23 ޖެނުއަރީ 2024
އިންޑިއާގެ ކަންބޮޑުވުމާ ހެދި ސްރީ ލަންކާ ސަރަހައްދަށް ނުވެއްވި ޗައިނާގެ ސާވޭ އުޅަނދު "ޝިއަންގް ޔަންގް ހޮންގް 3" ރާއްޖެއާ ދިމާލަށް ދަތުރުކުރަމުން ދާތީ އިންޑިއާއިން ބަލަން ފަށައިފި އެވެ.
އިންޑިއާގެ ކަންބޮޑުވުމާ ހެދި ސްރީ ލަންކާ ސަރަހައްދަށް ނުވެއްވި ޗައިނާގެ ސާވޭ އުޅަނދު "ޝިއަންގް ޔަންގް ހޮންގް 3" ރާއްޖެއާ ދިމާލަށް ދަތުރުކުރަމުން ދާތީ އިންޑިއާއިން ބަލަން ފަށައިފި އެވެ.
ޗައިނާގެ މި އުޅަނދަކީ އަސްކަރީ އުޅަނދެއް ނޫން ނަމަވެސް އިންޑިއާ އާއި އެހެން ބައެއް ގައުމުތަކުން ބުނަނީ މިފަދަ އުޅަނދުތަކުން އެއްކުރާ މައުލޫމާތު މަދަނީ އަދި އަސްކަރީ ކަންކަމަށް ބޭނުންކުރެވޭނެ ކަމަށެވެ. އެހެންވެ މި މަހުގެ ކުރީކޮޅު މި އުޅަނދު ލަންކާގެ ހަމްބަންޓޯޓާ ބަނދަރަށް ކައިރި ކުރަން އުޅުމުން އިންޑިއާއިން ވަރަށް ބޮޑަށް ދެކޮޅު ހެދުމުން ލަންކާއިން ވަނީ ޗައިނާގެ ރިސާޗް އުޅަނދުތައް ލަންކާގެ އިގްތިސާދީ ސަރަހައްދަށް ވަނުން ވެސް އެއް އަހަރަށް މަނާކޮށްފަ އެވެ.
މިއީ އިންޑިއާގެ ސަލާމަތަށް ނުރައްކާވެދާނެ އެއްވެސް ކަމެއް ނުކުރުމަށް ޖުލައި 21، 2023 ގައި ލަންކާގެ ރައީސް ރަނިލް ވިކްރެމަސިންހަ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބައްދަލުވުމުގައި ލަންކާއިން ދީފައިވާ ޔަގީންކަމުގެ މައްޗަށް ނިންމި ގޮތެއް ކަމަށް އިންޑިއާގެ އޮފިޝަލުން ވިދާޅުވެފައިވެ އެވެ.
މި އުޅަނދު ރާއްޖެއާ ދިމާލަށް މިހާރު ދަތުރުކުރާ ކަމަށް މެރިން ޓްރެފިކްގެ މައުލޫމާތުތައް ހާމަކުރާ ވެބްސައިޓްތަކުން ދައްކާއިރު އިންޑިއާގެ އަސްކަރީ ބައެއް އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސް އިން ވެސް ބުނެފައިވަނީ އުޅަނދުގެ މިސްރާބު ހުރީ ރާއްޖެއަށް ކަމަށެވެ. އެކަމަކު ރާއްޖޭގެ ކަމާބެހޭ އެއްވެސް އިދާރާއަކުން މިކަމާ ބެހޭ ގޮތުން އަދި އެއްވެސް މައުލޫމާތެއް ނުލިބެ އެވެ.
އިންޑިއާގެ އަސްކަރީ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސް އިން ބުނީ ފުން ކަނޑުގައި ސާވޭތައް ހަދާ އުޅަނދުގެ މިސްރާބު ރާއްޖެއާ ދިމާލަށް ހުރުމުން އެކަން އިންޑިއާއިން ގާތުން ބަލައި މޮނިޓަކުރަމުން އަންނަ ކަމަށެވެ.
މި އުޅަނދު މީގެ 17 ގަޑިއިރު އިރު ކުރިން އޮތް ކަމަށް ދައްކަނީ އިންޑޮނީޝިއާގެ ބަނދަރެއްގަ އެވެ. ގަޑިއަކު 10.3 ނޯޓިކަލް މޭލު ބާރުމިނުގައި ދަތުރުކުރާ އުޅަނދު ރާއްޖޭގައި ބަނދަރުކުރާނެ ކަމަށް ލަފާކޮށްފައި ވަނީ އަންނަ މަހުގެ 8 ވަނަ ދުވަހު އެވެ. މިއީ މީގެ 8 އަހަރު ކުރިން ބަނދެފައިވާ، 99.8 މީޓަރު ދިގު، 17.8 މީޓަރު ފުޅާމިން ހުންނަ އުޅަނދެކެވެ.
ސްރީ ލަންކާ އަށް މީގެ ކުރިން ވެސް ޗައިނާގެ ރިސާޗް އުޅަނދުތައް ވަދެފައިވެ އެވެ. އެކަމަކު އިންޑިއާއިން ޝަކުވާކުރުމުން 2022 އިން ފެށިގެން އަދި ޗައިނާގެ މިފަދަ އުޅަނދެއް ވަނުމުގެ ހުއްދަ ލަންކާއަކުން ނުދެ އެވެ.
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި
"ގައުމުތަކުން އެހީވަނީ ރިފޯމް އެޖެންޑާ ހަރުދަނާ ވީމާ"
އިންޑިއާ/ޗައިނާގެ މުދަލަށް ރުފިޔާ ދެއްކޭ ގޮތް ހަދަނީ
ރާއްޖެއަށް ފައިދާ އޮތީ ސަރަހައްދީ ވާދަވެރިކަން އޮވެގެން
ނަޝީދަށް އިންޑިއާގެ ސިފައިން ގޯހެއް ނުވި!
"ރާއްޖެ ކުޑަވުމަކީ ބުލީއަށް ލިބޭ ލައިސަންސެއް ނޫން"
ޗައިނާ-އިންޑިއާ ގަދަހިފުމުގައި ފިތޭކަށް ބޭނުމެއް ނޫން
އިންޑިއާ-ޗައިނާގެ ވާދަވެރިކަމުގެ ގޮންޖެހުން ރާއްޖެ އަށް
ޗައިނާ އޮތީ އޮތް ތަނުގައި، ގާތްވީ އިންޑިއާ: ޔާމީން
ޗައިނާ ނުވަތަ ލަންކާގެ ކޮންސިއުލޭޓެއް ހުޅުވޭތޯ ބަލަނީ