Roadha Mihaaru
ހުޅުމާލެ 2 އަށް ދާއިމީ، ރީތި މިސްކިތްތަކެއް!

ހުޅުމާލެ 2 އަށް ދާއިމީ، ރީތި، ބޮޑެތި މިސްކިތްތަކެއް، ޖާގަ 9،000 އަށް ވުރެ މަތި!

19 ޖެނުއަރީ 2024

ރާއްޖޭގައި އެންމެ ހަލުވިކޮށް އާބާދީ އިތުރު ވަމުން އަންނަ ހުޅުމާލެ 2 ގައި 9،000 އަށް ވުރެ ގިނަ މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭ ގޮތަށް ދާއިމީ މިސްކިތްތައް އިމާރާތްކުރުމުގެ މަސައްކަތް ކުރާ ކަމަށާއި ކުރިއަށް އޮތް ރޯދަމަހަށް 1،400 މީހުންގެ ޖާގައިގެ ދާއިމީ އެއް މިސްކިތް ނިންމާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ މިސްކިިތްތަކުގެ މަސައްކަތައް ބެއްލެވުމަށް އިއްޔެ ކުރެއްވި ޒިޔާރަތްތަކަށް ފަހު، މިނިސްޓަރު ވިދާޅުވީ، އަމިއްލަ ފަރާތްތަކަކުން ހުޅުމާލެ 2 ގައި ދާއިމީ ފަސް މިސްކިތެއް އިމާރާތް ކުރަމުން އަންނަ ކަމަށެވެ.

ޑރ. ޝަހީމް ވިދާޅުވި ގޮތުގައި، އޭގެ ތެރެއިން އެންމެ އަވަހަށް ހުޅުވޭނީ 1،400 މީހުންގެ ޖާގައިގެ ދާއިމީ ބޮޑު މިސްކިތް ކަމަށެވެ. އިމާރާތްކުރުމުގެ ސާމާނާއި ފަރުނީޗަރު ވިއްކުމުގައި ރާއްޖޭގެ އެންމެ އެންމެ މަޝްހޫރު އެ ކުންފުނި މުނިހޯމް ކެއާ އިން އިމާރާތްކުރާ އެ މިސްކިތް މާޗު 11 ގައި ފަށާ ރޯދަ މަހުގެ ކުރިން ނިންމާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެހެން މިސްކިތްތައް ރޯދައިގެ ފަހަށް ނިންމޭނެ. ހުރިހާ ދާއިމީ މަޝްރޫއެއް ގިނަވެގެން ދެ އަހަރު ތެރޭގައި އިންޝާ ﷲ ނިންމޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ހުޅުމާލެ 2 ގައި ސަންފްރަންޓުން އިމާރާތް ކުރަމުން އަންނަ މިސްކިތުގެ ޑިޒައިން އިސްލާމިކް މިނިސްޓަރު ޝަހީމް އިއްޔެ ބައްލަވަނީ: ދާއިމީ ފަސް މިސްކިތް ނިމުމުން ހުޅުމާލެ ވާނީ ރާއްޖޭގައި އެންމެ ރީތި މިސްކިތް ހުރި އަވަށަށް ކަމަށް އޭނާ ވިދާޅުވި.---ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ޑރ. ޝަހީމް ވިދާޅުވީ، ދާއިމީ ބޮޑެތި މިސްކިތްތަކެއް ހުޅުމާލެ 2 ގައި އިމާރާތް ކޮށްދިނުމަށް އަމިއްލަ ވިޔަފާރިވެރިންނާއި ކުންފުނިތަކުން ވަރަށް ބޮޑު ހަރަދެއް ކުރަމުން އަންނަ ކަން ފާހަގަކުރައްވާ ކަމަށެވެ. އެހެންވެ، އެ މީހުންގެ އަގު އޭނާ ވަޒަން ކުރެއްވި އެވެ.

ހުޅުމާލެ 2 ގައި އިމާރާތްކުރާ ދާއިމީ މިސްކިތްތަކުގެ ތަފުސީލް:

1- މުނި ހޯމް ކެއާ އިން އިމާރާތްކުރާ މިސްކިތެއް (1،400 މީހުންގެ ޖާގަ، މި ރޯދަމަހަށް ހުޅުވާނެ)

2- އެސްޖޭ ކޮންސްޓްރަކްޝަނުން އިމާރާތްކުރާ މިސްކިތެއް (3،000 މީހުންގެ ޖާގަ)

3- ގަދަގޭ އަހުމަދު ސަލީމާއި އޭނާގެ އާއިލާގެ ފަރާތުން އިމާރާތްކުރާ މިސްކިތެއް (1،160 މީހުންގެ ޖާގަ)

