19 ފެބުރުއަރީ 2024
ގޭގައި ކާބޯތަކެތި ހަދައިގެން ވިއްކާ މީހުންނަށް ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ޑިޒައިންކުރި ހާއްސަ ލޯގޯއެއް ބޭނުންކުރެވޭ ގޮތް ހަދައިފި އެވެ.
ގޭގައި ކާބޯތަކެތި ހަދައިގެން ވިއްކާ މީހުންނަށް ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ޑިޒައިންކުރި ހާއްސަ ލޯގޯއެއް ބޭނުންކުރެވޭ ގޮތް ހަދައިފި އެވެ.
އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި، 24 ގަޑިއިރުގެ ތެރޭގައި މުއްދަތު ހަމަނުވާ އެއްޗެހި ބަންދުކޮށް، އެ ޕެކްގައި ބޭނުންކުރާ ލޯގޯ އިފުތިތާހު ކޮށްދެއްވީ، ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދެވެ.
އެ ރަސްމިއްޔާތުގައި އެ ކަމަނާ ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރަން އެމްއެފްޑީއޭ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރާ މީހުންނަށް ލޯގޯއެއް ދިނުމަކީ އެ ތަކެތީގެ ރައްކާތެރިކަމާ މެދު އާންމުންގެ އިތުބާރު ބޮޑުވާނެ ކަމެއް ކަމަށެވެ.
ގޭގައި ތިބެގެން މަސައްކަތްކުރާ މީހުންނަށް އެ މީހުންގެ ވިޔަފާރި ފުޅާކުރުމަށް ފުރުސަތު ފަހިވެ، ހާއްސަކޮށް އަންހެނުން ކުރާ ވިޔަފާރިތަކަށް ފައިދާ ލިބޭނެ ކަމަށް ފަސްޓް ލޭޑީ ވިދާޅުވި އެވެ.
ގޭގައި ކާބޯތަކެތި ހަދައިގެން ވިއްކާ މީހުންނަށް ހާއްސަ ލޯގޯ، ފަސްޓް ލޭޑީ ސާޖިދާ މިއަދު ލޯންޗުކޮށްދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ސާޖިދާ ވަނީ ރައްޔިތުންގެ މަޖިލީހަށް 2021 ވަނަ އަހަރު ހުށަހެޅި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު އަވަހަށް ގާނޫނަކަށް ވެ، އެ ގާނޫނު ތަންފީޒު ކުރުމަށް އެދިވަޑައިގެންފަ އެވެ. އޭގެ ސަބަބުން އާއްމުންނާއި ގައުމުގެ ކުރިއެރުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވި އެވެ.
އާމްދަނީ ހޯދުމަށްޓަކައި ގޭގައި އުފައްދައި ބަންދުކުރާ ކާބޯތަކެއްޗަށް ހާއްސަ ލޯގޯ ހޯދަން ހުށަހެޅަން ޖެހޭނީ އެމްއެފްޑީއޭގެ ދިރިތި ޕޯޓަލް މެދުވެރިކޮށެވެ. އެ ޕޯޓަލަށް ހުށަހެޅޭނީ ވެސް، ގޭގައި ކާބޯތަކެތި ވިއްކާ މީހުންނަށް ބީސީސީން ހާއްސަ ކޮށްފައިވާ ޕޯޓަލްގައި ރަޖިސްޓަރީވުމަށް ފަހު، އެ ސެންޓަރުން ދޭ ލިޔުމެއް ހުށަހެޅުމުންނެވެ.
First Lady Sajida Mohamed launched the Home-Based Food Producer logo designed via a collaboration between the @MoEDmv, the @MFDA_mv, and the @BCC_mv to generate income for homemade and closed food products. Applications for the logo can be submitted through the Dhirithi portal. pic.twitter.com/rHkS1Rsq3R
— The President's Office (@presidencymv) February 19, 2024
އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ބީސީސީގެ އޮފިޝަލަކު ވިދާޅުވީ ލޯގޯ ބޭނުންކުރާނީ ތެލުލިފަތާއި ރިހާކުރާއި މަސްމިރުސް ފަދަ ގިނަ ދުވަހު ހުންނަ ތަކެތީގަ އެވެ.
އޭނާ ވިދާޅުވީ ލޯގޯ ދިނުމުގެ ކުރިން، އެ މަސައްކަތްކުރާ ތަން އެމްއެފްޑީއޭއިން ފާހެއް ނުކުރާނެ އެވެ. ހުށަހަޅަނީ ތެދު މައުލޫމާތުކަން އިގުރާރުވާން ޖެހޭއިރު، އެމްއެފްޑީއޭ އިން ބަލާނީ މައްސަލައެއް ދިމާވުމުން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މި ލޯގޯ ބޭނުންކުރުމަކީ މި ވަގުތު އަމިއްލަ އިހުތިޔާރުގައި އޮތް ކަމެކެވެ. ނަމަވެސް، އެ ބޭނުންކުރުމުގެ ސަބަބުން، އެ ގަންނަނީ ރައްކާތެރި ތަކެތިކަން، ގަންނަ މީހާއަށް ޔަގީން ވާނެ ކަން ބީސީސީން ފާހަގަކުރެ އެވެ.
ކެއިންބުއިމުގެ ގޯސް އާދަތައް؛ މި ތިބީ ނުރައްކަލުގައި
ލޭބަލް ކުރުމުގެ ގަވާއިދާ ޚިލާފަށް ކާބޯތަކެތި ވިއްކަނީ!
ފުޑް ސޭފްޓީގެ ފުރަތަމަ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި
ރަޖިސްޓްރީނުކޮށް ކާބޯތަކެތި ވިއްކާނަމަ ބޮޑު ޖޫރިމަނާއެއް
ބުޅާ މަހުގެ މައްސަލާގައި ނެގި ސާމްޕަލްގެ ނަތީޖާ ނުލިބޭ
މިއީ ސާފު ބަދިގެއަކުން ކާން ހެދުމަށް އިގުރާރެއް!
އާންމުން ކާބޯތަކެތި ވިއްކުމުގެ އުސޫލު އާންމުކޮށްފި
ނުތާހިރުކަމުން މާލޭގެ ތިން ތަނެއް ބަންދުކޮށްފި
ނުތާހިރު ތަނަކުން 15 ބިދޭސީން ހިފަހައްޓައިފި
ކާބޯތަކެތީގެ މައްސަލަ ރިޕޯޓުކުރަން ހާއްސަ ނަމްބަރެެއް