Roadha Mihaaru
މެޖޯރިޓީ ހޯދަން އެދޭތީ ރައީސްގެ ސުވާލެއް އެމްޑީޕީއަށް!

ރައީސްގެ ސުވާލެއް އެމްޑީޕީއަށް: މެޖޯރިޓީ ލިބިގެން ފްލެޓު ދެވޭނަމަ މިހާރު އެކަން ނުކުރަނީ ކީއްވެ؟

24 މާޗް 2024

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިގެން މާލެ ރައްޔިތުންނަށް ބޯހިޔާވެހިކަން ކަށަވަރު ކޮށްދެވޭ ނަމަ މިހާރާއި މިދިޔަ ފަސް އަހަރު އެކަން ނުވެ އޮތީ ކީއްވެގެންތޯ ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒު އިދިކޮޅު އެމްޑީޕީ އަށް ރޭ ސުވާލެއް އަމާޒު ކުރައްވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އަންނަ މަހުގެ 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ތ. ވިލުފުށީ ދާއިރާ އަށް ޕީއެންސީގެ ޓިކެޓުގައި ނުކުންނަވާފައިވާ ކެންޑިޑޭޓު ހަސަން ވަހީދުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ހުޅުމާލޭގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދޫކޮށްފައިވާ ފްލެޓާއި ގޯތިތައް ހޯދުމަށް އެމްޑީޕީ އަށް މަޖިލީހުގެ މެޖޯރިޓީ ހޯދައި ދިނުމަށް އެ ޕާޓީން ބުނަމުންދާ ކަމަށެވެ.

ނަމަވެސް މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮވެގެން މިދިޔަ ފަސް އަހަރާއި މި ސަރުކާރު އައި ފަހުން ވީ ހަތަރު މަސް ތެރޭގައި އެކަން އެމްޑީޕީން ނުކުރީ ކީއްވެގެންތޯ ރައީސް މުއިއްޒު ސުވާލު ކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި އަދިވެސް ބޮޑު މެޖޯރިޓީއެއް އޮންނަނީ މިހާރުގެ އިދިކޮޅު ޕާޓީ އެމްޑީޕީ އަތުގަ އެވެ.

"އެހާ އިހުލާސްތެރި ނަމަ އިންތިހާބަކުން އަނެއްކާ މެޖޯރިޓީ ހަވާލުވީމަތޯ އެކަންތައް ކުރެވެން އަންނަނީ. އެއްގޮތަކަށް ވެސް އިހުލާސްތެރި ކަމާ އެކީ ދެއްކެވޭ ވާހަކައެއް ނޫން،" ރައީސް ވިދާޅުވި އެވެ.

ޕީއެންސީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް ނުކުންނަވާފައިވާ ވިލުފުށި ދާއިރާގެ ކެންޑިޑޭޓު ހަސަން ވަހީދުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ރޭ ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތަށް ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

އެ މަނިކުފާނު ވިދާޅުވި ގޮތުގައި މި ސަރުކާރުން އަންނަނީ ރިޔާސީ ކެމްޕެއިންގެ ތެރޭގައި ވައުދުވި ގޮތަށް ހުރިހާ ކަމެއް ފުއްދަމުންނެވެ.

އޭރު ގޯތި ދޫކޮށްފައި ހުރި އެއްވެސް ތަނަކުން ބަދަލު ނުކޮށް ގޯތި ދޭން ވައުދުވެވަޑައިގެންފައިވާ ކަމަށާއި މި ސަރުކާރުން އަމަލު ކުރާނީ ވެސް އެގޮތަށް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މި ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެކަށީގެންވާ ބޯހިޔާވެހިކަމެއް ލިބުމަކީ އެ މަނިކުފާނު އެދިވަޑައިގަންނަވާ ގޮތެވެ.

ކުރީ ސަރުކާރުން ދޫކޮށްފައިވާ ފްލެޓުތަކުގެ މައްސަލައިގައި މިނިވަން މުއައްސަސާއަކުން ތަހުގީގެއް ފަށާފައިވާތީ އެކަން ރަނގަޅަށް ކައިރިން ބަލަން ހައުސިން މިނިސްޓްރީ އަށް ދަންނަވާފައިވާނެ ކަމަށާއި އެއްވެސް ރައްޔިތެއްގެ ނަން ލިސްޓުން އުނިވުމަކީ އެމަނިކުފާނު ބޭނުންފުޅުވާ ގޮތެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.

ޕީއެންސީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް ނުކުންނަވާފައިވާ ވިލުފުށި ދާއިރާގެ ކެންޑިޑޭޓު ހަސަން ވަހީދުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ރޭ ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތަށް ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

"އަޅުގަނޑު ބޭނުމެއް ނޫން އެއްވެސް ބޭފުޅެއް [ލިސްޓުން] އުނިވާކަށް. އިރާދަ ކުރެއްވިއްޔާ މި ބުރު ނުލިބޭ މީހެއް ހުރި ނަމަ ދެން އެންމެ އަވަހަށް ހިންގާ މަޝްރޫއަކުން ފްލެޓު ދޭނަން. މާލެ ސަރަހައްދުން މާލޭގެ ހުރިހާ ރައްޔިތުންނަށް ފްލެޓާއި ގޯތި ދޭނަން. އަދި މާލޭ ދިރިއުޅޭ ރައްޔިތުންނަށް ވެސް ބޯހިޔާވެހިކަން ހަމަޖައްސައި ދޭނަން،" ރައީސް ވިދާޅުވި އެވެ.

ކުރީ ސަރުކާރުން ފްލެޓް ދީފައިވާ ގޮތް ތަހުގީގު ކުރުމަށް ފަހު، ބައެއް ފްލެޓުތައް ގަވައިދާ ހިލާފަށް ދޫކޮށްފައިވާ ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ. އެ މައްސަލާގައި އިދިކޮޅު އެމްޑީޕީން އަންނަނީ ސަރުކާރާއި އެ ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.