދައި، މި އެއާޕޯޓުގެ ކެޕޭސިޓީ ވެސް އަދި އިތުރަށް ބޮޑުކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ބޭނުންވަނީ މިކަމުގައި މި ލޯނު ހަމަޖެއްސި ފަރާތާ ވާހަކަދައްކައިގެން މިކަމަށް އެދެވޭ ހައްލެއް ގެނެވޭތޯ މަސައްކަތްކުރަން. މާނަ އަކީ ރަންވޭ ދިގުކޮށް އަދި އިތުރު 700 މީޓަރު އިތުރު ކުރެވޭތޯ މަސައްކަތް ކުރުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ހދ. ހަނިމާދޫއަށް ވަޑައިގަތުމުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައި-- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ހދ. ހަނިމާދޫއަށް ވަޑައިގަތުމުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައި-- ފޮޓޯ: ރައީސް އޮފީސް

ހަނިމާދޫ އެއާޕޯޓުގައި ހަދަމުން އަންނަ އާ ރަންވޭގެ އެއް ބައި ނިންމައި ބޭނުންކުރަން ފެށީ މިދިޔަ މަހު އެވެ. ތިން ފިޔަވައްސަކަށް ބަހާލައިގެން މިހާރު ހަދަމުން އަންނަނީ 2،460 މީޓަރުގެ ރަންވޭއެކެވެ. އެ ރަންވޭ އިން މިހާރު ނިމިފައިވަނީ 1،200 މީޓަރެވެ.

މި އެއާޕޯޓް ޕްރޮޖެކްޓަށް އިންޑިއާގެ އެގްޒިމް ބޭންކުން ވަނީ 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ލޯނު ހަމަޖައްސައިދީފަ އެވެ. އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ގޮތަށް ހަދަމުން އަންނަ މި އެއާޕޯޓުގެ ރަންވޭގެ އެއްކޮށް ނިމުމުން، އޭ320 އަދި ބޮއިން737 ބޯޓުތައް ވެސް ޖެއްސޭނެ އެވެ.