އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އަށް އިތުރަށް އާމްދަނީ ހޯދުމަށް ހުޅުމާލޭގައި ވަގުފް ބިލްޑިންގެއް އަޅަން ނިންމައިފި އެވެ.
12 ފެބުރުއަރީ 2017
އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އަށް އިތުރަށް އާމްދަނީ ހޯދުމަށް ހުޅުމާލޭގައި ވަގުފް ބިލްޑިންގެއް އަޅަން ނިންމައިފި އެވެ.
މިއަހަރުގެ ތެރޭގައި އެ މަސައްކަތް ފަށާނެ ކަމަށް އެ ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
އައިޔޫއެމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ޔުނިވަސިޓީގެ ޗާންސެލަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ވަގުފު ބިންޑިންގްގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށާނެ ކަމަށެވެ. އަދި އަންނަ އަހަރުގެ ތެރޭގައި އެ މަސައްކަތް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. މި އިމާރާތް އަޅަނީ އިސްލާމިކް ޔުނިވަސިޓީގެ ޑިވެލޮޕްމަންޓް ފަންޑުންނެވެ. ނަމަވެސް އެކަމަށް ހަރަދުވާނެ ފައިސާގެ އަދަދެއް އަދި ހާމައެއް ނުކުރެ އެވެ.
ޝަހީމް ވިދާޅުވި ގޮތުގައި، ވަގުފު ބިލްޑިންގް އެޅުމަށް ބިން ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިދިޔަ ހަފުތާގައި ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އެކަމުގެ އިތުރު ތަފުސީލެއް ޝަހީމް ނުދެއްވަ އެވެ.
ވަގުފު ބިލްޑިންގް ކުއްޔަށް ދީގެން ލިބޭ އާމްދަނީން، އިސްލާމިކް ޔުނިވަސިޓީ އާއި ދަރިވަރުންގެ ތަރައްގީ އަދި ކިޔެވުން އިތުރަށް ހަރުދަނާކުރަން މަސައްކަތްތަތަކެއް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ސްކޮލަޝިޕްގެ ފުރުސަތުތައް ވެސް ހުޅުވާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މައުހަދުގެ ދުވަސްވަރުން ފެށިގެން ވެސް، ކޮލެޖު ދުވަސްވަރުން ފެށިގެން ވެސް ދައުލަތުގެ ބަޖެޓަށް ބަރޯސާ ވެގެން މިތަން މި ކުރިއަށް ދަނީ. އެއީ އަޅުގަނޑުމެން ވަރަށް ޝުކުރުވެރިވާ ކަމެއް ވެސް މެ. އެކަމަކު ޔުނިވަސިޓީއެއް ކޮލެޖެއް، އޭގެ އަމިއްލަ ވަސީލަތްތައް ހުންނަންޖެހޭ ލާރި ހޯދާނެ،" ކުރީގެ އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.
"އެހެންވެ މިހާރު ކުރިމަތިވެފައިވާ އިގުތިސާދީ ގޮންޖެހުންތަކަށް ބަލާއިރު، އަމިއްލަ ވަސީލަތްތައް ކޮންމެހެން އަންނަންޖެހޭ. އެހެންވީމަ އަޅުގަނޑުމެން މި ވިސްނީ އަމިއްލަ ވަސީލަތަކަށް ދެވޭތޯ. އޭގެ ތެރެއިން އެންމެ ފުރަތަމަ މަޝްރޫއަކީ މިއީ،" ޝަހީމް ވިދާޅުވި އެވެ.
އާމްދަނީ ހޯދަން އިސްލާމިކް މިނިސްޓްރީން މިދިޔަ މަހުގެ ތެރޭގައި މާލޭގައި ހުޅުވި ވަގުފު ބިލްޑިންގަކީ ވެސް، ޝަހީމް އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު ފެެއްޓެވި މަޝްރޫއެކެވެ.
އިސްލާމިކް ޔުނިވާސިޓީގެ ވަގުފް ބިނާގެ ބިންގާ އަޅައިފި
އައިޔޫއެމް އިން ހުޅުމާލޭގައި ވަގުފު އިމާރާތެއް އަޅަނީ
އައިޔޫއެމް ޓަވަރުއަޅަން ހަ ކުންފުންޏަކުން ކުރިމަތިލައިފި
އައިޔޫއެމް އިން ހުޅުމާލޭގައި 10 ބުރީގެ އިމާރާތެއް
އައިޔޫއެމްއިން އާމްދަނީ ހޯދަން އިމާރާތެއް އަޅަނީ
ޕަބްލިކް ޓްރާންސްޕޯޓް ބޭނުންކުރަނީ ހަތް ޕަސެންޓް މީހުން
މާލޭގައި ދުއްވާ ވެހިކަލްތަކުގެ 92 ޕަސެންޓަކީ ސައިކަލް
އީދު ނަމާދަށް ނާދެވުނު އިމާމަށް ފިޔަވަޅު އަޅައިފި
މުނި ހޯމްއިން ހުޅުމާލެ 2ގައި އެޅި މިސްކިތް ހުޅުވައިފި
ހުޅުމާލެ 2 އަށް ދާއިމީ، ރީތި މިސްކިތްތަކެއް!