ހަމާސް އިން ޣައްޒާގެ ލީޑަރުގެ ގޮތުގައި ބަލަމުން އައި މުހައްމަދު ސިންވާރު އިޒްރޭލުގެ ހަމަލާއެއްގައި އަވަހާރަކޮށްލި ކަމަށް އިއުލާނުކުރިތާ ތިން މަސް ފަހުން ހަމާސް އިން މިއަދު އެކަން ކަށަވަރުކޮށްދީފި އެވެ.
ހަމާސް އިން ޣައްޒާގެ ލީޑަރުގެ ގޮތުގައި ބަލަމުން އައި މުހައްމަދު ސިންވާރު އިޒްރޭލުގެ ހަމަލާއެއްގައި އަވަހާރަކޮށްލި ކަމަށް އިއުލާނުކުރިތާ ތިން މަސް ފަހުން ހަމާސް އިން މިއަދު އެކަން ކަށަވަރުކޮށްދީފި އެވެ.
ހަމާސް އިން އެކަން ކަށަވަރުކޮށްދިނީ އަސްކަރީ އަދި ސިޔާސީ ބައެއް ލީޑަރުންނާ އެކު މުހައްމަދު ސިންވާރު އިންނެވި ފޮޓޯއެއް، ކެޕްޝަނުގައި "އަސްކަރީ މަޖިލީހުގެ ޝަހީދުން" އާ އެކު އާންމުކޮށެވެ.
މުހައްމަދު ސިންވާރަކީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު އިޒްރޭލަށް ދިން ހަމަލާގެ މޭސްތިރިކަމުގެ ތުހުމަތު އިޒްރޭލުން ކުރަމުން އަންނަ ޔަހްޔާ ސިންވާރުގެ ކޮއްކޮ އެވެ. ޔަހްޔާ ސިންވާރު ވެސް ވަނީ އިޒްރޭލުން އަވަހާރަކޮށްލައިފަ އެވެ.
މުހައްމަދު ސިންވާރު، ގައްސާމް ބްރިގޭޑްސްގެ އަސްކަރީ ކައުންސިލާ އޭނާ ހަވާލުވެވަޑައިގަތީ ކުރީގެ ކޮމާންޑަރު މުހައްމަދު ދައީފް އަވަހާރަކޮށްލުމުންނެވެ.
އިޒްރޭލުން ކުރިން ބުނެފައިވާ ގޮތުގައި ޣައްޒާގެ މެދުތެރޭގެ ޚާން ޔޫނިސްގައި ހުންނަ ޔޫރަޕިއަން ހޮސްޕިޓަލްގެ ދަށުގައި ހަދާފައިވާ ޓަނަލެއްގެ ތެރެއިން މުހައްމަދު ސިންވާރުގެ ހަށިގަނޑު މިދިޔަ ޖޫން މަހުގެ ތެރޭގައި ވަނީ ފެނިފަ އެވެ. އިޒްރޭލުން އޭރު ބުނީ މުހައްމަދު ސިންވާރު އަވަހާރަކޮށްލީ މެއި މަހުގެ 13 ވަނަ ދުވަހު ކަމަށެވެ.
އިޒްރޭލުގެ މީޑިއާއިން އޭރު ބުނެފައިވާ ގޮތުގައި މުހައްމަދު ސިންވާރަށް ހަމަލާދިނީ އިޒްރޭލުގެ އިންޓެލިޖެންސުން އޭނާއަށް ފާރަލަމުން ގެންދާތާ އެތައް ދުވަހެއް ފަހުންނެވެ. އެކަމަކު ސިންވާރަށް ހަމަލާ ނުދެވެނީ އޭނާ އަބަދުވެސް އުޅެނީ އިޒްރޭލުގެ ރަހީނުން ބަންދުކޮށްގެން ގެންގުޅޭ ތަންތަނުގައި ކަމަށް ވާތީ ކަމަށް ބުނެފައިވެ އެވެ.
މުހައްމަދު ސިންވާރުގެ މަރު ކަށަވަރުކޮށްދީފައި މި ވަނީ އިޒްރޭލުގެ ހަމަލާއެއްގައި ހަމާސްގެ އަސްކަރީ ތަރުޖަމާނު ހުޒައިފާ ސާމިރު އަބްދުﷲ އަލް ކަހްލޫތު (އަބޫ އުބައިދާ) އިޒްރޭލުގެ ހަމަލާއެއްގެ އަވަހާރަކޮށްލާފައިވާ ކަމުގެ ރިޕޯޓްތައް އާންމުވެފައި ވަނިކޮށެވެ. އެކަމަކު އޭނާގެ މަރާ ބެހޭ ވާހަކަަތައް ހަމާސް އިން ވަނީ ދޮގުކޮށްފަ އެވެ.
ޣައްޒާ ސިޓީގެ 1 މިލިއަން މީހުން ނުކުންނަން އަންގައިފި
އިޒްރޭލުގެ ޑިމާންޑަކީ ހުރިހާ އަސީރުން މިނިވަންކުރުން
ހަމަލާ ހުއްޓާލުމުގެ ހުށަހެޅުމަށް ހަމާސް އެއްބަސްވެއްޖެ
ޣައްޒާގައި ކުރިމަތިލުންތައް ވަރުގަދަ، 22 މަރު
ޣައްޒާގެ އެއްބަސްވުމަށް އަނެއްކާވެސް ޓްރަމްޕުގެ އުންމީދު
އެއްބަސްވުމަކަށް ނާދެވި އިޒްރޭލާއި ހަމާސް އަރާރުމުގައި
ހަމަލާތައް ހުއްޓުމުގެ މަޝްވަރާއަށް އިޒްރޭލުގެ ޓީމެއް
ހަމަލާ ހުއްޓުމުގެ މަޝްވަރާ ވަގުތުން ފަށަން ތައްޔާރު
އިޒްރޭލުން އެހީވާ ގޭންގު ލީޑަރު އަމާންދޭން އަންގައިފި
ހަމާސްގެ ޖަވާބު އެމެރިކާއަށް ކަމަކުނުދިޔަ