Roadha Mihaaru
ރާއްޖޭގައި އިންފުލުއެންޒާ ފެތުރެނީ!

ރާއްޖޭގައި އިންފުލުއެންޒާ ފެތުރެނީ، ތިން ޒުވާނަކު ވެންޓިލޭޓަރުގައި!

14 ޖެނުއަރީ 2024

ރާއްޖޭގައި މި ދުވަސްވަރު އިންފުލުއެންޒާ ވައިރަސް ފެތުރެމުންދާ ކަމަށާއި އެ ބަލީގައި ތިން ޒުވާނަކު މިވަގުތު ވެސް ވެންޓިލޭޓަރުގައި އެބައޮތް ކަމަށް ރާއްޖޭގެ އެތެރެހަށީގެ ޑޮކްޓަރު، ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރާއްޖޭގައި މި ދުވަސްވަރު އިންފުލުއެންޒާ ވައިރަސް ފެތުރެމުންދާ ކަމަށާއި އެ ބަލީގައި ތިން ޒުވާނަކު މިވަގުތު ވެސް ވެންޓިލޭޓަރުގައި އެބައޮތް ކަމަށް ރާއްޖޭގެ އެތެރެހަށީގެ ޑޮކްޓަރު، ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެ އެވެ.

ފޭސްބުކްގައި އޭނާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިދިޔަ ދެ ތިން ހަފުތާ އިން ފެށިގެން އިންފުލުއެންޒާ ރާއްޖޭގައި ފެތުރެމުންދާ ކަމަށާއި އެ ބަލީގައި ތިން މީހަކު ވެންޓިލޭޓަރުގައި އޮތީ ނިއުމޯނިއާ ޖެހިގެން ކަމަށެވެ.

ޑޮކްޓަރު ވިދާޅުވި ގޮތުގައި މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި އެ ބަލީގައި ޒުވާނަކު ވެސް ވަނީ ނިޔާވެފަ އެވެ.

އެ ބަލީގެ އައުޓްބްރޭކެއް އަތުވެދާނެ ކަމަށް ނުބެލެވުނަސް ބަލީގައި ބޮޑުވަރު ވުމުން ރައްކާތެރިވުމަށް އިންފުލުއެންޒާ ވެކްސިން ޖެހޭނެ ކަމަށް ޑރ. މުހައްމަދު އަލީ ވިދާޅުވި އެވެ. އެފަދަ ސީޒަނަލް ވެކްސިންތައް އާސަންދަ ސްކީމުގެ ދަށުން އާންމުންނަށް ލިބުމަކީ ކުރައްވާ އުއްމީދެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިންފުލުއެންޒާ ވެކްސިނަކީ ފްލޫ އާއި ނިއުމޯނިއާ އާއި ހިތުގެ މައްސަލަ އާއި ކަންފަތާއި ސައިނަސްގެ އިންފެކްޝަނުން ރައްކާތެރިކޮށްދޭ ވެކްސިނެކެވެ. އެ ވެކްސިން އުމުރުން ނުވަ އަހަރުން ދަށުގެ ކުދިންނަށް ދެ ޑޯޒް އަދި އެ އަށް ވުރެ އުމުރުން ދޮށީ ނަމަ އެއް ޑޯޒް ދޭން ޖެހެ އެވެ.