އިޒްރޭލުން ޣައްޒާގެ މައި ސިޓީ ކަމަށްވާ ޣައްޒާ ސިޓީ ހިފަން ކުރާ މަސައްކަތުގެ ފަހު މަރުހަލާ ފަށަން ތައްޔާރުވަމުންދާ ކަމަށާއި އެހެންވެ އެތަނުގައި މިހާރު ބާކީ ތިބި ނަމަ ތިބިހާ ބަޔަކު ޣައްޒާގެ ދެކުނު ސަރަހައްދަށް ދިއުމަށް އިޒްރޭލުން މިއަދު އަންގައިފި އެވެ.
އިޒްރޭލުން ޣައްޒާގެ މައި ސިޓީ ކަމަށްވާ ޣައްޒާ ސިޓީ ހިފަން ކުރާ މަސައްކަތުގެ ފަހު މަރުހަލާ ފަށަން ތައްޔާރުވަމުންދާ ކަމަށާއި އެހެންވެ އެތަނުގައި މިހާރު ބާކީ ތިބި ނަމަ ތިބިހާ ބަޔަކު ޣައްޒާގެ ދެކުނު ސަރަހައްދަށް ދިއުމަށް އިޒްރޭލުން މިއަދު އަންގައިފި އެވެ.
އިޒްރޭލުގެ އަރަބި ތަރުޖަމާނު އަވިޗޭ އަދުރައީ އެކްސްގައި ކުރި ޕޯސްޓެއްގައި އިންޒާރު ދެމުން ބުނީ ޣައްޒާ ސިޓީގެ މިލިއަނެއްހާ ބޮޑު އާބާދީ އެއްކޮށް ހުސްކުރާނެ ކަމަށާއި އެތަނުން ނުނިކުމެ ތިބި ބަޔަކަށް ބޮޑެތި ނުރައްކާތައް ކުރިމަތިވާނެ ވަރުގަދަ ހަމަލާތަކާ ކުރިމަތިވާނެ ކަމަށެވެ.
ޣައްޒާ ސިޓީން ނުކުންނަ މީހުންނަށް ރަނގަޅު ގޮތްތައް ހަމަޖައްސާ ކަމަށް ސިފަކޮށް ތަރުޖަމާނު ބުނީ އައްސޭރި ފަށުގައި އޮންނަ އަލް މަސާވީ ސަރަހައްދަށް ދިއުމުން ބޭހާއި ކާނާ އާއި ފެނާއި އަސާސީ އެހެނިގެން ތަކެތި ވެސް ފަސޭހައިން ލިބޭނެ ކަމަށެވެ.
ޣައްޒާ ސިޓީ އަކީ ހަނގުރާމަވެރި، ނުރައްކާތެރި މައިދާނެއް ކަމަށް އިޒްރޭލުން ކަނޑައަޅާފައި ވާއިރު ތަރުޖަމާނު ބުނީ "ހަނގުރާމައިގެ މައިދާނާ ކައިރިއަށް ހިނގައްޖެ ނަމަ ނުވަތަ އެނބުރި އެ ސަރަހައްދަށް ހިނގައްޖެ ނަމަ އާންމުންގެ ފުރާނައަށް ނުރައްކާވާނެ" ކަމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މިލިއަނެއްހާ މީހުން ޣައްޒާ ސިޓީގައި އުޅޭނެ ކަމަށް ބެލެވޭއިރު އިޒްރޭލުގެ އިންޒާރުތަކާ އެކު ވެސް އަދި ދެކުނު ސަރަހައްދަށް ދިޔައީ އެންމެ 10،000 މީހުން ކަމަށެވެ.
އިޒްރޭލުން ޣައްޒާއަށް ހަމަލާދޭތާ ދެ އަހަރުވާން ގާތް ވެފައި ވާއިރު އަދިވެސް ބުނަމުންދަނީ ހަމާސް އެއްކޮށް ނައްތާލާފައި ނޫނީ ހަމަލާތައް ނުހުއްޓާނެ ކަމަށެވެ. ހަމާސްއާ ދެކޮޅަށް ކަމަށް ބުނެ ހަމަލާދެމުން ދާއިރު މިހާތަނަށް ފަލަސްތީނުން ގާތްގަނޑަކަށް 70،000 މީހުން ޝަހީދުކޮށްލާފައި ވާއިރު އޭގެ ތެރޭގައި ގިނައީ އާންމުންނެވެ.
އިޒްރޭލަށް ހަމާސް އިން އޮކްޓޫބަރު 7، 2023 ގައި ދިން ހަމަލާގައި އަސީރުގެ ގޮތުގައި ގެންގޮސްފައިވާ މީހުންގެ ތެރެއިން ބާކީ ތިބި މީހުން ފޮރުވައިގެން ގެންގުޅެނީ ޣައްޒާ ސިޓީގައި ކަމަށް އިޒްރޭލުން ގަބޫލުކުރެ އެވެ. އެހެންވެ ޣައްޒާ ސިޓީ ހިފަނީ ރަހީނުން މިނިވަންކުރުމަށާއި ހަމާސްގެ ބާރު އެންމެ ފަހުން އޮތް ސަރަހައްދަކީ އެއީ ކަމަށް ވާތީ ހަމާސް މުލުން ލުހެލަން ކަމަށް ދަނީ ބުނަމުންނެވެ.
މުހައްމަދު ސިންވާރު އަވަހާރަވިކަން ކަށަވަރުކޮށްދީފި
އިޒްރޭލުގެ ޑިމާންޑަކީ ހުރިހާ އަސީރުން މިނިވަންކުރުން
ހަމަލާ ހުއްޓާލުމުގެ ހުށަހެޅުމަށް ހަމާސް އެއްބަސްވެއްޖެ
ޣައްޒާގައި ކުރިމަތިލުންތައް ވަރުގަދަ، 22 މަރު
ޣައްޒާގެ އެއްބަސްވުމަށް އަނެއްކާވެސް ޓްރަމްޕުގެ އުންމީދު
އެއްބަސްވުމަކަށް ނާދެވި އިޒްރޭލާއި ހަމާސް އަރާރުމުގައި
ހަމަލާތައް ހުއްޓުމުގެ މަޝްވަރާއަށް އިޒްރޭލުގެ ޓީމެއް
ހަމަލާ ހުއްޓުމުގެ މަޝްވަރާ ވަގުތުން ފަށަން ތައްޔާރު
އިޒްރޭލުން އެހީވާ ގޭންގު ލީޑަރު އަމާންދޭން އަންގައިފި
ހަމާސްގެ ޖަވާބު އެމެރިކާއަށް ކަމަކުނުދިޔަ