Roadha Mihaaru
އެސްއެމްއީ ހަބް ހުރި ތަނަށް ޑިވެލޮޕްމެންޓް ބޭންކް

އެސްއެމްއީ ހަބް ހުރި ތަނުގައި ޑިވެލޮޕްމެންޓް ބޭންކާއި ފައިނޭންސް ސެންޓަރު ހުޅުވަނީ

07 ޖުލައި 2024

މިނީ މޯލް ކޮންސެޕްޓަށް، ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ) އިން "އެސްއެމްއީ ހަބް" ހިންގާ އިމާރާތުގައި ޑިވެލޮޕްމެންޓް ބޭންކާއި ފައިނޭންސް ސެންޓަރު ގާއިމް ކުރަން ސަރުކާރުން ނިންމައިފި އެވެ.

މިނީ މޯލް ކޮންސެޕްޓަށް، ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ) އިން "އެސްއެމްއީ ހަބް" ހިންގާ އިމާރާތުގައި ޑިވެލޮޕްމެންޓް ބޭންކާއި ފައިނޭންސް ސެންޓަރު ގާއިމް ކުރަން ސަރުކާރުން ނިންމައިފި އެވެ.

އެސްއެމްއީ ހަބްގެ ގްރައުންޑް ފްލޯގައި ސިޓީ ބޭކަރީ އާއި ކުޑަ ލައިބްރަރީއެއް ހިންގާއިރު ފުރަތަމަ އަދި ދެވަނަ ފްލޯގެ ކިއޯސްކްތަކުގައި ކުދި ވިޔަފާރިތަކުގެ ކެފޭ އާއި ފިހާރަތައް ހިންގަ އެވެ. ބީސީސީ އިން އަންނަނީ ތިން ވަނަ ފްލޯ ވެސް ހަދަމުންނެވެ. އެ ތަނުގައި 25 މީހުންނަށް ހާއްސަ ސިނަމާ އަކާއި ސެލޫން ފަދަ ތަންތަނަށް ކުދި ގޮޅިތައް ވިޔަފާރިތަކަށް ދޫކުރަން ކުރިން ނިންމާފައި ވެ އެވެ.

ނަމަވެސް، ސަރުކާރުން މިހާރު ނިންމާފައިވަނީ ގްރައުންޑް އަދި ދެ ވަނަ ފްލޯ އަށް ބަދަލުތަކެއް ގެނެސް ޑިވެލޮޕްމަންޓް ބޭންކާއި ފައިނޭންސް ސެންޓަރު އެ ދެ ފްލޯގައި ހަދާ ގޮތަށެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު "މިހާރު" އަށް މިއަދު ވިދާޅުވީ ގްރައުންޑް ފްލޯ އާއި ދެ ވަނަ ފްލޯ އަދި ތިން ވަނަ ފްލޯގައި ހުރި ތަންތަން އެހެން ތަނަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށާއި އެ ތަނުގައި ސަރުކާރުން އަލަށް ގާއިމް ކުރާ ޑިވެލޮޕްމެންޓް ބޭންކާއި ފައިނޭންސް ސެންޓަރު ހުޅުވަން ނިންމާފައިވާ ކަމަށެވެ.

އާމްދަނީ ދެކޮޅު ޖެހެން ގާތް ވެސް ނުވޭ. އެހެންވީމާ އަޅުގަނޑުމެން މި ބަލަނީ ތަންކޮޅެއް ކުޑަ ކުއްޔަކަށް ދެކޮޅު ޖެހޭ ގޮތަކަށް އެސްއެމްއީ ހަބް ހިންގަން،"--- ސައީދު

އޭނާ ވިދާޅުވި ގޮތުގައި އެސްއެމްއީ ހަބްގައި މިހާރު ހިންގާ ކުދި ވިޔަފާރިތައް މާލޭގެ އެހެން ތަނަކަށް ބަދަލު ކުރަން ވަނީ ނިންމައިފަ އެވެ. ސަރުކާރުގެ އަމާޒަކީ ކުދި ވިޔަފާރިތަކަށް ގެއްލުން ނުވާނެ ގޮތަކަށް އެ ބަދަލު ގެނައުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އެސްއެމްއީ ހަބްގައި މިހާރު އެންމެ ގިނަ ވިޔަފާރިތައް ހިންގާ ފުރަތަމަ ފްލޯ މިހާރު ވެސް ހިންގަމުންދާ ގޮތަށް ކުރިއަށް ގެންދާނެ ކަމަށެވެ. އެއީ އެ ވިޔަފާރިތަކަށް ދާއިމީ ތަނެއް ލިބެންދެންނެވެ.

ސައީދު ވިދާޅުވީ އެސްއެމްއީ ހަބް ހިންގާ އިމާރާތަށް ސަރުކާރުން މަހަކު ގާތްގަނޑަކަށް ހަތް ލައްކައެއްހާ ރުފިޔާ ކުލީގެ ގޮތުގައި ދައްކާ ކަމަށެވެ. އެކަމަކު، ތަން ދޫކޮށްފައިވާ ވިޔަފާރިތައް ހިންގާ މީހުންގެ އަތުން ނަގަނީ ވަރަށް ކުޑަ ކުއްޔެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން، އެއީ ދެކޮޅު ޖެހޭ މޮޑެލްއަކަށް ހިންގާ ތަނެއް ނޫން ކަމަށް ސައީދު ވިދާޅުވި އެވެ.

އެސްއެމްއީ ހަބް ހިންގާ އެސްޓީއޯގެ އިމާރާތުގެ ކުލީގެ ގޮތުގައި ސަރުކާރާ ހަވާލުވިއިރު ދެ މިލިއަން ރުފިޔާ ނުދައްކާ ހުރި ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

"އާމްދަނީ ދެކޮޅު ޖެހެން ގާތް ވެސް ނުވޭ. އެހެންވީމާ އަޅުގަނޑުމެން މި ބަލަނީ ތަންކޮޅެއް ކުޑަ ކުއްޔަކަށް ދެކޮޅު ޖެހޭ ގޮތަކަށް އެސްއެމްއީ ހަބް ހިންގަން،" ސައީދު ވިދާޅުވި އެވެ.