19 ފެބުރުއަރީ 2024
އާމްދަނީ ހޯދަން ގޭގައި ކާބޯތަކެތި ހަދާ މީހުންނަށް ހާއްސަ ކޮށްގެން ހަދާ ދަފުތަރުގައި ރަޖިސްޓަރީވާން، ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ) އިން މިއަދު ހުޅުވާލައިފި އެވެ.
އާމްދަނީ ހޯދަން ގޭގައި ކާބޯތަކެތި ހަދާ މީހުންނަށް ހާއްސަ ކޮށްގެން ހަދާ ދަފުތަރުގައި ރަޖިސްޓަރީވާން، ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ) އިން މިއަދު ހުޅުވާލައިފި އެވެ.
އެ ކޯޕަރޭޝަނުން ކުރި އިއުލާނެއްގައި ވަނީ ވިޔަފާރިއެއްގެ ގޮތުގައި އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓަރީކުރުން ލާޒިމް ނުވާ، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގާނޫނުގައި ވެސް އެންމެ ކުދި ވިޔަފާރިތަކުގެ ގިންތީގައި ހިމެނޭ މަސައްކަތްތައް ކުރާ މީހުން ރަޖިސްޓަރީވާން ހުޅުވައިލީ އެކަން ކުރާ މީހުން ކުރިއެރުވުމުގެ ބޭނުމުގައި ކަމަށެވެ.
އެކަމަށް ހާއްސަ ކޮށްގެން، ބީސީސީން ވަނީ އާމްދަނީ ހޯދަން ގޭގައި ކާބޯތަކެތި ހަދާ މީހުން ދަފުތަރުކުރުމުގެ އުސޫލެއް ހަދައިފަ އެވެ.
އޭގައިވާ ގޮތުން، އެ ދަފުތަރުގައި ރަޖިސްޓަރީ ވެވޭނީ އުމުރުން 18 އަހަރުވެފައިވާ ދިވެހިންނަށެވެ. ވަޒީފާގައި ބަޔަކު ނުގެންގުޅޭ އަދި އާމްދަނީ ހޯދުމުގެ ބޭނުމުގައި ކާބޯތަކެތި އުފައްދާ މީހަކަށް ވާންޖެހެ އެވެ. އޭގެ އިތުރުން، އެ މަސައްކަތަކީ 100 ޕަސެންޓު ދިވެހިންގެ ބައިވެރިވުން އޮންނަ ކަމަކަށް ވެސް ވާންޖެހޭނެ ކަމަށް ބުންޏެވެ.
އެ ދަފްތަރުގައި ރަޖިސްޓަރީވާން ވަކި މުއްދަތެއް ނެތްއިރު، https://forms.office.com/r/P6c8Zrik78 އިން ވެސް ހުށަހެޅޭނެ އެވެ. އެކަމާ ގުޅޭ އިތުރު މައުލޫމާތު 3305555 އިން ނުވަތަ info@bcc.mv އަށް އީމެއިލް ކޮށްގެން ލިބޭނެ ކަމަށް ބީސީސީން ބުންޏެވެ.
"އެސްއެމްއީތަކަކީ އިގްތިސާދު ކުރިއެރުމަށް މުހިއްމު ބާރެއް"
އެސްއެމްއީ ހަބް ހުރި ތަނަށް ޑިވެލޮޕްމެންޓް ބޭންކް
ގޭގައި އުފައްދައިގެން ވިއްކާ ކާބޯތަކެއްޗަށް ހާއްސަ ލޯގޯއެއް
އެސްއެމްއީ ހަބް: ގިނަ ވިޔަފާރިތަކެއްގެ ހިނިތުންވުން!
އެސްއެމްއީ ހަބަށް އެދި ހުށަހަޅާ މުއްދަތު އިތުރުކޮށްފި
އެސްއެމްއީ ހަބްގެ ކާބޯތަކެތީގެ ކިއޮސްކްތަައް ކުއްޔަށް
ކުދި ވިޔަފާރިތަކަށް ބީސީސީން "ވޯކް ސްޕޭސް" ދެނީ
ދިވެހީންގެ އިރުއޮއްސުމެއް ނެތް ހަވީރު ސައި
އާޓްސް އެންޑް ކަލްޗާ ސެންޓަރެއް ހަދަން ސޮއިކޮށްފި
އެފްޓީއޭ ފެށިޔަސް ދިވެހި ވިޔަފާރިތަކަށް ހިމާޔަތް ލިބޭނެ