އިންޑިއާގެ ލޯނު އެހީގައި ހަދަމުން އަންނަ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތުގެ 83 ޕަސެންޓް ނިމިއްޖެ އެވެ.
14 މެއި 2025
އިންޑިއާގެ ލޯނު އެހީގައި ހަދަމުން އަންނަ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތުގެ 83 ޕަސެންޓް ނިމިއްޖެ އެވެ.
ހަނިމާދޫ އެއާޕޯޓް ހިންގާ ރީޖަނަލް އެއާޕޯޓްސް އިން ފޭސްބުކްގައި އިއްޔެ ކުރި ޕޯސްޓެއްގައި ބުނީ އެ އެއާޕޯޓް ތަރައްގީ ކުުރުމުގެ މަސައްކަތުގެ 83 ޕަސެންޓް ނިމި، އެ މުހިންމު މަޝްރޫއު ނިންމުމުގައި ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ.
އިންޑިއާގެ ކްރެޑިޓްލައިނުގެ ދަށުން ތަރައްގީކުރަމުން އަންނަ ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް އަންނަ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަހުގެ ތިން ވަނަ ދުވަހު ބޭއްވި ޕްރެސް ކޮންރެންސްގައި ވެސް ވަނީ ވިދާޅުވެފަ އެވެ.
ހަނިމާދޫ އެއާޕޯޓަކީ މިވަގުތު ރާއްޖޭގައި ހިންގާ އެއާޕޯޓު ތަރައްގީކުރުމުގެ އެންމެ ބިޔަ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ އެއް މަޝްރޫއެވެ.
ކަލްޕަތަރު ޕްރޮޖެކްޓްސް އަށް މިހާރު ނަން ބަދަލުކޮށްފައިވާ އިންޑިއާގެ ކުރީގެ ޖީއެމްސީ ކުންފުންޏާ އެ އެއާޕޯޓްގެ މަސައްކަތް ހަވާލުކުރީ ސެޕްޓެމްބަރު 2022 ގަ އެވެ.
އެ މަޝްރޫއުގެ ދަށުން ހަނިމާދޫ އެއާޕޯޓުގައި 2.7 ކިލޯމީޓާރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ އާ ޓާމިނަލަކާއި އާ އެއާޓްރެފިކް ކޮންޓްރޯލް ޓަވަރަކާއި ކާގޯ އިމާރާތެއްގެ އިތުރުން ފިއުލް ފާމެއް ހެދުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.
އެންމެ ބޮޑެތި ބޯޓު ވެސް ޖެއްސޭ ގޮތަށް ހަދާފައިވާ އެ އެއާޕޯޓުގެ އާ ރަންވޭގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފަ އެވެ.
އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އެ މަޝްރޫއަށް 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދުކުރެ އެވެ.
"ތަރައްގީ ގެންނާނީ ވިސްނައިގެން، ދެމެހެއްޓެނިވިގޮތަށް"
ހަނިމާދޫ އެއާޕޯޓްގެ ބޮޑު މަޝްރޫއުގެ މަސައްކަތް ފަށައިފި
ހަނިމާދޫ އެއާޕޯޓްގެ މަޝްރޫއު ރަސްމީކޮށް ފަށަނީ
އުފާވެރި ދިރިއުޅުމެއް އޮތީ ދަރަނި ނަގައިގެން: ފައްޔާޒު
ހަނިމާދޫ އެއާޕޯޓުގެ ބިޔަ މަޝްރޫއު ހަވާލުކޮށްފި
ހަނިމާދޫ އެއާޕޯޓް ހަދާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި
ހަނިމާދޫ އެއާޕޯޓު ބޮޑުކުރަން ސާވޭ ފަށައިފި
ހަނިމާދޫ އެއާޕޯޓުގެ އާ ރަންވޭ ބޭނުން ކުރަން ފަށައިފި
ހަނިމާދޫގެ އާ ރަންވޭ އާދިއްތަދުވަހު ބޭނުންކުރަން ފަށަނީ
ހަނިމާދޫ އެއާޕޯޓުގެ 50 ޕަސެންޓް ނިމިއްޖެ!