ހދ. ހިރިމަރަދޫ މީހުން އެ އަތޮޅު ހަނިމާދުއަށް ބަދަލުކުރަން ސަރުކާރުން މިއަދު ނިންމައިފި އެވެ.
01 ފެބުރުއަރީ 2025
ހދ. ހިރިމަރަދޫ މީހުން އެ އަތޮޅު ހަނިމާދުއަށް ބަދަލުކުރަން ސަރުކާރުން މިއަދު ނިންމައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "ހިރިމަރަދޫގެ ރައްޔިތުން އެދުނު ގޮތަށް" އެ ރަށު ރައްޔިތުން ހަނިމާދުއަށް ބަދަލުކުރުމަށް ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށެވެ.
ހިރިމަރަދޫގެ އާބާދީ ވަރަށް ބޮޑަށް މަދުވުމުގެ ސަބަބުން އެ ރަށު މީހުން އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް ސަރުކާރުގައި އެދެމުން އަންނަތާ މިހާރު ވަނީ އެތައް އަހަރެއް ވެފަ އެވެ. އެކަމާ ގުޅޭ ގޮތުން، ރަށު ކައުންސިލުން ސަރުކާރާ އެކު އެތައް މަޝްވަރާ ބައްދަލުވުންތަކެއް ވެސް ބޭއްވި އެވެ.
އެ ރަށު ކައުންސިލުން މީގެ ކުރިން ވަނީ ރައްޔިތުން ކ. ތުލުސްދުއަށް ބަދަލުކޮށްދޭން ވެސް އެދިފަ އެވެ. އެކަމަށް ތުލުސްދޫ ކައުންސިލުން ވެސް މަރުހަބާ ކިޔެވެ.
ހިރިމަރަދޫގެ ހޮޅުއަށްޓެއްގައި މީހަކު އިށީނދެލައިގެން.-- ފޮޓޯ: ލޫކަސް ޖަލީލް
ހިރިމަރަދޫ އަކީ ހދ. އަތޮޅުގެ 13 ރަށުގެ ތެރެއިން އާބާދީ އެންމެ ކުޑަ ރަށެވެ. އެންމެ ފަހުން ހެދި ބޯހިމެނުމުން އެނގޭ ގޮތުގައި ރަށުގެ ދިރިއުޅޭ އާބާދީއަކީ 293 އެވެ. އެއީ 157 ފިރިހެނުންނާއި 136 އަންހެނުންނެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން ވެސް ހިރިމަރަދޫގެ އާބާދީ ދަނީ އަހަރުން އަހަރަށް ދަށަށެވެ. އެގޮތުން 2014 ވަނަ އަހަރު ހެދި ބޯހިމެނުމުން ދައްކާ ގޮތުގައި ރަށުގައި ދިރިއުޅޭ އާބާދީއަކީ 314 މީހުންނެވެ.
ހިރިމަރަދޫ މީހުން އެހެން ރަށަކަށް ބަދަލުކޮށްދޭން ނިންމި އިރު، މ. ރަތްމަންދޫގެ ގިނަ ބަޔަކު ވެސް ވަނީ އެ މީހުން އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް ސަރުކާރުގައި އެދިފަ އެވެ.
ސިޑްސް ކޮންފަރެންސަށް ރައީސް ފުރާވަޑައިގަންނަވަނީ
މަގާމުތަކަށް ބަދަލުތައް ގެނައީ ހިންގުން ހަރުދަނާކުރުމަށް
އެސްޓީއޯ ރޭޓުގައި ހުރިހާ އަތޮޅެއްގައި ތެޔޮ ވިއްކަނީ
ރައީސްގެ ޔޫކޭ ދަތުރަށް ހަރަދުވީ ދޮޅުލައްކަ ރުފިޔާ
ސައުދީއާ އެކު ގާތް ގުޅުމެއް ބާއްވަން ބޭނުންވޭ: ރައީސް
ކަޑެވާރެހާ، ހޯނޑެއްދޫގެ އިހުތިސާސުން ވަކިކޮށްފި
ދުންފަތް މަނާކުރާ އުމުރު ކަނޑައަޅަން އާންމު ހިޔާލަށް
ރައީސްގެ ޕޮޑްކާސްޓް "ރައްޔިތުންނާ އެކު" މިއަދު ފަށަނީ
އުތުރުތިލަފަޅުގައި ޖަލެއް ހަދަން ކަނޑައަޅައިފި
"ރައީސްގެ ޖަވާބު"އަށް ސުވާލު ފޮނުވަން ހުޅުވާލައިފި