ހުޅުމާލޭގެ ވިނަރެސް ޓަވަރުގެ މަތިން މިއަދު ހަވީރު ވެއްޓުނު ޒުވާނާ ނިޔާވެއްޖެ އެވެ.
17 ޖުލައި 2025
ހުޅުމާލޭގެ ވިނަރެސް ޓަވަރުގެ މަތިން މިއަދު ހަވީރު ވެއްޓުނު ޒުވާނާ ނިޔާވެއްޖެ އެވެ.
ހުޅުމާލެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އިމާރާތެއްގެ މަތިން 18 އަހަރުގެ ދިވެއްސަކު ވެއްޓިގެން ފަރުވާ ދިނުމަށް ހަވީރު 4:30 ހާއިރު އެ ތަނަށް ގެންދިޔަ ކަމަށެވެ.
ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އެ ޒުވާނާގެ އެއްވެސް ހަރަކާތެއް ނެތް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"ސީޕީއާރު ދީގެން ވެސް ކުރިއެރުމެއް ނުލިބުނީމަ މީގެ ކުޑައިރުކޮޅެއް ކުރިން މަރު ޑިކްލެއާ ކުރީ." އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މީގެ ކުރިން ވިދާޅުވީ ވިނަރެސްގެ އަށް ވަނަ ޓަވަރުން ފިރިހެނަކު ވެއްޓިގެން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ނަމަވެސް، މައްސަލަ ތަހުގީގުކުރާތީ އެ ޒުވާނާ ވެއްޓުނު ގޮތާއި ފްލޯގެ މައުލޫމާތެއް އަދި ނުލިބެ އެވެ.
މަރުވިމީހާގެ ފޮޓޯ، މަންޒަރު އާންމު ނުކުރަން އެެދިއްޖެ
ސްޓެލްކޯގެ ފްލެޓަކުން މީހަކު ވެއްޓި މަރުވެއްޖެ
އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް ފަރުވާދެނީ
12 ވަނަ ފްލޯ އިން ވެއްޓުނު ކުއްޖާ ނިޔާވެއްޖެ
ހުޅުމާލޭ ފަޅުތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
މަރުވެފައި އޮތް މީހަކު ހުޅުމާލޭގެ ބޭރުން ފެނިއްޖެ
ހުޅުމާލެ2 ގެ ދެވަނަ އެކްސިޑެންޓްގައި މީހަކު މަރުވެއްޖެ
ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަން މި ހަފުތާގައި ފޮނުވަނީ
މަރާލި ކުއްޖާ އެރުވި ތިން ޓެކްސީއެއް ހޯދައިފި
މަރުގެ ތުހުމަތަށް ހައްޔަރުކުރީ ކުއްޖާގެ ދެ އެކުވެރިން!