ގުޅިފަޅުން ހިއްކަން ކަނޑައަޅާފައިވާ ބޮޑު ބައެއް ހިއްކާ ނިންމާލައިފި އެވެ.
29 ޖެނުއަރީ 2024
ގުޅިފަޅުން ހިއްކަން ކަނޑައަޅާފައިވާ ބޮޑު ބައެއް ހިއްކާ ނިންމާލައިފި އެވެ.
ކޮންސްޓްރަކްޝަން އަދި އިންފްރަސްޓްރަކްޗާ މިނިސްޓްރީން އިއްޔެ އެކްސްގައި ކުރި ޕޯސްޓުގައި ބުނީ ގުޅިފަޅުން ހިއްކަން ހަމަޖައްސާފައިވާ 150 ހެކްޓަރުގެ ތެރެއިން 100 ހެކްޓުގެ ބިން އިއްޔެއާ ހަމައަށް ހިއްކާ ނިންމާފައިވާ ކަމަށެވެ.
ގުޅިފަޅު ހިއްކަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށީ ސަރުކާރުން އެތަނުގައި ހަދާ ސަރަހައްދީ ބަނދަރު ނުވަތަ ޕޯޓްގެ މަސައްކަތަށެވެ. އޭގެ އިތުރުން، އެ ތަނުން މާލޭ މީހުންނަށް ވެސް ވަނީ ގޯތި ދީފަ އެވެ.
ގުޅިފަޅުގައި ހިއްކުމަށް ހަމަޖެހިފައިވާ 150 ހެކްޓަރުގެ ތެރެއިން 100 ހެކްޓަރުގެ ބިން މިއަދު ވަނީ ހިއްކާ ނިމިފައި pic.twitter.com/uzTk7pNQkj
— Ministry of Construction and Infrastructure (@MoCImv) January 28, 2024
އެ މަސައްކަތް ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކުރީ އޮކްޓޯބަރު 17، 2019 ގަ އެވެ. އެއީ ދެ ބިލިއަން ރުފިޔާ އަށް، 65 ހެކްޓަރު ހިއްކާށެވެ. ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގުޅިފަޅަށް އިތުރު 85 ހެކްޓަރު އިތުރުކޮށް، ދެ ވަނަ ފިޔަވަހިން 150 ހެކްޓަރު ހިއްކަން ނިންމަވައިފަ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ހުޅުމާލެ 2 އާއި އަލަށް ހިއްކާ ހުޅުމާލެ 3 އާއި ގުޅިފަޅާއި ގިރާވަރުފަޅުން 9،000 ގޯތި ދޭން ނިންމައިފަ އެވެ. އޭގެ ތެރެއިން ގިނަ މީހުންނަށް ރަޖިސްޓަރީ އަދި ބައެއް މީހުންނަށް ބިންތައް ވެސް އޭރު ހަވާލު ކުރި އެވެ. މެދުކެނޑުމަކަށް ފަހު މި މަހު އަނެއްކާ ވެސް ވަނީ ރަޖިސްޓަރީ ދޫކުރަން ފަށައިފަ އެވެ.
ގުޅިފަޅު ގޯތިތައް ހަވާލުކުރަން ފަށައިފި
ގުޅިފަޅުގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކަށް
ގުޅިފަޅު ހިއްކަން ބޭނުންވާ ފައިސާ އަދިވެސް ހަމަނުޖެހޭ
ހަތަރު ލޭނާ އެކު، "ސްޓްރެސް" އަށް ވެސް ލުޔެއް
ބޮޑުތަކުރުފާނު މަގު ހަތަރު ލޭނަކަށް ބަދަލުކުރަނީ
ހިތާދޫގެ ބިން ހިއްކުން އެމްޓީސީސީއާ ހަވާލުކޮށްފި
ކެންދޫގެ ބަނދަރު ހެދުމާއި ބިން ހިއްކުން އެމްޓީސީސީއަށް
ގޯތި ލިބުނަސް ފްލެޓް ލިސްޓުން އުނި ނުކުރަން ނިންމައިފި
ފްލެޓު އެގްރިމެންޓުގައި ސޮއިކުރަން އަންގާނީ ޕޯޓަލް އިން
ގިރާވަރާއި ހުޅުމާލެ3 ހިއްކާ އެގްރިމެންޓު ބާތިލްކުރަނީ