11 ފެބުރުއަރީ 2024
ޑޭޓްކުރަން ރަނގަޅު ފިރިހެނަކު ހޯދުމަކީ މިހާރު ވަރަށް އުނދަގޫ ކަމެއް ކަމަށް ބޮލީވުޑްގެ ތަރި ކްރިތީ ޝެނޮން ބުނެފި އެވެ.
ޑޭޓްކުރަން ރަނގަޅު ފިރިހެނަކު ހޯދުމަކީ މިހާރު ވަރަށް އުނދަގޫ ކަމެއް ކަމަށް ބޮލީވުޑްގެ ތަރި ކްރިތީ ޝެނޮން ބުނެފި އެވެ.
ކްރިތީ އެގޮތަށް ބުނީ އޭނާ އާއި ޝާހިދު ކަޕޫރް ލީޑު ރޯލު ކުޅޭ ފިލްމު "ތޭރީ ބާތޯ މޭ އޭސާ އުލްޖާ ޖިޔާ"ގެ ޕްރޮމޯޝަނަށް ޒޫމް ޓީވީ އަށް ދިން އިންޓަވިއުއެއްގަ އެވެ. އެ ފިލްމުގައި ދައްކަނީ އިންސާނެއް ކަމަށް ހީކޮށް، މީހަކަށް ރޮބޮޓެއް ދެކެ ލޯބިވެވުމުން ހިނގާ ކަންތައްތަކެކެވެ.
އެ އިންޓަވިއުގައި ކްރިތީ އަށް އަމާޒުވި ސުވާލަކީ ދުވަހަކު ވެސް ރޮބޮޓަކާ އެކު އެ ކަހަލަ ގުޅުމެއް ބޭއްވިދާނެ ހެއްޔެވެ.
"ހަމަގައިމު ވެސް އިންސާނުންނަކީ ކޮމްޕްލިކޭޓެޑް ބައެއް. އެކަމަކު އަހަންނަށް އެއީ މައްސަލައެއް ނޫން. ޔަގީނަށް ވެސް ޑޭޓްކުރާނީ އިންސާނަކާ،" ހެމުންހެމުން އޭނާ ބުންޏެވެ.
"އެކަމަކު މި ދުވަސްވަރު ރަނގަޅު ފިރިހެނަކު ލިބުމަކީ ވަރަށް އުނދަގޫ ކަމެއް. އަދި ހަމަގައިމު ވެސް ރަނގަޅު މީހެއް ނުފެނެ. އެހެންވީމާ، ރޮބޮޓެއް ހޯދަންވީ ދޯ؟"
ކްރިތީ އާއި ޝާހިދުގެ އާ ފިލްމު "ތޭރީ ބާތޯ މޭ އޭސާ އުލްޖާ ޖިޔާ" ވަނީ މިދިޔަ ހުކުރު ދުވަހު ޕްރިމިއާކޮށްފަ އެވެ. އެ ފިލްމުގެ ލަވަތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު ނަމަވެސް، ބޮކްސް އޮފީހުގައި އަދި މާ ބޮޑު ކުރިއެރުމެއް ނުލިބެ އެވެ.
ވިޖޭ އާއި ރަޝްމިކާ "ސިއްރުން" މެންދުރުގެ ކެއުމަކަށް
އަހަރެން މިހާރު ސިންގަލް: އަރްޖުން
ޝްރައްދާ މީހަކާ ޑޭޓްކުރާކަން ޔަގީންކޮށްދީފި
އާދަރް ޖެއިންގެ އެންގޭޖުމަންޓް ރާއްޖޭގައި
ކްރިތީ ބައްޕައާ އެކު ޖޮއިންޓް އެކައުންޓެއް އޮވޭ
ތާރާ އާއި އަނުރޯދޭ ޑޭޓް ކުރަނީ؟
ލޯބީގެ ލަވައެއް ކުޅެފައި ޝަމީތާ އާއި ރާގޭޝް ރުޅިވެއްޖެ
ސޮނާކްޝީ އެންގޭޖްވެއްޖެ؟ ލޯބިވެރިޔާ ނުދެއްކި
ސިދާތާއި ކިއާރާ، ރުޅިއެއް ނުވޭ
އެންމެފަހުން ރަންދީޕަށް ވެސް ލޯބިވެރިއަކު ލިބިއްޖެ