22 ޑިސެމްބަރ 2023
މިނިވަންކަމާ އެކު ފިކުރުކުރުމާއި ހިޔާލުފާޅުކުރުމަކީ ގާނޫނުއަސާސީން ކޮންމެ ދިވެއްސަކަށް ކަށަވަރުކޮށްދީފައިވާ ހައްގެއް ކަމަށާއި ސަރުކާރަށް ފާޑުކިޔުމުގެ މިނިވަންކަން ތަންމިނަށް ފަހިކޮށްދީފައި އޮންނަން ޖެހޭ ކަމަށް އެމްޑީޕީން ބުނެފި އެވެ.
މިނިވަންކަމާ އެކު ފިކުރުކުރުމާއި ހިޔާލުފާޅުކުރުމަކީ ގާނޫނުއަސާސީން ކޮންމެ ދިވެއްސަކަށް ކަށަވަރުކޮށްދީފައިވާ ހައްގެއް ކަމަށާއި ސަރުކާރަށް ފާޑުކިޔުމުގެ މިނިވަންކަން ތަންމިނަށް ފަހިކޮށްދީފައި އޮންނަން ޖެހޭ ކަމަށް އެމްޑީޕީން ބުނެފި އެވެ.
ރާއްޖޭގައި ރަޖިސްޓްރީނުކޮށް ހިންގަމުން އަންނަ ދެ ވެބްސައިޓު ސަރުކާރުން ބްލޮކްކުރި މައްސަލާގައި ނެރުނު ބަޔާނެއްގައި އެމްޑީޕީން ބުނީ ސިޔާސީ މިނިވަން މާހައުލެއްގައި ބަސް ބުނުމުގެ މިނިވަންކަން ހޯދުމަކީ އެމްޑީޕީން އަބަދުވެސް ވަކާލާތުކުރަމުން އައި އަދި އެތައް ބަޔަކު ގުރުބާނީވެގެން ހޯދި ހައްގެއް ކަމަށެވެ.
އެމްޑީޕީން ބުނީ މީހުންގެ ވިސްނުންތައް ބަޔާންކުރުމުގެ ފުރުސަތު ނެތް މުޖުތަމައުއަކީ ޑިމޮކްރެޓިކް މުޖުތަމައެއް ކަމަށް އެ ޕާޓީން ގަބޫލުނުކުރާ ކަމަށެވެ.
އެހެންވެ، އެމްޑީޕީގެ ކުރީގެ ދެ ވެރިކަމުގައި ވެސް ހިޔާލުފާޅުކުރުމުގެ މިނިވަންކަން ފުރިހަމައަށް ކަށަވަރުކޮށްދީފައިވާ ކަމަށާއި އޭރު ސަރުކާރާ ދެކޮޅަށް ރޭވިގެން، ދޮގު ހަބަރު ފަތުރަމުންދިޔައިރު ވެސް އެފަދަ މީޑިއާތަކަށް ސަރުކާރުން ފިޔަވަޅު އަޅާފައި ނުވާނެ ކަމަށް އެ ޕާޓީން ބުންޏެވެ.
"މީޑިއާތަކަށް ބިރު ދައްކައި ފިޔަވަޅު އެޅުމަކީ ހުދުމުހުތާރު ދައުލަތެއްގެ ސިފައެކެވެ،" އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.
ސަރުކާރަށް ފާޑިކިޔުމުގެ ފުރުސަތު ފަހިކޮށްދޭން ޖެހޭ ކަމަށް ބުނެ އެމްޑީޕީން ވަނީ ޕީޕީއެމްގެ ކުރީގެ ވެރިކަމުގައި ހެން މި ސަރުކާރުގެ އަމަލުތައް ވެސް ފެންނަނީ ދުލާއި ގަލަމުގެ މިނިވަންކަން ނިގުޅައިގަންނަން އުޅޭތަން ކަމަށް ބުނެފަ އެވެ. އަދި މިހާރު ފެންނަނީ ފާޑުކިޔުންތަކަށް ޖަވާބުދިނުމުގެ ބަދަލުގައި ގަދަބާރުން އޮބަހައްޓަން އުޅޭ މަންޒަރު ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
އެހެންވެ އެ ޕާޓީން ވަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރުން ހުއްޓާލުމަށް ވެސް ސަރުކާރަށް ގޮވާލައިފަ އެވެ.
އެ ދެ ވެބްސައިޓް ބްލޮކްކުރި މައްސަލާގައި މީޑިއާ ކައުންސިލާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން އަދި އެޑިޓާސް ގިލްޑުން ވެސް ވަނީ އެއީ ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ހުރަސް އެޅުން ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެކަމުގައި ސަރުކާރުން ބުނަނީ ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް މީޑިއާއަކަށް ސަރުކާރުން ފިޔަވަޅު ނާޅާ ކަމަށެވެ.
ސަރުކާރުން މިގޮތަށް ބުނިއިރު މިހާރު ބްލޮކްކޮށްފައިވާ ކުރުސީ.ކޮމް އާއި ދިޔަވަރު.ކޮމް އަކީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންދާ ދެ ވެބްސައިޓެވެ.
މީޑިއާ ކޮމިޝަންގެ ބިލް އަނބުރާ ގެންދަން ގޮވާލައިފި
އެމްއެމްސީ އާއި ބްރޯޑްކޮމް އެއްކޮށްލާ ބިލް މަޖިލީހަށް
ސައިޓުތަކުގެ މައްސަލާގައި ތަރުޖަމާނަށް ގޯސްވީ އެމްޖޭއޭ
"މީޑިއާގެ މިނިވަންކަން ކަށަވަރުކުރަން ހެޔޮ ނިޔަތެއް ނެތް"
މަސްދަރު ހާމަކުރަންޖެހޭ މައްސަލާގައި އެއްމޭޒަކަށް
ނޫސްވެރިއަކަށް އިންޒާރުދިން މައްސަލަ ބަލައިދޭން އެދިއްޖެ
މަސްދަރު ހާމަ ކުރުމާ ބެހޭ މާއްދާ އުނިކުރަން ގޮވާލައިފި
މުއާހަދާތަކަށް އިހުތިރާމްކޮށް ހަބަރު ފަތުރަން އެދިއްޖެ
ޖެންޑާއަށް ނޫސްތަކަށް ފިޔަވަޅެއް ނޭޅޭނެ: އެމްއެމްސީ
މިއީ ނޫސްވެރިކަމުގައި އިންގިލާބީ އަހަރެއް: ޝަހުބާން