މެކްޑޮނަލްޑްސް އިން އިޒްރޭލަށް ތާއީދުކުރާ ކަމަށް ބުނެ އެތަން ބޮއިކޮޓްކުރުމަށް ގޮވާލި ފަލަސްތީނަށް ތާއީދުކުރާ ޖަމާއަތަކުން ގެއްލުމުގެ ބަދަލުގައި 1.3 މިލިއަން ޑޮލަރު ހޯދަން މެލޭޝިއާގެ މެކްޑޮނަލްޑްސް އިން ދައުވާކޮށްފި އެވެ.
މެކްޑޮނަލްޑްސް އިން އިޒްރޭލަށް ތާއީދުކުރާ ކަމަށް ބުނެ އެތަން ބޮއިކޮޓްކުރުމަށް ގޮވާލި ފަލަސްތީނަށް ތާއީދުކުރާ ޖަމާއަތަކުން ގެއްލުމުގެ ބަދަލުގައި 1.3 މިލިއަން ޑޮލަރު ހޯދަން މެލޭޝިއާގެ މެކްޑޮނަލްޑްސް އިން ދައުވާކޮށްފި އެވެ.
ހުކުރު ދުވަހު މެކްޑޮނަލްޑްސް އިން ނެރުނު ބަޔާނެއްގައި ބުނީ ބީޑީއެސް މެލޭޝިއާއާ ދެކޮޅަށް މަދަނީ ދައުވާކުރީ ގާނޫނީ ހަމަތަކުގެ ތެރެއިން ހައްގުތައް ހިމާޔަތްކުރުމަށް ކަމަށެވެ.
މެކްޑޮނަލްޑްސް އިން ބުނީ މެދުއިރުމަތީގައި ހިނގާ ހަމަނުޖެހުންތަކަށް އެ ކުންފުނިން ތާއީދު ނުކުރާ ކަމަށެވެ. އަދި އެ ހަމަނުޖެހުންތަކީ މެކްޑޮނަލްސްއިން ކަންބޮޑުނުވާ ކަންތައްތަކެއް ނޫން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
"މީހަކު އަމިއްލައަށް ބޭނުންވެގެން ކުރާ ބޮއިކޮޓަކީ މި ކުންފުނިން އެ ނިންމުމަކަށް އިހުތިރާމްކުރާ ކަމަކެވެ. އެކަމަކު އެކަން ބިނާވާން ވާނީ ހީއެއްގެ މައްޗަށް ނޫން ކަމަށާއި ހަގީގަތުގެ މައްޗަށް ކަމަށް ދެކެމެވެ." ބަޔާނުގައިވެ އެވެ.
ދައުވާގެ ކޮޕީއެއް އޭއެފްޕީއަށް ލިބިފައި ވާއިރު އޭގައި އެދިފައިވަނީ ބޮއިކޮޓްކުރަން ގޮވާލުމުން މެކްޑޮނަލްޑްސް މެލޭޝިއާއަށް ލިބުނު ގެއްލުމުގެ ބަދަލުގައި 1.3 މިލިއަން ޑޮލަރު ނަގައިދިނުމަށެވެ.
ދައުވާކުރާތީ އެކަމާ ގުޅިގެން ބީޑީއެސް މެލޭޝިއާ އިން ސޯޝަލް މީޑިއާގައި ބުނެފައިވަނީ ދައުވާއާ ކަނޑައެޅިގެން އިންކާރުކުރާ ކަމަށާއި ބީޑީއެސް މެލޭޝިއާ އަކީ ފަލަސްތީނުގެ މަދަނީ ޖަމިއްޔާއަކުން 2005 ވަނަ އަހަރު، އިޒްރޭލަށް ދަތިކުރުމާއި ބޮއިކޮޓްކުރުން ފަދަ ކަންކަމަށް ޕްރޮމޯޓްކުރުމަށް ފެށި ހަރަކާތެއްގެ ބައިވެރިއެއް ކަމަށެވެ. މިއީ އިޒްރޭލަށް ސިޔާސީ ގޮތުންނާއި އިގްތިސާދީ ގޮތުން ދަތިކުރުމަށް ހިންގާ ކެމްޕެއިނެކެވެ.
މިފަހަރު އިޒްރޭލުން ފަލަސްތީނަށް ހަމަލާދޭން ފެށުމާ އެކު ބީޑީއެސް މެލޭޝިއާއިން ވަނީ މެކްޑޮނަލްޑްސް އާއި ކޭއެފްސީ އާއި ޒާރާ ފަދަ ބްރޭންޑްތައް ބޮއިކޮޓްކުރުމަށް ގޮވާލުން އިތުރުކޮށްފަ އެވެ. -- އޭއެފްޕީ
ހަމަލާ އަމާޒުވި ހަމާސްގެ ލީޑަރަކު އަލްޖަޒީރާއަށް
ނަތަންޔާހޫ ބުނަނީ ގަތަރުން ހަމާސްއަށް ފަންޑުކުރާ ކަމަށް
ސުލްހަޔަށް އޮތް ހުރަހަކީ ނަތަންޔާހޫ: އަސީރުންގެ ފޯރަމް
ގަތަރުގެ ވެރިރަށް ދޯހާ އަށް އިޒްރޭލުން ހަމަލާދީފި
ޣައްޒާ ސިޓީގެ 1 މިލިއަން މީހުން ނުކުންނަން އަންގައިފި
އަބޫ އުބައިދާ އަވަހާރަކޮށްލި ކަމަށް އިޒްރޭލުން ބުނެފި
މުހައްމަދު ސިންވާރު އަވަހާރަވިކަން ކަށަވަރުކޮށްދީފި
ހަމާސްގެ ތަރުޖަމާނު އަބޫ އުބައިދާ "އަވަހާރަކޮށްލައިފި"
އިޒްރޭލުގެ ޑިމާންޑަކީ ހުރިހާ އަސީރުން މިނިވަންކުރުން
ހަމަލާ ހުއްޓާލުމުގެ ހުށަހެޅުމަށް ހަމާސް އެއްބަސްވެއްޖެ