Roadha Mihaaru
އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރަކަށް ޝަހުނީޒާ

އިސްލާމިކް ޔުނިވަސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރަކަށް ޑރ. ޝަހުނީޒާ

13 ފެބުރުއަރީ 2017

އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ޑެޕިއުޓީ ވައިސް ޗާންސެލަރަކަށް ޑރ. މަރިޔަމް ޝަހުނީޒާ ނަސީރު، ރައީސް އަބްދުﷲ ޔާމީން މިއަދު އައްޔަން ކުރައްވައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ޑެޕިއުޓީ ވައިސް ޗާންސެލަރަކަށް ޑރ. މަރިޔަމް ޝަހުނީޒާ ނަސީރު، ރައީސް އަބްދުﷲ ޔާމީން މިއަދު އައްޔަން ކުރައްވައިފި އެވެ.

ހއ. ދިއްދު އަށް އުފަން ޝަހުނީޒާ، އިސްލާމިކް ޔުނިވަސިޓީގައި ބަލަހައްޓާނީ ރިސާޗް އެންޑް އިނޮވޭޝަންގެ ދާއިރާ އެވެ.

އެމެރިކާގެ ވޯލްޑަން ޔުނިވަސިޓީން މިދިޔަ އަހަރު ޕީއެޗްޑީީ ހައްދަވާފަައިވާ ޝަހުނީޒާ ކުރިން މަސައްކަތް ކުރެއްވީ، އިސްލާމިކް ޔުނިވަސިޓީގެ ކޯސްތަކުގެ ކަރިއުލަމް ތައްޔާރު ކުރުމާއި އައުޓްލައިން ހެދުމަށް، ކަރިކިއުލަމް އިންސްޓްރަކްޓަރެއްގެ ގޮތުގަ އެވެ.

އޭނާ ކިޔަވައި ވިދާޅުވީ ވެސް އެ ދާއިރާއިންނެވެ. ޝަހުނީޒާ އިސްލާމިކް ޔުނިވަސިޓީގައި މަސައްކަތް ކުރައްވާތާ ދެ އަހަރު ވެއްޖެ އެވެ.