Roadha Mihaaru
ކްރިތީ ބައްޕައާ އެކު ޖޮއިންޓް އެކައުންޓެއް އޮވޭ

ކްރިތީ ބައްޕައާ އެކު ޖޮއިންޓް އެކައުންޓެއް އޮވޭ

26 އޯގަސްޓް 2024

ފައިސާގެ ކަންކަމާ މެދުގައި ވިސްނަން ނުޖެހޭ ކަމަށާއި އޭނާއަށް މަސައްކަތުން ލިބޭ އާމްދަނީ ވެސް ޖަމާވަނީ ބައްޕައާ އެކު ހަދައިފައި އޮންނަ ޖޮއިންޓް އެކައުންޓަކަށް ކަމަށް ބޮލީވުޑްގެ ތަރި ކްރިތީ ސެނަން ބުނެފި އެވެ.

ފައިސާގެ ކަންކަމާ މެދުގައި ވިސްނަން ނުޖެހޭ ކަމަށާއި އޭނާއަށް މަސައްކަތުން ލިބޭ އާމްދަނީ ވެސް ޖަމާވަނީ ބައްޕައާ އެކު ހަދައިފައި އޮންނަ ޖޮއިންޓް އެކައުންޓަކަށް ކަމަށް ބޮލީވުޑްގެ ތަރި ކްރިތީ ސެނަން ބުނެފި އެވެ.

ޔޫޓިއުބް ޕޮޑްކާސްޓް "ޑަބްލިއުޓީއެފް"އަށް މިދިޔަ ހަފުތާގައި ދިން އިންޓަވިއުއެއްގައި ކްރިތީ ވަނީ އޭނާގެ އަމިއްލަ ދިރިއުޅުމުގެ ބައެއް ކަންކަން ހިއްސާކޮށްފަ އެވެ.

އޭނާއަކީ މިޑުލް ކްލާސް ފެމިލީއަކަށް ނިސްބަތްވާ މީހަކަށް ވިޔަސް، އޭނާގެ މައިންބަފައިން ދުވަހަކު ވެސް ފައިސާގެ ދަތިކަން އޭނާއަށް އިހުސާސްވިޔަ ނުދޭ ކަމަށް ކްރިތީ ބުންޏެވެ.

"އަހަރެން ބުނާނަން އަހަންނަކީ ޕްރިވިލެޖުޑް މީހެކޭ. އަހަންނަކީ މިޑުލް ކުލާސް ފެމިލީއަކުން އައި މީހެއް، އެކަމަކު ދުވަހަކު ވެސް މަސައްކަތްކޮށްގެން ރުފިޔާ ހޯދަން ޖެހޭ ކަމުގެ އިހުސާސެއް ނުވޭ. އަހަރެންގެ މައިންބަފައިން މަސައްކަތްކުރޭ، އެހެންވެ އެގޮތަށް އިހުސާސް ނުކުރެވުނީ. ފައިސާގެ ބޭނުން ޖެހިދާނެ ކަމުގެ އިހުސާސް އެމީހުން އަހަންނަށް ވިޔަ ނުދިން،" ކްރިތީ ބުންޏެވެ.

"އަހަންނަކީ އެއްއިރަކު ވެސް މާ މުއްސަނދި މީހެއް ނޫން. އެކަމަކު، ރުފިޔާ ހޯދަން މަސައްކަތް ކުރަން ޖެހެޔެކޭ ވެސް ހިތަކަށް ނާރާ. އަހަރެންގެ އޮވޭ ޖޮއިންޓް އެކައުންޓެއް ބައްޕައާ އެކު. އަހަންނަކަށް ނޭނގޭ އެޔަށް ވަންނަނީ ކިހާ ފައިސާއެއް ކަމެއް، ބޭރު ވަނީ ކިހާ ފައިސާއެއް ކަމެއް ވެސް. އެކަމަކު، މިހާރު ބައެއް ފަހަރަށް އަހާލަން ކިހާވަރެއްތޯ ހުރީ."

ކްރިތީގެ ތިން ފިލްމެއް މި އަހަރު ސިނަމާއަށް ގެންނަން އެބައޮތެވެ. އެއީ "އޭން އިމްޕޮސިބަލް ލަވް ސްޓޯރީ" އާއި "ދޯ ޕައްޓީ" އަދި "ކިލް ބިލް" އެވެ. އަދި އަންނަ އަހަރު ގެނެސްދޭ "ހައުސްފުލް 5"ގެ ރޯލެއް ވެސް އޭނާ ކުޅެ އެވެ.