Roadha Mihaaru
އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް ފަރުވާދެނީ

ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެ، ފަރުވާދެނީ

13 ފެބުރުއަރީ 2024

ހުޅުމާލޭގައި ކާރަކާއި ސައިކަލެއް ޖެހި، ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެ، ފަރުވާ ދޭން ފަށައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ހުޅުމާލޭގައި ކާރަކާއި ސައިކަލެއް ޖެހި، ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެ، ފަރުވާ ދޭން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހުޅުމާލެ ފޭސް2 ގައި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް ވެސް ބުންޏެވެ.

ހުޅުމާލެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެ އެކްސިޑެންޓުގައި އަނިޔާވި އެކަކަށް ފަރުވާ ދެމުން އަންނަ ކަމަށެވެ.

"އެ މީހާގެ ކޮންޑިޝަން އަދި ސީރިއަސް އެއް ނޫން. އެމަޖެންސީގައި ފަރުވާ ދެމުން އަންނަނީ. އެކްސްރޭއާ އެއްޗެހި ނެގީމަ އަސްލު ލިބިފައި ހުރި އަނިޔާ އެނގޭނީ،" އޭނާ ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، އެ އެކްސިޑެންޓުގެ ވީޑިއޯތަކުން ފެންނަ ގޮތުގައި ސައިކަލުން ޖެހި، ކާރުގެ ކުރީކޮޅު ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. އެ ސަރަހައްދުގައި އޮތް ވިނަގަނޑެއްގެ މަތީގައި މީހަކު އޮންނައިރު އެ ސަރަހައްދުގައި ގިނަ ބަޔަކު އެއްވެގެން ތިއްބައި އެ ވީޑިއޯތަކުން ފެނެ އެވެ.

ފުލުހުން އަންނަނީ އެކްސިޑެންޓް ތަހުގީގު ކުރަމުންނެވެ.