ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ދެމުން ގެންދާ ހަމަލާތައް ހުއްޓުމަކަށް ގެނައުމާ ބެހޭ ގޮތުން އިޒްރޭލާއި ހަމާސް ޖަމާއަތާ ދެމެދު ކުރިއަށްދާ ނުސީދާ މަޝްވަރާތަކުން، އަންނަ ހަފްތާގައި ގޮތެއް ނިންމިދާނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އަނެއްކާވެސް ވިދާޅުވެއްޖެ އެވެ.
ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ދެމުން ގެންދާ ހަމަލާތައް ހުއްޓުމަކަށް ގެނައުމާ ބެހޭ ގޮތުން އިޒްރޭލާއި ހަމާސް ޖަމާއަތާ ދެމެދު ކުރިއަށްދާ ނުސީދާ މަޝްވަރާތަކުން، އަންނަ ހަފްތާގައި ގޮތެއް ނިންމިދާނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އަނެއްކާވެސް ވިދާޅުވެއްޖެ އެވެ.
ގަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށްވާ މަޝްވަރާތަކުގައި މަސައްކަތްކުރަނީ 60 ދުވަހަށް ހަމަލާތައް މެދުކަނޑާލުމަށް ފަހު އެ މުއްދަތުގައި ދާއިމީކޮށް ހަނގުރާމަ ހުއްޓުމަކަށް ގެނެވޭނެ އެއްބަސްވުމަކަށް ދިއުމަށެވެ. އެކަމަކު އިޒްރޭލާއި ހަމާސް އިން ދަނީ އެއްބަސްވުމަކަށް ނާދެވިގެން އުޅޭ މައްސަލައިގައި އެއްބަޔަކު އަނެއްބަޔަކަސް ތުހުމަތުކުރަމުންނެވެ.
މި ދެބަސްވުމާ އެކު މަޝްވަރާތައް މެދުކެނޑާލައިގެން ތިބި ނަމަވެސް ޓްރަމްޕު ނޫސްވެރިންނަށް ވިދާޅުވީ ވާހަކަތައް ކުރިއަށްދާ ކަމަށެވެ.
"ޣައްޒާ -- މި ގެންދަނީ ވާހަކަ ދައްކަމުން. އުންމީދަކީ އަންނަ ހަފްތާގައި، މިހާރު ހުރި މައްސަލަތައް ހައްލުކޮށް އެ ހިސާބަށް ދެވޭނެ ކަމަށް،" ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕު މި މަހުގެ ހަތަރު ވަނަ ދުވަހު ވެސް ވަނީ ޣައްޒާގެ މައްސަލައިގައި ވަރަށް އަވަހަށް އުފާވެރި ހަބަރެއް ލިބޭނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ.
މަޝްވަރާތައް ކުރިއަށްދާއިރު ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުނީ އިއްޔެ އިޒްރޭލުން ދިން އެކި ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 43 އަށް އަރާފައިވާ ކަމަށެވެ. މީގެ ތެރޭގައި ފެން ބަލައި ގޮސް ތިބި ބައެއްގެ ތެރެއަށް ހަމަލާ ދިނުމުން ޝަހީދުވި ކުޑަކުދިންތަކެއް ވެސް ހިމެނެ އެވެ. އިއްޔެގެ ހަމަލާތަކުގައި ޝަހީދުވި ކުޑަކުދިންގެ އަދަދު 8 އަށް އަރާ ކަމަށް ސިވިލް ޑިފެންސްގެ ތަރުޖަމާނު މަހްމޫދު ބައްސާލް ވިދާޅުވި އެވެ.
ޣައްޒާއަށް އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކަށް 21 މަސް ދުވަސް ވެފައި ވާއިރު މިހާތަނަށް އެ ހަމަލާތަކުގައި ޝަހީދުވި އަދަދު މިހާރު ވަނީ 58،000 އަށް ވުރެ މައްޗަށް ގޮސްފަ އެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނެވެ. އެކަމަކު އިޒްރޭލުން ބުނަމުންދަނީ ހަމަލާދެނީ ހަމާސްގެ ހަނގުރާމަވެރިންނަށް ކަމަށެވެ.
ޣައްޒާގައި ކުރިމަތިލުންތައް ވަރުގަދަ، 22 މަރު
އެއްބަސްވުމަކަށް ނާދެވި އިޒްރޭލާއި ހަމާސް އަރާރުމުގައި
ހަމަލާތައް ހުއްޓުމުގެ މަޝްވަރާއަށް އިޒްރޭލުގެ ޓީމެއް
ހަމަލާ ހުއްޓުމުގެ މަޝްވަރާ ވަގުތުން ފަށަން ތައްޔާރު
އިޒްރޭލުން އެހީވާ ގޭންގު ލީޑަރު އަމާންދޭން އަންގައިފި
ޣައްޒާގައި ހަމަލާތައް މެދުކަނޑާލަން ޓްރަމްޕު އެދެފި
ޣައްޒާގެ ހަމަލާތައް މި ހަފްތާގައި ހުއްޓުވޭނެ: ޓްރަމްޕު
ހަމާސްގެ ޖަވާބު އެމެރިކާއަށް ކަމަކުނުދިޔަ
މުޅި ޣައްޒާ އިޒްރޭލުގެ ބާރުގެ ދަށަށް ގެންދަނީ
ޣައްޒާގައި ކުޑަކުދިންނާއެކު 33 މީހަކު ޝަހީދުކޮށްލައިފި