މޯލްޑިވްސްގެ ކަސްޓަމްސް ސާވިސްގެ ޑެޕިއުޓީ ކޮމިޝަނަރަކަށް، އެ އިދާރާ އަށް މިދިޔަ 23 އަހަރު ދުވަހު ހިދުމަތް ކޮށްދެއްވާފައިވާ ފާތިމަތު ދިޔާނާ މިއަދު އައްޔަންކޮށްފި އެވެ.
18 ފެބުރުއަރީ 2024
މޯލްޑިވްސްގެ ކަސްޓަމްސް ސާވިސްގެ ޑެޕިއުޓީ ކޮމިޝަނަރަކަށް، އެ އިދާރާ އަށް މިދިޔަ 23 އަހަރު ދުވަހު ހިދުމަތް ކޮށްދެއްވާފައިވާ ފާތިމަތު ދިޔާނާ މިއަދު އައްޔަންކޮށްފި އެވެ.
ކަސްޓަމްސް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިއީ މިދިޔަ 133 އަހަރުވީ ދިގު ތާރީހުގައި އެ އިދާރާގެ ޑެޕިއުޓީ ކޮމިޝަނަރަކަށް އަންހެން ބޭފުޅަކު އައްޔަންކުރި ފުރަތަމަ ފަހަރު ކަމަށެވެ.
"މިއީ ކަސްޓަމްސްގައި މިންތީގެ ހަމަހަމަކަން ގާއިމްކޮށް، ބާރުވެރިކުރުވުމަށް އެޅި ވަރުގަދަ ފިޔަވަޅެއް،" ކަސްޓަމްސް އިން ބުންޏެވެ.
ދިޔާނާ ކުރިން ހުންނެވީ ކަސްޓަމްސްގެ ޑެޕިއުޓީ ޗީފް ސުޕްރިޑެންޓެންޓްގެ މަގާމުގަ އެވެ.
ކަސްޓަމްސް އިން ބުނި ގޮތުގައި، ދިޔާނާ ވަނީ މިދިޔަ 23 އަހަރު ދުވަހުގެ ތެރޭގައި އެ އިދާރާ އަށް ވަރަށް އަގުހުރި ގިނަ ހިދުމަތްތަކެއް ކޮށްދެއްވައިފަ އެވެ.
ދިޔާނާގެ އިތުރުން ކަސްޓަމްސްގައި މިހާރު ދެ ޑެޕިއުޓީ ކޮމިޝަނަރުން ތިއްބަވަ އެވެ. އެއީ އަބްދުﷲ ވަހީދާއި މަހުމޫދު ރިޔާޒެވެ.
މާނިއު ވަކިކޮށް، ކަސްޓަމްސްގެވެރިއަކަށް އަންހެންބޭފުޅެއް
ޓޫރިޒަމް ސިނާއަތަށް މި ދައްކައިދެނީ ނަމޫނާ މަސައްކަތެއް
ރާއްޖެ ގެނައި 18 ކިލޯގެ ޑްރަގް:މީހަކު ހައްޔަރުނުކުރޭ
ޑްރަގް ޝިޕްމަންޓާ ހަވާލުވާން ދިޔަ މީހާ ދޫކޮށްލައިފި
މަސްތުވާތަކެތި ހުރި ޝިޕްމެންޓް ބަލާ ދިޔައީ ބިދޭސީއެެއް
ކަސްޓަމްސް އިން 18 ކިލޯގެ ޑްރަގްސް އަތުލައިގެންފި
ވަގަށް 13 މިލިއަން ސިނގިރޭޓު ގެނައި ކުންފުނި ސިއްރު
ދެމަފިރިންގެ ގުޅުންތައް ބިނާކުރަން ޖެހޭ އަސާސް-2
ހިފެހެއްޓި މިލިއަން ރުފިޔާގެ ބޭރު ފައިސާ ދޭން ޖެހިއްޖެ
ރާއްޖެއަށް އެތެރެކުރި 3 ކިލޯގެ މެތު އަތުލައިގެންފި