10 ޑިސެމްބަރ 2023
މަސްވެރިންގެ ގައުމީ ދަފުތަރެއް އެކުލަވާލުމަށާއި އެ ދަފުތަރުގައި ބައިވެރިވުމަށް އާންމުކޮށް ހުޅުވާލަން ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.
މަސްވެރިންގެ ގައުމީ ދަފުތަރެއް އެކުލަވާލުމަށާއި އެ ދަފުތަރުގައި ބައިވެރިވުމަށް އާންމުކޮށް ހުޅުވާލަން ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ އޮފީހުގެ ޕަބްލިކް ޕޮލިސީގެ އަންޑަ ސެކްރެޓަރީ މުހައްމަދު ފިރުޒުލް ވިދާޅުވީ މިއީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު އެހެން ހަރުފަތަކަށް ގެންދިއުމާ ގުޅޭ ގޮތުން ސަރުކާރުން ނިންމި މުހިންމު ނިންމުމެއް ކަމަށެވެ.
ފިރުޒުލް ވިދާޅުވީ މިއަދުގެ ހާލަތުގައި މަސްވެރިކަމަކީ ރާއްޖޭގައި ޕްރޮފެޝަނަލް އިންޑަސްޓްރީއެއްގެ ގޮތުގައި ފައިނޭންޝަލް އިންސްޓިޓިއުޓްތަކުންނާއި އެ ކަހަލަ އެހެން އިދާރާތަކުން ވެސް ބަލައިގަންނަ މަސައްކަތެއް ނުވަތަ ސިނާއަތެއް ނޫން ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވާ އެކި ފަރާތްތަކަށް ފައިސާ ހޯދުމަށް ދަތިތަކާ ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ދަފުތަރާ އެކު އެ ދަތިތަކަށް ހައްލެއް ލިބޭނެ،" ފިރުޒުލް ވިދާޅުވި އެވެ.
ރައީސް އޮފީހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ އޮފީހުގެ ޕަބްލިކް ޕޮލިސީގެ އަންޑަ ސެކްރެޓަރީ މުހައްމަދު ފިރުޒުލް ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ރައީސް އޮފީހުން ބުނީ މި ދަފުތަރު އޮތުމުން މަސްވެރިން ބޭންކިން ނިޒާމުގެ ތެރެއަށް ވެއްދުމަށާއި ތަފާތު އެކިއެކި ބޭނުންތަކަށް މަސްވެރިންނަށް އަމާޒުކޮށް ލޯނު ދޫކުރުމަށާއި މަސްވެރިންނަށް ދައުލަތުން ފޯރުކޮށްދިނުމަށް ބޭނުންވާ އިޖްތިމާއީ ރައްކާތެރިކަމާއި ސަބްސިޑީ ކަހަލަ ހިދުމަތްތައް ސީދާ މަސްވެރިންނަށް ފޯރުކޮށްދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ފަސޭހަވާނެ ކަމަށެވެ.
މި ދަފުތަރުގައި މަސްވެރިންގެ ގޮތުގައި ކަނޑައަޅާ މީހުންނަކީ މަސްވެރިކަމުގައި ހަރަކާތްތެރިވާ މީހުންގެ ތެރެއިން އާމްދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަން ކަމުގައި ހިމެނޭ ނުވަތަ އާމްދަނީގެ ބޮޑުބައެއް ހިއްސާކުރަނީ މަސްވެރިކަމުން ލިބޭ އާމްދަނީން ކަމުގައި ހިމެނޭ މީހުންނަށް ވާންޖެހޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މަސްވެރިންގެ ދަފުތަރެއް އެކުލަވާލުމަކީ 2019 ވަނަ އަހަރު އަމަލުކުރަން ފެށި މަސްވެރިކަމާ ބެހޭ ގާނޫނުގެ ދަށުން ކުރަން ޖެހޭ ކަމެއް ކަމަށް ވިޔަސް މިހާތަނަށް އޮތީ އެ މަސައްކަތް ނުފެށި އެވެ.
މި ސަރުކާރުގެ ވައާދާ އެއްގޮތަށް މަސްވެރިންގެ ގައުމީ ދަފުތަރު އެކުލަވާލާއިރު، ފާނައިގެ މަސްވެރިކަން ކަހަލަ ފަރުމަސްވެރިކަމުގެ ބާވަތްތަކާއި ރެކްރިއޭޝަނަލް ފިޝިން އަދި ސްޕޯޓްސް ފިޝިން ކަހަލަ ހަރަކާތްތަކުގެ މަޢުލޫމާތު ވެސް ފުރިހަމަ ގޮތެއްގައި ނެގޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މަސްވެރިން ގައުމީ ދަފުތަރެއް އެކުލަވާލަން ވަޒީރުންގެ މަޖިލީހުން ނިންމިއިރު، މިއަދަކީ ރާއްޖޭގައި ފާހަގަކުރާ 42 ވަނަ މަސްވެރިންގެ ދުވަހެވެ.
މިފްކޯ ބޯޑުގައި މަސްވެރިން ހިމަނަން ރައީސް ނިންމަވައިފި
ކޮންމެ އޮޑިޔަކަށް ރެސްކިއު ޑައިވަރުން ފެންވަރުގެ މީހެއް
ހައްލު ހޯދަން "މަސްވެރިންގެ ގުންޒަރު" ފަށައިފި
މަހުގެ އަގު އަންނަ އަހަރު މަތިވާން ފަށާނެ: ރައީސް
މަސްވެރިންގެ މަސައްކަތް ބަލައިގަތުމަކީ ވާޖިބެއް: ރައީސް
ކަންބޮޑުވުންތަކާ އެކު ކެޔޮޅުން ރައީސްގެ އަރިހަށް!
މަސްވެރިންނަށް މި މަހު 17 މިލިއަން ރުފިޔާ ޖަމާކޮށްފި
މަސްވެރިން އޮކްޓޯބަރު 1ގެ ކުރިން ދަފްތަރުވާން ޖެހޭ
މިޔަރުގެ މަސްވެރިކަމަށް ހުއްދަ ދިނުމުގެ ވިސްނުމެއް ނެތް
މިފްކޯއަށް 1.6 ބިލިއަންގެ ގެއްލުން ވެއްޖެ: ޝިޔާމް