Roadha Mihaaru
އދ.ގެ ރެޕަޓުއާ އަށް އިޒްރޭލުން ވިސާ ވެސް ނުދިން

އދ.ގެ ރެޕަޓުއާ އަށް އިޒްރޭލުން ވިސާ ވެސް ނުދިން

13 ފެބުރުއަރީ 2024

މިދިޔަ އަހަރުގެ އޮކްޓޫބަރު ހަތެއްގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކަކީ ޔަހޫދީން ދެކެ އަންނަ ރުޅީގައި ދިން ހަމަލާތަކެއް ނޫން ކަމަށާއި އިޒްރޭލުން ގެންގުޅޭ އަޅުވެތިކުރުމުގެ ސިޔާސަތާ ހެދި ދިން ހަމަލާތަކެއް ކަމަށް ވިދާޅުވި އދ.ގެ ހާއްސަ ރެޕަޓުއާ އަށް ވިސާ ނުދޭނެ ކަމަށް އިޒްރޭލުން ބުނެފި އެވެ.

އދ. އިން ފަލަސްތީނަށް ކަނޑައަޅާފައި ހުންނަވާ ރެޕަޓުއާ ފްރަންސެސްކާ އަލްބާނީސް އެހެން ވިދާޅުވީ އިޒްރޭލުގެ 1،140 މީހަކު މަރާލި ހަމަލާތަކަކީ، ފަހުގެ ތާރީހެއްގައި، ޔަހޫދީންނާ މެދު އޮތް ނަފްރަތުގެ ސަބަބުން ހިންގި އެންމެ ބޮޑު ގަތުލްްއާންމު ކަމަށް ފްރާންސްގެ ރައީސް އެމެނުއެލް މެކްރޮންސް ވިދާޅުވުމުންނެވެ.

"ނޫން. 7/10 ގައި މަރުވި މީހުންނަކީ އެ މީހުންނަކީ ޔަހޫދީންނަށް ވީތީ މެރި ބައެއް ނޫން. އެއީ އިޒްރޭލުގެ. އަޅުވެތިކަމުގެ ސިޔާސަތުގެ ނަތީޖާ،" އަލްބޭނީސް އެކްސްގައި ލިޔުއްވި އެވެ.

އިޒްރޭލުގެ ފޮރިން މިނިސްޓްރީން ބުނީ މިއީ ދައްކައިގެންވާނެ ވާހަކައެއް ނޫން ކަމަށާއި އެހެންވެ އޭނާއަށް "އިޒްރޭލަށް" ވަނުމުގެ ހުއްދަ ނުދޭން ނިންމާފައިވާ ކަމަށެވެ.

މި ވާހަކަ އިއުލާނުކުރުމާ އެކު އަލްބޭނީޒް އެކްސްގައި ރައްދު ދެއްވައި ވިދާޅުވީ "އިޒްރޭލަށް އެތެރެވާން އަޅުގަނޑަށް ހުއްދަ ނުދިނުމަކީ ޚަބަރެއް ވެސް ނޫން" ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ 2008 އިން ފެށިގެން، އެއްވެސް ރެޕަޓުއާއަކަށް އިޒްރޭލުން ހުއްދަ ދީފައި ނުވާ ކަމަށެވެ.

ރެޕަޓުއާ ވިދާޅުވީ މިކަމަކީ ރަފަހް އަށް އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކަށް ސަމާލުކަން ގެއްލުވާލަން ކުރި ކަމަކަށް ހެދިޔަދީގެން ނުވާ ކަމަށާއި އިޒްރޭލުގެ އަނިޔާވެރިކަމުގެ ވާހަކަ ދައްކަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. -- އޭއެފްޕީ