22 ޖެނުއަރީ 2024
މާލެ ސިޓީ ކައުންސިލްގެ ހުސްވެފައިވާ މެދުހެންވޭރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި އިންތިހާބުވި އަހްމަދު ރިޝްވާން މިއަދު ޕީއެންސީއަށް ސޮއިކުރައްވައިފި އެވެ.
މާލެ ސިޓީ ކައުންސިލްގެ ހުސްވެފައިވާ މެދުހެންވޭރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި އިންތިހާބުވި އަހްމަދު ރިޝްވާން މިއަދު ޕީއެންސީއަށް ސޮއިކުރައްވައިފި އެވެ.
މި މަހު 13 ގައި ބޭއްވި ބައި އިލެކްޝަންގައި އިންތިހާބުކުރި މެންބަރުންނާއި މޭޔަރު ހުވާުކުރެއްވުން މިރެޔަށް ތާވަލްކޮށްފައި ވަނިކޮށް ރިޝްވާން ޕީއެންސީ އަށް ސޮއިކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިއަދު ވަނީ ފޯމު ހަވާލުކުރައްވައިގަ އެވެ.
މާލެ ސިޓީ ކައުންސިލުން ހުސްވި ހަތަރު ގޮނޑީގެ ތެރެއިން ދެ ގޮނޑި ސަރުކާރުގެ މައި ޕާޓީ ޕީއެންސީއަށް އަދި އަނެއް ދެ ގޮނޑި އިދިކޮޅު އެމްޑީޕީން ބައި އިލެކްޝަންގައި ކާމިޔާބުކުރި އެވެ.
އެމްޑީޕީން އާދަމް އާޒިމް ކާމިޔާބު ކުރެއްވީ މާލޭގެ މޭޔަރު ކަމުގެ ގޮނޑި އާއި މެދުހެންވޭރު ދާއިރާގެ ގޮނޑި އެވެ. މާފަންނު ދެކުނާއި ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލް ގޮނޑި ކާމިޔާބު ކުރީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުންނެވެ.
Male' City Council in husavefaivaa Medhu Henveyru Dhaaira ah MDP ticket gai inthikhaab vevadaigennevi council member Ahmed Rishwan miadhu vanee PNC aa gulhivadaigenfa
— Progressive Party of Maldives (@ProgressPartyMV) January 22, 2024
Mar'habaa PNC Raees @MMuizzu
Mar'habaa Coucillor Rishwan pic.twitter.com/VcGrcejyxA
އާ މޭޔަރާއި މެންބަރުން ހުވާކުރެއްވުން އޮންނާނީ މިރޭ 8:30 ގައި ދަރުބާރުގޭގަ އެވެ.
މާލެ ސިޓީ ކައުންސިލްގައި 19 މެންމްބަރުން ތިއްބަވާއިރު، މި މަހު ވަނީ ކައުންސިލްގައި ތިބި މެމްބަރުންގެ ތެރެއިން އެމްޑީޕީގެ މެމްބަރަކާއި ޑިމޮކްރެޓްސްގެ މެމްބަރެއް ވެސް ޕީއެންސީއާ ގުޅިފަ އެވެ. އެއާ އެކު ކައުންސިލްގައި ތިބި ސަރުކާރުގެ ކޯލިޝަނަށް ނިސްބަތްވާ މެމްބަރުންގެ އަދަދު 13 އަަށް މިހާރު ވަނީ އިތުރުވެފަ އެވެ.
ޔަގީންކަން ދިނަސް ކޯޅުމެއް ނެތި ހިދުމަތް ދެވިދާނެތަ؟
ހިތްހަމަނުޖެހުނަސް އެމްޑީޕީއަށް ތާއީދު ނުކުރަން އެދިއްޖެ
ސަފީރަކު އެދޭގޮތަށް ހިންގަން ފުރުސަތުނުދީ: ރައީސް
"އަނިޔާވެރިއެއް ނުވާނަން، އެކަމަކު އިންސާފުވެރިވާނަން"
މެޖޯރިޓީ ހޯދަން އެދޭތީ ރައީސްގެ ސުވާލެއް އެމްޑީޕީއަށް!
އަދުރޭގެ ހިސާބަކީ ސަމާސާއެއް ނޫން، ސިޔާސީ ހަގީގަތް
ޕީއެންސީން މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދައިފި
ޔާމީން މިނިވަންވާނެ ކަމަށް އުއްމީދުކުރަން: ރައީސް
"ސުޕަ މެޖޯރިޓީ އޮވެގެން އެއްވެސް ކަމެއް ނުވި"
"މާލެއާ އެއްފެންވަރަށް އައްޑުތަރައްގީކުރަން ބޭނުން"