4- އަމިއްލަ ފަރާތަކުން އިމާރާތްކުރާ މިސްކިތެއް (700 މީހުންގެ ޖާގަ)

5- ސަން ފްރަންޓުގެ ފަރާތުން އިމާރާތްކުރާ މިސްކިތެއް (2،800 މީހުންގެ ޖާގަ)

6- އެޗްޑީސީން އިމާރާތްކުރާ 100 އަށް ވުރެ ގިނަ މީހުންގެ ޖާގައިގެ ވަގުތީ މިސްކިތެއް

އެޗްޑީސީން ހަދާ މިސްކިތް ފިޔަވައި ދެން މުޅިން އިމާރާތް ކުރަނީ ދާއިމީ މިސްކިތްތައް ކަން ޑރ. ޝަހީމް ފާހަގަކުރެއްވި އެވެ.

ހުޅުމާލޭގައި ވަގުތީ މިސްކިތްތައް ހެދުން ފަހަކަށް އައިސް އާންމު ކަމަކަށް ވެފައިވާއިރު، އިސްލާމިކް މިނިސްޓަރު ވިދާޅުވީ، މިސްކިތްތައް ދާއިމީ ކުރުމަކީ ރައީސް ޑރ. މުއިއްޒުގެ އަމާޒެއް ކަމަށެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ ގަދަގޭ އަހުމަދު ސަލީމާއި އޭނާގެ އާއިލާގެ ފަރާތުން އިމާރާތްކުރާ މިސްކިތާ ގުޅޭ މައުލޫމާތު އޭނާ މިނިސްޓަރު ޝަހީމަށް އިއްޔެ ދެއްވަނީ.---ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މަޝްހޫރު ވިޔަފާރިވެރިޔާ ގަދަގޭ އަހުމަދު ސަލީމާއި އޭނާގެ އާއިލާގެ ފަރާތުން އިމާރާތްކުރާ މިސްކިތާ ގުޅޭ މައުލޫމާތު އޭނާ މިނިސްޓަރު ޝަހީމަށް އިއްޔެ ދެއްވަނީ.---ފޮޓޯ: އިސްލާމިކް މިނިސްޓްރީ

"އިންޝާ ﷲ ފޭސް 2ގެ މިސްކިތްތައް ނިމޭ އިރު އެ ތަން ވެގެން ދާނީ ރީތި، ފުރިހަމަ މިސްކިތްތަކެއް ހުރި އަވަށަށް،" މިނިސްޓަރު ވިދާޅުވި އެވެ.

ޑރ. ޝަހީމް ވިދާޅުވީ، އެ މިސްކިތްތައް އަވަހަށް ނިންމުމަށް އިސްލާމިކް މިނިސްޓްރީން ވަރަށް ބޮޑަށް ހިތްވަރު ދޭ ކަމަށެވެ. އެ ތަންތަނަށް އިއްޔެ ޒިޔާރަތް ކުރެއްވީ ވެސް އެ ބޭނުމުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

މި ރޯދަ މަހަށް ބައެއް މިސްކިތްތައް އަދި ރޯދައިގެ ފަހުން އަނެއްބައި މިސްކިތްތައް ހުޅުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެސްޖޭ ކޮންސްޓްރަކްޝަނުން ހުޅުމާލެ 2 ގައި އިމާރާތްކުރާ މިސްކިތުގެ މަސައްކަތްތައް މިނިސްޓަރު ޝަހީމް އިއްޔެ ބައްލަވައިލައްވަނީ.---ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އެސްޖޭ ކޮންސްޓްރަކްޝަނުން ހުޅުމާލެ 2 ގައި އިމާރާތްކުރާ މިސްކިތުގެ މަސައްކަތްތައް މިނިސްޓަރު ޝަހީމް އިއްޔެ ބައްލަވައިލައްވަނީ.---ފޮޓޯ: އިސްލާމިކް މިނިސްޓްރީ

"އޭރުން ވެގެންދާނީ ހުޅުމާލެއަކީ މިއީ ރާއްޖޭގައި އެންމެ ރީތި މިސްކިތްތައް ހުރި އަވަށަށް. މިހާރު މި ގާއިމުކުރެވޭ މިސްކިތްތައް މިއީ ވަރަށް ފެންވަރު ރަނގަޅު، ވަރަށް ރީތި ޑިޒައިންތަކަށް ތަރުތީބު ކުރެވިފައިވާ މިސްކިތްތަކެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ހުޅުމާލެ 2 ގައި ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނައިރު، އެ ތަނުގައި މިހާރު ހުރީ ވަގުތީ ދެ މިސްކިތާއި ދާއިމީ އެއް މިސްކިތެވެ.