Roadha Mihaaru
"ރައީސްގެ ތަސައްވުރަކީ ޓްރޭޑް ޑެފިސިޓު ހައްލުކުރުން"

ރައީސްގެ ތަސައްވުރަކީ ކާގޯ ޓާމިނަލް އަދިވެސް ބޮޑުކޮށް، އިމްޕޯޓު/ އެކްސްޕޯޓުގެ ފަރަގު ހައްލުކުރުން: ސައީދު

15 ޖެނުއަރީ 2024

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ހުޅުވި ކާގޯ ޓާމިނަލް އަދިވެސް ބޮޑުކޮށް، ރާއްޖޭގައި އެކްސްޕޯޓަށް ވުރެން އެތައް ގުނައަކުން އިތުރު އިމްޕޯޓްގެ ފަރަގަށް ހައްލެއް ގެނައުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހާމަކުރައްވައިފި އެވެ.

ވެލާނާ އެއާޕޯޓުގައި ތަރައްގީކުރި އާ ކާގޯ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވި ގޮތުގައި ކުރިން އަހަރަކު 50،000 ޓަނުން މިއަދު 120،000 ޓަނުގެ މުދާ ހޭންޑަލް ކުރެވޭ ގޮތަށް އެ ޓާމިނަލް ފުޅާކުރުމަކީ ފެށުމެކެވެ.

"ރައީސްގެ ވިޝަންއަކީ މިހާރުން މިހާރަށް މަސައްކަތް ފައްޓަވައި 300،000 ޓަނަށް މި އަދަދު ބޮޑު ކުރުން. ހަމައެކަނި ފިޒިކަލް އިންފްރާސްޓްރަކްޗަރެއް ނޫން. މިތަނަށް އެއާ ކާގޯ އަަންނާނެ މަގު ފަހި ކުރުމަކީ އަޅުގަނޑުމެން އެކުއެކީގައި ކުރަންޖެހޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.

އެކަމަށްޓަކައި ސައީދު ވިދާޅުވި ގޮތުގައި މި ސަރަހައްދުގެ އެންމެ ބޮޑު ކާގޯ އެއާޕޯޓު އިކޮނޮމިކް ޒޯނުން މިހާރު ވެސް ރާއްޖެއާ އެކު ކުރިއަށްދާން ބޭނުންވާ ގޮތުގެ މަގުޗާޓެއް ވަނީ ފޮނުވައިފަ އެވެ.

"އެއީ މި ސަރަހައްދުގެ އެންމެ ބޮޑު ކާގޯ އެއާ ނެޓްވޯކު ކަން އަޅުގަނޑު ފާހަގަކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

ރީއެސްޕޯޓަށް ހާއްސަކޮށްގެން ސަރުކާރުން ދާދި ފަހުން އުފެއްދި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯން ކުންފުންޏަށް އިޝާރާތް ކުރައްވައި، ސައީދު ވިދާޅުވީ އެ ކުންފުނި އުފައްދައި އެ ކުންފުންޏަށް ހާއްސަ އިގުތިސޯދީ ސަރަހައްދެއް ކަނޑައެޅުމާ އެކު މިހާރު ވެސް ބޭރުގެ އެކި ފަރާތްތަކުން ޝައުގުވެރިކަން ލިބެމުން އަންނަ ކަމަށެވެ.

އާ ކާގޯ ޓާމިނަލް ހުޅުވައިދެއްވުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ތަން ބައްލަވާލަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އާ ކާގޯ ޓާމިނަލް ހުޅުވައިދެއްވުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ތަން ބައްލަވާލަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"...މިނިވަން ވިޔަފާރީގެ ބޮޑު ބާޒާރެއްގައި އަޅުގަނޑުމެންނަށް އިފެކްޓިވްލީ ބައިވެރިވެވި، މިހާ މޮޑާން ކާގޯ ފެސިލިޓީއެއް 300،000 ޓަނަށް ބޮޑުކުރެވޭ ކުރުމަކީ ރާއްޖޭގެ ޓްރޭޑް އިމްބެލެންސް، 3.48 ބިލިއަން ރުފިޔާގެ އިމްޕޯޓު، 300 މިލިއަން ރުފިޔާގެ އެކްސްޕޯޓު، މިއޮތް ގެޕަށް ހައްލެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާއަކަށް ނިންމެވޭނެ އެންމެ ޕްރެކްޓިކަލް އަދި ވިޝަނަރީ ނިންމެވުން،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރާއްޖޭގެ ޖީޑީޕީ ހަ ބިލިއަނުން 12 ބިލިއަނަށް އިތުރުކުރަން ރައީސް މުއިއްޒު ގެންގުޅުއްވާ ތަސައްވުރު، މި މަސައްކަތްތަކުން ހާސިލުކުރެވޭނެ އެވެ.